Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިހާތަނަށް އިބްރަހިމޮވިޗަށް ލިބިފައެއް ނުވޭ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 4 މާރިޗު 2017 | ހޮނިހިރު 08:24
މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރ ހޯޒޭ މޮރީނިއޯ

މެންޗެސްޓަރ ޔުނައިޓެޑްގެ މެނޭޖަރ ހޯޒޭ މޮރީނިއޯ

މިއަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް ލާޓާން އިބްރަހިމޮވިޗް އަށް ލިބެން ވާނޭ ކަމަށް ޓީމުގެ މެނޭޖަރ ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ރަސްމީ ޓީވީ، އެމްޔޫޓީވީ އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ އިބްރަހިމޮވިޗް އެ ޓީމަށް ބަދަލުވި ފަހުން، ފެނިގެންދިޔައީ އާދަޔާ ހިލާފު ކުޅުމެއް ކަމަށާއި އެހެންކަމުން އޭނާ އަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުލިބޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިބްރަހިމޮވިޗް ވަނީ ހަމައެކަނި މި ސީޒަނުގައި ވެސް 26 ގޯލް ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި، އިނގިރޭސި ފުޓުބޯޅަ ލީގުގެ ފައިނަލްގައި ދެ ގޯލު ކާމިޔާބުކޮށް، އެ ތަށި އުފުލާލުމުގައި އިބްރަހިމޮވިޗް ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ.

މޮރީނިއޯ ބުނީ އިބްރަހިމޮވިޗްގެ އުމުރާ ބަލާފައި އޭނާ ދައްކާ ކުޅުން ފާހަގަކޮށްލެވޭ ކަމަށެވެ. އަދި، އެއާ ބެހޭ ގޮތުން ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. މޮރީނިއޯ ބުނީ އިބްރަހިމޮވިޗަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް އަދި ނުލިބޭ ކަމަށާއި އެއީ ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.

އިބްރަހިމޮވިޗަށް ޑިސެމްބަރު މަހާއި ނިމިދިޔަ ފެބްރުއަރީ މަހު ވަނީ ޕްލޭޔަރ އޮފް ދަ މަންތުގެ އެވޯޑް ލިބިފަ އެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
18 މާރިޗު 2017

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު