Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު މައްސަލަ

ގަލްފު މައްސަލަ ހައްލުކުރުމަށް ޓިލަރސަން ކުވައިތަށް

މިއީ ގަތަރު މައަސަލަ ހައްލު ކުރުމަށް ކުރެވޭ ދަތުރުރެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 ޖުލައި 2017 | އަންގާރަ 11:26
ޓިލަރސަންއާއި ސަބާހް ބައްދަލު ކުރައްވަނީ

ޓިލަރސަންއާއި ސަބާހް ބައްދަލު ކުރައްވަނީ

ހޫނުވެފައިވާ ގަލްފުގެ މަޝްރަހް ހައްލު ކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަން ކުވައިތަށް ވަޑައިގަންނވައިފިއެވެ.

ޓިލަރސަން ކުވައިތަށް ވަޑައިގެންނެވި މި ދަތުރުފުޅަކީ ކުވައިތަށާއި ޤަތަރު އަދި ސައޫދީ އަރަބިއްޔާއަށް ކުރާ ހަތަރު ދުވަހުގެ ދަތުރުގެ ފުރަތަމަ ވަޑައިގެންނެވި ޤައުމެވެ.

މިއީ ގަލްފު މަޝްރަހް ހައްލުކުރުމުގެ ގޮތުން ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް ގެނެވޭތޯ އެހީތެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ހޯމަ ދުވަހު ފެއްޓެވި މިދަތުރުގައި ޓިލަރސަން ވަނީ ކުވައިތުގެ އަމީރް ޝައިޚް ޞަބާޙް އަލް އަހްމަދު އަލް ޞަބާހާއި ކުވައިތުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާ ގަލްފް ސަރަހައްދަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް. ހަމައެކަނި ކުވައިތަށް ނުވަތަ ގަލްފަށް ދިމާވެފައިވާ މައްސަލައެއް ނޫން" ޝައިޚް ޞަބާޙް ވިދާޅުވިއެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ޓިލަރސަން ބޭނުން ވަނީ ހަމައެކަނި މީގެ މަހެއްހާ ދުވަސްކުރިން ދިމާވެފައިވާ މައްސަލައަށް ވަގުތުން ހައްލެއް އައުން ނޫން ކަމަށެވެ.

"ބޭނުންވަނީ މައްސަލަ ހައްލު ކުރުމަށް ވާހަކަ ދެކެވޭނެ މާހައުލެއް ޤާއިމްކޮށްދިނުން" ޓިލަރސަން ވިދާޅުވިއެވެ.

ސައޫދީ އަރައްބިއްޔާއާއި ގުޅިފައިވާ ޤައުމުތަކުން މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ވަނީ ޤަތަރާއެކު އޮންނަ ގުޅުންތައް ކަނޑާލާފައެވެ. އެކަން އެގޮތައް ކޮށްފައި ވަނީ ޓެރަރިސްޓުންނަށް ޤަތަރުން އެހީވާ ކަމަށް ބުނެއެވެ. ގަތަރުން އެކަން ދޮގު ކުރެއެވެ. އެކަމާ ގުޅިގެން ޖޫން 22 ވަނަ ދުވަހު ވަނީ 13 ނުކުތާއެއްގެ މައްޗަށް ހިމެނޭ ޑިމާންޑްތަކެއް އެޤައުމުތަކުން ޤަތަރަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ހުއްޓާލުންވެސް ހިމެނެއެވެ. ގަތަރުން ވަނީ އެކަން ބަލައި ނުގެންފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު