Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި

ހަނގުރާމައަށް ހަތް އަހަރުވެ ފައިވާއިރު އެތައް ލައްކަ ބަޔަކު ވަނީ މަރުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ޑިސެމްބަރު 2017 | ހުކުރު 05:57
ސީރިޔާގެ އެތައް މިލިއަން ކުދިންނެއް ވަނީ ހާލުގައި ޖެހިފައި

ސީރިޔާގެ އެތައް މިލިއަން ކުދިންނެއް ވަނީ ހާލުގައި ޖެހިފައި

ސީރިއާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިޔަށް ގެންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ވާހަކަތައް ފެއިލްވީ ހުޅަނގާއި ސައުދީ އަރަބިއްޔާ އަދި އދ. ގެ ސަބަބުން ކަމަށް ސީރިޔާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ އިސް މަންދޫބު ތުހުމަތުކުރައްވައިފިއެވެ.

ބަޝާރު އަލް ޖާފަރީ ވިދާޅުވީ ސައުދީ އަރަބިއްޔާގެ ތާއީދު ލިބިފައިވާ ސީރިޔާގެ އިދިކޮޅު ފަރާތްތަކުން މަޝްވަރާގެ ބައެއްގެ ގޮތުގައި ސީރިޔާގެ ރައީސް ކަމުން ބަޝާރުލް އަސަދު ވަކިކުރަން ޝަރުތުކުރާ ކަމަށެވެ.

ޖާފަރީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެގޮތަށް ޝަރުތުކުރާހާ ހިނދަކު އިދިކޮޅު ފަރާތްތަކާއި އަސަދުގެ ސަރުކާރާ ދެމެދު "ސީދާ ވާހަކަތައް" ނުބޭއްވޭނެ ކަމަށެވެ.

މީގެ އިތުރުން ސީރިޔާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ސްޓެފަން މިސްޗޫރާ އަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

މިދިޔަ ބުދަދުވަހު މިސްޗޫރާ ވިދާޅުވީ، ސީރިޔާގައި ރިޔާސީ އިންތިޚާބެއް ބާއްވަން ވެއްޖެކަން ރައީސް އަސަދަށް ވިސްނައިދެއްވުމުގެ ހިތްވަރު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ހުންނަވަން ވާނެ ކަމަށެވެ.

ޖާފަރީ ވިދާޅުވީ ޖެނީވާގައި ބާއްވާ ވާހަކަތަކުގެ މެދުވެރިއެއްގެ ގޮތުގައި ހުންނަވައި ދެއްކެވި އެ ވާހަކައަކީ ސުލްހައިގެ ވާހަކަތަކުގެ މުޅި ޕްރޮސެސް އަށް ވެސް އެކަމުގެ އަސަރުކުރާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިސްޗޫރާ ދެއްވި އިންޓަވިއުގައި އޭނާ ހެއްދެވީ ގޯހެއް ކަމަށާއި މެދުވެރިއެއްގެ ގޮތުގައި އޭނާ އަދާކުރައްވަމުން ގެންދަވާ ދައުރު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމެ ފެށިގެން ދިޔައީ 2011 ވަނަ އަހަރު ރައީސް އަސަދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުތް ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުން އުފެދުނު ހަމަނުޖެހުންތަކާ އެކުއެވެ.

ހަނގުރާމައަށް ހަތް އަހަރެއްހާ ދުވަސްވެފައިވާއިރު އެތައް ލައްކަ ބަޔަކު މަރުވެ އެތައް މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު