Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ

މިފަހަރު ބެލެންޑިއޯ އެވޯޑު ލިބެން ޖެހޭނީ ފްރާންސް ކުޅުންތެރިޔަކަށް: އޮންރީ

ވަރާން އަށް ބޮލެންޑިއޯ ލިބުން ހައްގު

ލީވާން އަލީ
ލީވާން އަލީ | 10 ނޮވެމްބަރު 2018 | ހޮނިހިރު 13:29
ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އަދި ތިއަރީ އޮންރީ (ވ)

ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އަދި ތިއަރީ އޮންރީ (ވ)

މިފަހަރު ބެލެންޑިއޯ އެވޯޑު ލިބުން ހައްގީ ފްރާންސް ކުޅުންތެރިޔަކަށް ކަމަށް މޮނާކޯގެ ކޯޗު ތިއަރީ އޮންރީ ބުނެފިއެވެ.

ސްކައި ސްޕޯޓްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި އޮންރީ ބުނީ މިފަހަރު ބެލެންޑިއޯ އެވޯޑު ލިބުން ހައްގީ ފްރާންސް ކުޅުންތެރިޔަކަށް ކަމަށާއި، އަދި ފްރާންސް ކުޅުންތެރިޔަކަށް ނުލިބިއްޖެނަމަ އެކަމާ ވަރަށް ލަދުގަންނާނެ ކަމަށެވެ.

އެހެންނަމަވެސް އޮންރީ ބުނީ ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފިލްޑަރު އެޑެން ހަޒާޑަށް ބެލެންޑިއޯ އެވޯޑު ލިބުނަސް އެކަމާ ޝަކުވާ ނުކުރާނެ ކަމަށާއި، އޭނާ ވަނީ ރަޝިއާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގައި ކުޅުނު ކޮންމެ މެޗެއްގައި ތަފާތު ދައްކާފައި ކަމަށެވެ.

އޮންރީ ބުނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ވަނީ އޭނާގެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައި ކަމަށާއި، އަދި އޭނާ ވަނީ ފްރާންސްއާއެކު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައި ކަމަށެވެ. އެގޮތުން އޭނާ އަށް ވެސް އެވޯޑު ލިބުން ކައިރި ކަމަށް އޮންރީ ވަނީ ބުނެފައެވެ.

މީގެއިތުރުން އޮންރީ ބުނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބަޕޭ އަދި އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން އަށް ވެސް ބެލެންޑިއޯ ލިބުން ކައިރި ކަމަށެވެ.

ދާދި ފަހުން ފްރާންސް ނޫހަކަށް ދިން އިންޓަވިއުއެއްގައި ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް އަދި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވިދާޅުވީ، މިފަހަރުގެ އެވޯޑު ހައްގީ ފްރާންސް ކުޅުންތެރިޔަކަށް ކަމަށާއި، ވޯޓު ލެވޭނަމަ ވޯޓު ލާނީ ވަރާން އަށް ކަމަށެވެ.

މި އެވޯޑު ލިބޭ ކުޅުންތެރިއެއް އިއުލާންކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ. މިހާތަނަށް އިއުލާންކޮށްފައިވާ ލިސްޓަށް ބަލާއިރު އެންމެ ގިނައިން ނޮމިނޭޓް ވެފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.

ބެލެންޑިއޯ އަށް ނޮމިނޭޓްވާ ކުޅުންތެރިން ކަނޑައަޅަނީ ފްރާންސް ފުޓްބޯލް މަޖައްލާއިންނެވެ. އަދި އެވޯޑް ލިބޭ ކުޅުންތެރިޔާ އަށް ވޯޓުލަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ ނޫސްވެރިންނެވެ.

2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބެލެންޑިއޯ ހޯދަމުން ދިޔައީ އާޖެންޓީނާގެ ލިއޮނެލް މެސީ ނުވަތަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ހަ އަހަރު ވަންދެން ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބެލެންޑިއޯ އެއްކޮށްލައިގެން ދިނެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ފީފާއިން ވަނީ އެއްބަސްވުން އުވާލައި، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފީފާއިން ވަކިން ދޭ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން މިއަހަރު އެވޯޑު ލިބުނީ ރެއާލްއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރ މޮޑްރިޗްއެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

03 ޖޫން 2017
އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި
20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު