Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާ

ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް

ބަލައިނުގަތް ތެޔޮ ޝިޕްމަންޓް އަނެއްކާވެސް ލަންކާގެ ބާޒާރަށް ނެރުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 07:53
ލަންކާގެ ޕެޓްރޯލް ޝެޑެއްގައި ވެހިކަލްތަކެއް ކިޔޫޖެހިފައި

ލަންކާގެ ޕެޓްރޯލް ޝެޑެއްގައި ވެހިކަލްތަކެއް ކިޔޫޖެހިފައި

ސްޓޭންޑަޑަށް ނުފެތޭތީ ލަންކާއަށް އެތެރެކުރަން އުޅުނު ތެޔޮ ޝިޕްމަންޓް ބަލައިނުގަތުމުން، އިންޑިއަން އޮއިލް ކޯޕަރޭޝަނުން އޭގެ ބަދަލުގައި ގެންނަން ބުނި ތެޔޮ ޝިޕްމަންޓް ނުގެނެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ތެޔޮ ނިލުބުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ލަންކާއަށް ތެޔޮ އެތެރެކުރާ އެއް ކުންފުނިކަމަށްވާ އިންޑިއަން އޮއިލް ކޯޕަރޭޝަނުން މިދިޔަ މަހު ގެނައި ތެޔޮ ޝިޕްމަންޓެއްގެ ކޮލިޓީ ދަށްވުމާއި ގުޅިގެން އެޝިޕްމަންޓް ބަލައިގަނެވެން ނެތްކަމަށް ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި މިދިޔަ މަހުގެ 31ގެ ކުރިން އެޝިޕްމަންޓް އައު ކުރާނެ ކަމަށް އެކުންފުނިން ބުނި ނަމަވެސް، މިހާރު އެނގިފައިވާ ގޮތުގައި އެޝިޕްމަންޓް ބަދަލުކުރެވެން ނެތްކަމަށް ވަނީ އަންގާފައެވެ. އަދި މިހާރު 30،000 މެޓްރިލް ޓަނުގެ އެޝިޕްމަންޓް ލަންކާގެ އުތުރުން ޓްރިންކޮމަލީގައި ބަނދަރުކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތައް ބުނެއެވެ.

ތެލުގެ ތާށިކަން ބޮޑުވެ، ތެޔޮ ބޭނުންކުރުމުގަޔާއި، ޚާއްސަކޮށް ވެހިކަލްތައް ދުއްވުމުގައި ތެލުގެ ޚަރަދު ކުޑަވާނެހެން އަމަލުކުރުމަށް ލަންކާ ސަރުކާރުން ވަނީ ރައްޔިތުންނަށް އަންގާފައެވެ. ލަންކާއަށް ދެން އެންމެ އަވަހަށް އަންނަ ތެޔޮ ޝިޕްމަންޓެއް އަންނާނީ އަންނަ ބުދަ ދުވަހުއެވެ. ބުދަ ދުވަހު އަންނަ ޝިޕްމަންޓްގެ ތެޔޮ، ޕެޓްރޯލް ޝެޑްތަކަށް ފޯރާވަރު ވާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑެއްހާ އިރުއެވެ.

ލަންކާގެ ޕެޓްރޯލިއަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޔޫނިއަންއިން ބުނީ އައިއޯސީއިން މަސައްކަތް ކުރަނީ ބަލައިނުގަތް ތެޔޮ ޝިޕްމަންޓް ކޮންމެވެސް ގޮތަކުން ލަންކާގެ ބާޒާރަށް ނެރުމަށެވެ. އަދި އައިއޯސީގެ މެނޭޖްމަންޓްގެ ބޭފުޅުން ލަންކާގެ ޕެޓްރޯލިއަމް ރިސޯސަސް މިނިސްޓަރާއި ބައްދަލުކުރައްވާފައިވާކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ލަންކާގައި މިހާރު ރައްކާކުރަނީ 2 ހަފްތާގެ ތެޔޮ ސްޓޮކެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ތެޔޮ ރައްކާކުރުމުގެ ޤާބިލްކަން އިތުރުކޮށް، މަދުވެގެން އެއް މަސްދުވަހުގެ ސްޓޮކް ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލަންކާގެ އާ ފޮރިން މިނިސްޓަރަކަށް އެގައުމުގެ ޑިވަލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރު ހަމަޖައްސަވައިިފި

ލަންކާގެ އާ ފޮރިން މިނިސްޓަރަކަށް އެގައުމުގެ ޑިވަލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރު ހަމަޖައްސަވައިިފި

15 އޯގަސްޓު 2017
ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ލަންކާގެ ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ލަންކާގެ ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

10 އޯގަސްޓު 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު