Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަަރަބިއްޔާ

ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު

ސައުދީގައި އަންހެނުންނަށް އެއްގަމު އުޅަނދު ނުދުއްވޭގޮތަށް އޮތް އޮތުން މިއަންނަ ޖޫންގައި ނިމުމަކަށް އަންނާނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 29 ސެޕްޓެމްބަރު 2017 | ހުކުރު 06:07
ސައުދީ އަންހެނެއް ކާރެއް ތެރޭގައި ފޮޓޯއަށް ހުއްޓިގެން

ސައުދީ އަންހެނެއް ކާރެއް ތެރޭގައި ފޮޓޯއަށް ހުއްޓިގެން

ސައުދީ އަރަބިއްޔާގެ އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުގެ ސަބަބުން ކާރު އެކްސިޑެންްޓްތައް ހިނގާ އަދަދު މަދުވެގެން ދާނެ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފު ވިދާޅުވެއްޖެއެވެ.

ނާއިފު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ "އަންހެނުން ކާރު ދުއްވުމުގެ ސަބަބުން ޓްރެފިކް ސޭފްޓީ އިލްމީ ގޮތެއްގައި ބައްޓަންވާނެ ކަމަށާއި އެހެންކަމުން އެކްސިޑެންޓްތަކުގައި އިންސާނުން މަރުވުމާއި އަދި މާލީގޮތުން ލިބޭ ގެއްލުން ދަށްވެގެން ދާނެ ކަމަށެވެ."

ނާއިފު އިތުރަށް ވިދާޅުވީ ގައުމުގެ ސަލާމަތީ ބާރުތައް ތިބީ ޓްރެފިކް ގަވާއިދުތައް އަންހެނުންނަށާއި އަދި ފިރިހެނުންގެ މައްޗަށް ތަންފީޒު ކުރުމަށް ތައްޔާރަށް ކަމަށެވެ.

ސައުދީގައި އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކުރިކަން އިއުލާން ކޮށްފައި ވަނީ މި ސެޕްޓެމްބަރުގައި، ސައުދީގެ ރަސްގެފާނު ސަލްމާންއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ސައުދީގައި އަންހެނުންނަށް އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމަށް އަޑުއުފުލަމުން އަންނަތާ އަހަރުތަކެއްވެފައިވާއިރު، އެ ހުއްދަ ނުދެނީސް ދުއްވި ބައެއް އަންހެނުން ވަނީ ސައުދީގައި ބަންދުވެސްކޮށްފައެވެ.

ސައުދީގެ ނިންމުމަށް އެމެރިކާ އިން ވަނީ މަރުހަބާ ކިޔާފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ އަންހެނުންނަށް އުޅަނދު ދުއްވުމުގެ ހުއްދަ ސައުދީން ދިނުމަކީ ރަނގަޅު މިސްރާބަށް ދިޔުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ސައުދީގައި އަންހެންނުންނަށް އުޅަނދު ދުއްވުމުގެ ހުއްދަ ނޯންނައިރު، ބައެއް އާއިލާތަކަށް ވަނީ ދަތުރުފަތުރުކުރުމަށް ފިރިހެން ޑްރައިވަރުން ހަމަޖައްސަން މަޖުބޫރުވެފައެވެ. ސައުދީގެ ވެބްސައިޓެއް ކަމަށްވާ އަލް އަރަބިއްޔާ އިން ބުނީ ސައުދީގައި އަންހެނުންގެ ބޭނުންތަކަށް 8 ލައްކައެއްހާ ޑްރައިވަރުން ވަޒީފާ އަދާކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު