Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

3 ޖޫން 2017 | ހޮނިހިރު 16:38

ޔުވަންޓަސް ވަނީ 2015 ވަނަ އަހަރުގެ ފައިނަލުން ބަލިވެފައި

ލީވާން އަލީ
ލީވާން އަލީ | 3 ޖޫން 2017 | ހޮނިހިރު 16:38
ޔުވަންޓަސްގެ ކޯޗު އެލެގްރީ

ޔުވަންޓަސްގެ ކޯޗު އެލެގްރީ

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެކަމަށް އެޓީމުގެ ކޯޗު މަސްމިލިއާނޯ އެލެގްރީ ބުނެފި އެވެ.

މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެލެގްރީ ބުނީ ޔުވަންޓަސް ފައިނަލުން ޖާގައެއް ހޯދީ ހަމަހުރެފަކާ ނޫން ކަމަށާއި، އެއީ ވަރަށް ބުރަ މަސައްކަތުން ހާސިލްވި ކަމެއް ކަމަށެވެ.

އެލެގްރީ ބުނީ 2015 ވަނަ އަހަރުވެސް ޔުވަންޓަސް ފައިނަލުން ޖާގަ ހޯދި ކަމަށާއި، އެފަހަރު ފައިނަލުން ބަލިވި ނަމަވެސް މިފަހަރު ޓީމު ކުރިއާ އަޅާބަލާއިރު އެތައްގޮތަކުން ކުރިއަރާފައިވާ ކަމަށެވެ. އެހެންނަމަވެސް ޔުވަންޓަސް އަށް ޗެމްޕިއަންސް ލީގުގައި ފާއިތުވެދިޔަ އަހަރުތަކުގައި ހިތި ތަޖުރިބާތައް ކުރިމަތިވުމުން އެއީ ގޮންޖެހުމަކަށް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

މިދިޔަ އަހަރުވެސް ޗެމްޕިއަންސް ލީގުގައި ޔުވަންޓަސް ތަފާތުވާނެކަން ފާހަގަކުރަމުން އެލެގްރީ ބުނީ އެފަހަރު މުބާރާތުން ކެޓީ ގަދަ 16 ގައި ބަޔާން މިއުނިކް އަތުން ބަލިވެގެން ކަމަށާއި، އެހެންނަމަވެސް އެ މެޗުން ބަލިވީ އެންމެ ފަހުވަގުތު ކަމަށެވެ.

އެލެގްރީ ބުނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ފައިނަލް މެޗަކީ އެންމެ މެޗެއް ކަމަށާއި، އެ މެޗު ޔުވަންޓަސްއަށް ކާމިޔާބުކުރެވެން ޖެހޭނެ ކަމަށެވެ. އެގޮތުން ޔުވަންޓަސް އިން ޔުވަންޓަސްގެ ގޭމް ދައްކާ މެޗު ކާމިޔާބުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޔުވަންޓަސް ދަތުރުކުރި ގޮތަށް ބަލާއިރު، އެޓީމު ވަނީ ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދާ ގަދަ 16 އަށް ދަތުރުކޮށް ޕޯޓޯ ބަލިކޮށްފައެވެ. ކުއާޓާގައި ޔުވަންޓަސް އާއި ބާސާ ބައްދަލުކުރަން ޖެހުނުއިރު، 0-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާ ބަލިކޮށް އެޓީމު ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. ފައިނަލުން ޔުވަންޓަސް ޖާގަ ހޯދި މޮނާކޯއާ ވާދަކޮށް 1-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް