Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތެލުގެ ބާޒާރު

ސައުދީގެ ތެލުގެ އެކްސްޕޯޓް ދަށްކުރަނީ

ތެލުގެ ސަޕްލައި ދަށްކުރަން އޯޕެކްގެ އެހެން ގައުމުތަކުން އެއްބަސްނުވާކަމަށް ސައުދީއިން ބުނޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 12 ނޮވެމްބަރު 2018 | ހޯމަ 00:14
އޮކްޓޯބަރު މަހުން ފެށިގެން ދުވާލަކަށް 10.7 މިލިއަން ފީފާ ތެޔޮ ސައުދީއިން އެކްސްޕޯޓް ކުރޭ

އޮކްޓޯބަރު މަހުން ފެށިގެން ދުވާލަކަށް 10.7 މިލިއަން ފީފާ ތެޔޮ ސައުދީއިން އެކްސްޕޯޓް ކުރޭ

ތެލުގެ އަގު ދަށަށް ދިއުން ހުއްޓުވުމަށް ތެޔޮ އެކްސްޕޯޓްކުރާ މައި ގައުމުތަކުން އެއްބަސްވި ގޮތަށް، އަންނަ ޑިސެމްބަރު މަހުން ފެށިގެން ސައުދީ އަރަބިއްޔާއިން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދުވާލަކަށް 500،000 ފީފާއަށް ދަށްކުރާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ސައުދީއިން އެކަން އިއުލާނުކުރައްވާފައިވަނީ ޔޫއޭއީގެ އަބޫދާބީގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް ޖަވާބުދެއްވަމުން ސައުދީގެ މިނިސްޓަރ އޮފް އެނަރޖީ، އިންޑަސްޓްރީ އެންޑް މިނެރަލް ރިސޯސަސް އަދި ސައުދީ އަރަމްކޯގެ ޗެއަރމަން ޚާލިދް އަލް ފާލިހްއެވެ.

ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުކަމަށް ސައުދީ އަރަބިއްޔާއިން، އޮކްޓޯބަރު މަހުންފެށިގެން ދުވާލަކަށް 10.7 މިލިއަން ފީފާ ތެޔޮ އެކްސްޕޯޓް ކުރާކަމަށް ފާލިހް ވިދާޅުވިއެވެ.

ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ސައުދީއިން ނިންމި ނަމަވެސް އެގޮތަށް އެކަން ކުރުމަށް އެހެން ގައުމުތަކަށް ނުފެނުުނުކަމަށް ފާލިހް ވިދާޅުވިއެވެ.

ސައުދީ އިސްވެ އުފައްދާފައިވާ ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް ދި ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް(އޯޕެކް)އާއި ރަޝިއާ އިސްވެ އުފައްދާފައިވާ ޕެޓްރޯލިއަމް އުފައްދާ ގައުމުތައް ހިމެނޭ 10 މެމްބަރުންގެ ބްލޮކުން ޖޫންމަހުވަނީ މުޅިދުނިޔޭގެ ތެލުގެ ސަޕްލައި ދުވާލަކަށް އިތުރު އެއް މިލިއަން ފީފާ އިތުރުކުރުމަށް އެއްބަސްވެފައެެވެ.

އޭގެ ކުރިން މެއިމަހުން ފެށިގެން އޯޕެކުން ތެޔޮ އުފައްދާ މިންވަރު ދުވާލަކަށް 820،000 ފީފާ އިތުރުކޮށްފައިވާކަމަށް އެސް އެންޑްޕީ ގްލޯބަލް ޕްލެޓްސް އޯޕްކް ސަރވޭއިން ދައްކައެވެ.

ރަޝިއާއިން ނޮވެމްބަރު މަހު ބުނީ ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭ އެންމެ ގިނައިން ތެޔޮ އުފެއްދި އަހަރަށް މި އަަހަރު ވެފައިވާކަމަށާއި އޮކްޓޯބަރ މަހުން ފެށިގެން ދުވާލަކަށް 11.41 މިލިއަން ފީފާ ތެޔޮ އުފައްދާފައި ވާއިރު މެއި މަހުން ފެށިގެން 440،000 ފީފާ އިތުރުކޮށްފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2017

ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި

15 ޑިސެމްބަރު 2017
ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި
06 ނޮވެމްބަރު 2017

ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް

06 ނޮވެމްބަރު 2017
ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް
04 ނޮވެމްބަރު 2017

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ

04 ނޮވެމްބަރު 2017
ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ
04 އޮކްޓޯބަރު 2017

އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި

04 އޮކްޓޯބަރު 2017
އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި
29 ސެޕްޓެމްބަރު 2017

ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު

29 ސެޕްޓެމްބަރު 2017
ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު
29 ޖޫން 2017

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

29 ޖޫން 2017
ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި
22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު