Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ އިހަވަންދޫ

ރައީސް ޔާމީންގެ ސަރުކާރުގައި އިހަވަންދޫއަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި: ކައުންސިލްގެ ރައީސް

5 ނޮވެމްބަރު 2018 | ހޯމަ 10:32

އިންތިޚާބީ މަގާމު އަދާކުރުމުގެ ފުރުސަތު ދީފައެއް ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ނޮވެމްބަރު 2018 | ހޯމަ 10:32
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހއ. އިހަވަންދޫއަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް އެރަށުގައި ހިންގާނެ ކަމަށް މި ސަރުކާރު ވައުދުވި ނަމަވެސް އެއްވެސް ކަމެއް ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދީފައި ނުވާ ކަމަށެވެ. ރަޝީދު ވިދާޅުވީ ގިނަ ކަންކަމުން އެރަށުގެ ރައްޔިތުން މަހުރޫމްކޮށް، އިންތިޚާބީ އެއްވެސް މަގާމަކަށް އެމަގާމުގައި ދެމި ތިއްބެވި އެއްވެސް މީހަކަށް ހައްގު މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ އަނިޔާވެރިކަމާ އެކު ކައުންސިލް ދެ ފަހަރެއްގެ މަތިން 6 މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ސަރުކާރާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ރައްޔިތުން ކުރިމަތިލާން ޖެހުނުކަން ފާހަގަ ކުރައްވައި ރަޝީދު ވިދާޅުވީ ކައުންސިލަރުންނަށް ރައްޔިތުންނާއި އެންމެ ގާތުން ދެވެން އޮތް ޚިދުމަތްތައް ހުއްޓުވުމަށް ރައީސް ޔާމީންގެ ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލަރުންނަށް ލިބިދޭ ބާރުތަކަށް މިސަރުކާރުން ވަނީ ވަރަށް ބޮޑަށް ހުރަސްއަޅާފަ. މިސާލަކަށް ގޯތިދޫކުރުން. މިރަށުގެ ރަށްރަށުގައި ބަންޑާރަ ގޯތި ދޫކުރަން އަޅުގަނޑުމެން މަސައްކަތް ފެށީމަ އެވެއްޖެ ހައުސިން މިނިސްޓްރީގެ މެންޑޭޓްގައި އޮތް ކަމަކަށް. އެކަމަކު މީގެ ކުރިން އެކަންކަން ކުރަމުން އައީ ރަށުގެ ކައުންސިލުން. އެއްވެސް މިންވަރެއް ބިމެއްދީ އެގްރިމެންޓެއް ހަދާ، އިއުލާން ކުރުމަކީ މަނާކަމެއް ކަން ކައުންސިލްތަކަށް ވަނީ އަންގާފައި،" ރަޝީދު ވިދާޅުވިއެވެ.

އިހަވަންދޫގައި ކުރަމުންދާ މަސްވެރިކަމަށް އަލިއަޅުއްވާލައްވާ ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވީ ޒަމާނަށް އަންނަ ބަދަލާއެކު އެދޯނިތައް ބޮޑުވެ އެދޯނިތަކުގައި ގެންގުޅޭ ސާމާނުތައް ގިނަވެ އަދި ދޯނި ބޭއްވުމަށްޓަކައި ފަޅުން ބޭނުންވާ ޖާގަ ވެސް ބޮޑުވާ ކަމަށެވެ. ނަމަވެސް ބަނދަރުގެ ޖާގައިގެ ދަތިކަމާ ހުރެ އޮޑިވެރިންނަށް އެކަމުގެ ތަކުލީފުތައް އުފުލަންޖެހިފައިވާ ކަމަށެވެ.

މީގެ އިތުރަށް ރަޝީދު ވިދާޅުވީ އެރަށުގެ މަސްވެރިންނަށް މަސައްކިރުމާއި އައިސް ލިބޭނެ ތަނަވަސް ގޮތެއް ވެސް ނެތް ކަމަށާއި، މަސްވެރިންނަށް ކުރާ މަސައްކަތުގެ ހަމައަގު ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ އޮޑިފަހަރު ބަނުމަށް އެރަށުގައި ބިންނެތް ކަމަށާއި، މިއީ ވެސް ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"ފަޅަށް ވަންނައިރު ނެރުފައިކަށީގައި ނެރު ބައްތިއެއް ނުހުރޭ. ފަޅު އެހާމެ ތިލަ. އަދި އެހެންމެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެއްގަމު ތޮށި އުސްވީމަ އެ އުދަނގޫތައް ވެސް ތަހައްމަލު ކުރަމުންދޭ. މަސްވެރިންނަށް ހަފްތާ ބަންދާ ދިމާކޮށް މުޅި ބަނދަރު އޮޑިދޯނު ފަހަރުން ފުރިފައި. އަދި ބަނދަރުގެ އެއް ސަރަހައްދު ދަނި ހިކެމުން،" ރަޝީދު ވިދާޅުވިއެވެ.

ބަނދަރު ބޮޑުކޮށް މަރާމާތުކުރުމަށް 2016 ވަނަ އަހަރު 15 މިލިއަން ރުފިޔާގެ ބަޖެޓްގައި ހިމަނާފައިވާކަން ފާހަގަކުރައްވައި ރަޝީދު ވިދާޅުވީ އެމަސައްކަތް ކުރިއަށް ނުދާތީ ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ރަޝީދު ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ބޮޑު އިހުމާލެއްވީ ނަމަވެސް 3300 މީހުން ދިރިއުޅެމުން އަންނަ އިހަވަންދޫއަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމާމެދު އުންމީދު ކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް