Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިބޫ ހުވާކުރެއްވުން

އިބޫ ހުވާކުރެއްވުން ރައްޔިތުންގެ ދަރުބާރަކަށް ހައްދަވާ!

ރަސްމިއްޔާތު ބާއްވަން ފެންނަނީ ޖަޒީރާ ވަންތަ ގޮތަކަށް ޖުމްހޫރީ މައިދާނުގައި

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2018 | ހޯމަ 09:21
އިންތިޚާބު ކާމިޔާބުވުމުގެ އުފަލުގައި ބޭއްވި ހަފުލާއެއްގައި އިންތިޚާބީ ރައީސް އިބޫ އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް

އިންތިޚާބު ކާމިޔާބުވުމުގެ އުފަލުގައި ބޭއްވި ހަފުލާއެއްގައި އިންތިޚާބީ ރައީސް އިބޫ އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް

ފަތިހުން ފެށިގެން މީހުން އެއްވަމުން ދިޔައީ އިންތިޚާބީ ރައީސް ހުވާކުރާ ރަސްމިއްޔާތު ބާއްވާ ސަރަހައްދަށެވެ. ދަރިން ވެސް ގޮވައިގެންނެވެ. ބުރިޖް ހުރަސްކޮށް ހުޅުމާލެއިން މާލެއަށް މީހުން އަންނަމުންދިޔައީ އުފަލާއެކު އެވެ. ކައިރި ރަށްރަށުންނާއި ދުރު ރަށްރަށުގެ ރައްޔިތުން ވެސް ތިއްބެވެ. މައިދާނުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ބިޔަ ސްޓޭޖްގައި އާ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާ މަންޒަރު ނުފެންނަ މީހުންނަށް، އެ މަންޒަރު ދެއްކުމަށްޓަކައި މުޅި ސަރަހައްދުގައި އަދި އެ ސަރަހައްދުގެ މަގުތަކުގެ ބައެއް ހިސާބުތަކުގައި ވެސް ލެޑް ވޯލް ބަހައްޓައިފައިވެ އެވެ. ފެއްސާއި ރަތާއި ހުދުން މުޅި ސަރަހައްދު ޒީނަތްތެރިކޮށްފައިވާއިރު، އެއްވެފައިވާ މީހުން ލައިގެން ތިބީ އާ ރައީސްގެ ފޮޓޯ ޖެހި ޓީޝާޓެވެ. ބައެއް މީހުން ސަގާފީ ހެދުމުގަ އެވެ.

ދައުލަތުގެ ވެރިންނާއި އާ ސަރުކާރުގެ އިސް ވެރިންނާއި އެ ބޭފުޅުންގެ އަނބިންނާއި ދަރިން ސްޓޭޖްމަތީގައި އިށީނދެވަޑައިގަންނަވަމުން ގެންދެވި އެވެ. އިންތިޚާބީ ރައީސްގެ ދަރިކަލުންނާއި ދަރިކަނބަލުން ފެނިގެންދިޔައީ މި ރަސްމިއްޔާތުންނެވެ. އެ ދެ ބޭފުޅުން ސްޓޭޖް މައްޗަށް އަރައިވަޑައިގެންނެވިއިރު ވެސް މީހުންނަށް ނޭނގެ އެވެ. މުޅި ތަން ގުގުމައިގެން ދިޔައީސް އިންތިޚާބީ ރައީސްގެ ދަރިކަލުންނާއި ދަރިކަނބަލުންގެ ކްލޯޒަޕް މަންޒަރާއެކު، ޕްރެޒެންޓަރު އެކަން ފާހަގަ ކުރުމުންނެވެ.

މުޅި މައިދާން އެއްކޮށް ފުރިއްޖެ އެވެ. ކައިރި މަގުތައް ވެސް ފުރިއްޖެ އެވެ. މުޅި ސަރަހައްދުގައި ޖަހާފައި ހުރި ހިތްގައިމު ދިވެހި މިއުޒިކާއެކު ގައުމީ ރޫހު އާކޮށްދެ އެވެ. ބައެއް ފަހަރު ގައުމީ ލަވަ ވެސް ގެނެސްދެ އެވެ. ޖޯޝުން ފުރިގެންވާ ލަވަތައް ވެސް ގެނެސްދެ އެވެ.

ރަސްމިއްޔާތު ފެށުމަށް ކުޑަ ހިނދުކޮޅަކަށް ވެއްޖެ އެވެ. އިންތިޚާބީ ނައިބު ރައީސް އާއި އަނބިކަނބަލުން ސްޓޭޖަށް ވަޑައިގެންފި އެވެ. އިންތިޚާބީ ރައީސް ސްޓޭޖަށް ވަޑައިގަންނަވާ މަންޒަރު ބޮޑެތި ސްކްރީންތަކުން ފެންނަން ފެށުމާއެކު، އެއްވެފައިވާ އެންމެންގެ ތަރުހީބުން މުޅި މައިދާން ގުގުމަންފެށި އެވެ. މެދުކެނޑުމެން ނެތި އެތައް މިނެޓަކަށް ދެމިގެން ދިޔަ ތަރުހީބުގެ އަޑު ކެނޑުނީ، ގުރުއާނުގެ ބަރަކާތުން ރަސްމިއްޔާތު ފެށުމުންނެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށްވާތީ، މިފަހަރު އެ ރަސްމިއްޔާތު އޮތީ މުޅިން ތަފާތު ގޮތަކަށެވެ. މަޖިލީހުގެ ރައީސް ރަސްމީކޮށް ޖަލްސާ ފެއްޓެވި އެވެ.

މިއީ އަޅުގަނޑުގެ ޚިޔާލެވެ. "ޖަޒީރާ ރާއްޖެއެއް" ދަމަހައްޓައިދެއްވާނެ ކަމުގެ ވައުދާއެކު ވަޑައިގެންނެވި، އަތޮޅުތަކަށް ނިސްބަތްވާ ފުރަތަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިފަހަރު ތަފާތުކޮށްލަން ފެނެ އެވެ. ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި، "އިއްޒަތްތެރިންގެ ރަސްމިއްޔާތެއް"ގެ ގޮތުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ބަދަލުގައި، ޖުމްހޫރީ މައިދާނުގައި ޖަޒީރާވަންތަ ގޮތަކަށް، "ރައްޔިތުންގެ ދަރުބާރެއް" ބާއްވަން ފެނެ އެވެ.

ގާނޫނު އަސާސީގެ އިއްފަތް ގެއްލި، ދިވެހި ދައުލަތް ހަރާބުވެގެން ގޮސް، އިންސާފަކީ ބޭއިންސާފު ކަމަށްވެ، ހައްގުތައް ކަންފަތިވެފައިވާ މިދަނޑިވަޅުގައި ދިވެހިންނަށް އުއްމީދެއް ގެނެސްދެއްވީ "އެންމެންގެ ރައީސް"ގެ ގޮތުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައިވާ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެހެންވެ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހިނދުކޮޅުން ވެސް އެ މިސާލު ދެއްކުން މުހިންމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު