Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ވަނީ ކަނޑާލާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 ޖޫން 2017 | ބުރާސްފަތި 04:23
ރައީސް ޓްރަމްޕް އަދި ސައުދީ ކްރައުން ޕްރިންސް މުހަންމަދު ބިން ސަލްމާން

ރައީސް ޓްރަމްޕް އަދި ސައުދީ ކްރައުން ޕްރިންސް މުހަންމަދު ބިން ސަލްމާން

ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ މަގާމަށް އަލަށް އައްޔަން ކުރެވުނު މުހަންމަދު ބިން ސަލްމާނަށް، ބުދަ ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕް މަރްހަބާ ވިދާޅުވެ ގަތަރާއި ގަލްފުގެ ގައުމުތަކާ މެދު އުފެދިފައިވާ މައްސަލަތަކާ މެދު މަޝްވަރާ ކުރައްވައިފިއެވެ.

ވަލީއަހުދު ސަލްމާނާއި އަދި ރައީސް ޓްރަމްޕް ފޯނުން ކުރެއްވި މަޝްވަރާއާއި ގުޅޭ ގޮތުން ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުގެ ވެރިންވެސް ބަދަހިގޮތެއްގައި، ދެ ގައުމުން ވެސް ގެންގުޅޭ އަމާޒުތަކަށް މަސައްކަތް ކުރުމަށް އެއްބަސްވި ކަމަށާއި އޭގެތެރޭގައި މެދުއިރުމައްޗާއި އަދި އެހެނިހެން ވެސް ސަރަހައްދުތައް ހިމެނޭ ގޮތުން އެ ތަންތަނުގެ ސަލާމަތާއި، ހަމަޖެހުމާއި، އަދި އިގްތިސާދީ ކުރިއެެރުމަށް މަސައްކަތްކުރުން ހިމެނޭ ކަަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ދެ ގައުމުގެ ވެރިން ޓެރަރިސްޓުންނަށާއި އަދި ހައްދުފަހަނައަޅައިފާ ފަރާތްތަކަށް އެއްވެސް ގޮތަކަށް ވާގިވެރިނުވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ގަތަރާމެދު އުފެދިފައިވާ މައްސަލަތައްވެސް ހައްލު ކުރެވޭނެ ގޮތްތަކާމެދު ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ވަލީއަހުދު ސަލްމާން ވެވަޑައިގެންފައި ވަނީ އަރަބި ލީޑަރުންގެ ތެރެއިން ރަސްމީކޮށް ރައީސް ޓްރަމްޕާއި ބައްދަލު ކުރެއްވި ފުރަތަމަ ލީޑަރެވެ. އެއީ މާޗް 2017 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ވަލީއަހުދުގެ ނައިބު ކަމުގެ މަގާމުގައެެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.ސައުދީ، ޔޫއޭއީ ބަހްރައިން އިން އިން ވަނީ ގަތަރާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރަށް އެގައުމުތަކުގެ ވައި، ކަނޑު އަދި އެއްގަމު މަގުވެސް ގަަތަރަށް ބަންދުކޮށްފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު