މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ


ރައީސް މައުމޫންގެ ދެކަނބަލުން ކާނަލް ނާޒިމްގެ ދެކަނބަލުންނާ ބައްދަލު ކުރައްވަނީ
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރައްވައިފިއެވެ.
ރޭގަނޑުގެ ފަރިއްކޮޅަކާ އެކު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި ނާޒިމްގެ އަނބިކަނބަލުން އަފާފު މުހައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނާޒިމް އާއި ރައީސް މައުމޫނު ވެސް މި ވަގުތު ހުންނެވީ ބޭސް ފަރުވާއަކަށް އާއިލާއާ އެކު މެލޭޝިޔާގައެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މީގެ ތިން އަހަރު ކުރިން ކުރި ހުކުމް ރިވިއުކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުން އެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތައް ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށް މިހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ
ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލަ ސާބިތުކޮށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާ ނާޒިމްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ނާޒިމްގެ ދިފާއީ ވަކީލުން ބުނެފައި ވަނީ ނާޒިމްގެ މައްޗަށް އެ ހުކުމް ކުރީ އޭނާ ފްރޭމްކޮށްގެން ކަމަށެވެ.