Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

7 މާރިޗު 2017 | އަންގާރަ 18:30

ވޮލީ ޓީމު މި މަހުގެ ނުވައެއްގައި ތައިލެންޑަށް ފުރަނީ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 7 މާރިޗު 2017 | އަންގާރަ 18:30
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް

މި މަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ރާއްޖޭގެ ޓީމަށް ކާމިޔާބުކުރެވެން އަންނަނީ ސަޕޯޓަރުންގެ އެއްބާރުލުމާއެކުގައި ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މި މުބާރާތަށް ތައްޔާރުވުމަށްޓަކައި ވޮލީ ޓީމު ކޮންމެ ދުވަހެއްގެ ވެސް ހެނދުނު ގަވައިދުން ފަރިތަކުރުންތައް ކުރިއަށްގެންދާ އިރު، މުބާރާތުގެ ކުރިން އިތުރު ތަމްރީނު ހޯދުމަށް މި މަހުގެ ނުވަ ވަނަ ދުވަހު ޓީމު ތައިލެންޑަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ މި މުބާރާތަށް ތައްޔާރުވުމަށް ޓީމު އަންނަނީ ގަވައިދުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުން ކަމަށާއި އެގޮތުން ޓީމުގެ ކުޅުންތެރިންގެ އެއްބާރުލުމާއެކު މި މުބާރާތް ކާމިޔާބުކުރެވޭނެ ކަމުން ޔަގީންކަން އެބައޮތް ކަމަށެވެ.

ލަތީފް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ޓީމު މުޅިންވެސް ވާދަކޮށްފައި ވަނީ ގައުމުން ބޭރުގައި ކުރިއަށްދާ މުބާރާތްތަކުގައި ކަމަށާއި އެގޮތުން ގައުމުން ބޭރުގައި ސަޕޯޓަރުންނާ ވަކިން މެޗުތައް ކުޅެން ޖެހުމުން ކާމިޔާބީއާ ހަމައަށް ވާސިލުވާން އުނދަގޫވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މުބާރާތުގައި ވާދަކުރަން ޖެހުމަކީ ކުޅުންތެރިންނަށް ވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމެއް ކަމަށާއި އެހެން ކަމުން މި މުބާރާތައް ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު ކަމަށެވެ.

"އަޅުގަނޑު ކައިރީ އަބަދުވެސް ކުޅުންތެރިން ބުނާނެ ސަޕޯޓަރުން ނެތުމަކީ ބޭރުގެ މުބާރާތްތަކުން ކާމިޔާބު ހޯދަން އުނދަގޫ ކަމެކޭ. މާލޭގައި މި މުބާރާތް ބާއްވާއިރު ސަޕޯޓަރުން ކުރިމަތީ ކުޅެން ޖެހުމަކީ ހިތްހަމަޖެހުމެކޭ. އަޅުގަނޑު އެދެން ވީހާވެސް ގިނަ ސަޕޯޓަރުން މިފަހަރު ޓީމަށް ތަރުހީބު ދިނުމަށް އެތަން ފުރާލަން. އިރާދަ ކުރެއްވިއްޔާ މީ އަޅުގަނޑުމެންގެ ފަހަރު،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ވޮލީގެ މިހާރުގެ ބޯޑުގެ މެމްބަރުންނަކީ ވަރަށް ހިންގުންތެރި ބޭފުޅުން ކަމަށާއި އެގޮތުން އެފަރާތްތަކުން ވޮލީ އަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި މިފަހަރު ރާއްޖޭގެ އިތުރުން ދެން ބައިވެރިވަނީ ނޭޕާލާއި ތުރުކުމަނިސްތާން އަދި ކިރިގިސްތާނެވެ.

މި މުބާރާތް ކުރިއަށްދާނީ މާލޭގެ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގަ އެވެ. މިއީ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
07 ފެބުރުއަރީ 2017

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި

07 ފެބުރުއަރީ 2017
ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް