Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ އަރަބިއްޔާ

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

ނާއިފްއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ސައުދީގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ދޮގު ކުރައްވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 29 ޖޫން 2017 | ބުރާސްފަތި 07:38
ވަލީއަހުދު ކަމުން ވަކިކުރައްވާފައިވާ މުހަންމަދު ބިން ނާއިފް

ވަލީއަހުދު ކަމުން ވަކިކުރައްވާފައިވާ މުހަންމަދު ބިން ނާއިފް

ދާދިފަހުން ސައުދީގެ ވަލީއަހުދުކަމުން ވަކިކުރައްވާފައިވާ މުހަންމަދު ބިން ނާއިފް ސައުދީން ބޭރަށް ވަޑައިގަތުން މަނާ ކުރެވިފައިވާ ކަމަށާއި އަދި އެމަނިކުފާނުގެ ގަނޑުވަރުކޮޅުގައި ބަންދު ކުރެވިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި އަދި ސައުދީ ޝާހީ އާއިލާއާ ގާތް ގުޅުމެއް އޮންނަ ސައުދީގެ ފަރާތްތަކުން ބުނެފިއެވެ.

މިހިނގާ ޖޫން މަހުގެ 21 ގައި ވަލީއަހުދު ކަމުން ނާއިފް ވަކިކުރެއްވުނު އިރު ނާއިފް ގެންދެވީ ގައުމުގެ އެތެރޭގެ ސަލާމަތީ ޚިދުމަތްތަކުގެ ވެރިޔާގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.

ސައުދީގެ ކުރީގެ ވަލީއަހުދު މުހަންމަދު ބިން ނާއިފް ސައުދީން ބޭރަށް ވަޑައިގަތުން މަނާ ކުރެވިފައިވާ ކަމަށާއި އަދި އެމަނިކުފާނުގެ ގަނޑުވަރުކޮޅުގައި ބަންދު ކުރެވިފައިވާ ކަން އެމެރިކާގެ ނިޔު ޔޯކް ޓައިމްސް އިން ރިޕޯޓު ކުރާއިރު، އެ ނޫހުގެ މިކަމާ ގުޅޭ ޚަބަރުގައި ވަނީ ސައުދީ ފޮރިން މިނިސްޓްރީގެ ބަހެއް ހިމަނާފައެވެ.

ސައުދީގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ، އެ އޮފިޝަލް ބުދަދުވަހުގެ ރޭ ވިދާޅުވި ކަމަށް ނިއު ޔޯކް ޓައިމްސްގައި ބުނީ ނާއިފްއާ ބެހޭ ގޮތުން ދެކެވެނީ "އަސްލެއް ނެތް ދޮގު ވާހަކައެއް" ކަމަށެވެ.

ސަލްމާން ރަސްގެފާނަށް ފަހު ތަޚުތައް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި އޮތް އުމުރުފުޅުން 57 އަހަރުގެ މުހައްމަދު ބިން ނާއިފް ޝާހީ އަމުރުފުޅަކުން ވަލީ އަހުދުކަމުން ވަކި ކުރައްވާފައިވާއިރު، އާ ވަލީއަހުދުގެ މަގާމަަށް އައްޔަން ކުރައްވާފައި ވަނީ ރަސްގެފާނުގެ ދަރިކަލުން އަދި ކުރިން ވަލީއަހުދުގެ ނައިބަކަށް ހުންނެވި އުމުރުފުޅުން 31 އަހަރުގެ މުހައްމަދު ބިން ސަލްމާންއެވެ. ސައުދީ ރަސްމީ ނޫސް އޭޖެންސީން ބުނާ ގޮތުގައި ވަލީއަހުދުގެ އިތުރުން އެ މަނިކުފާނު ވަނީ ބަޮޑުވަޒީރުގެ ނައިބު ކަމަށް ވެސް އައްޔަން ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު