Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ދައުލަތުގެ ތިން ބާރުގައި ވެސް ގާސިމް!

8 ނޮވެމްބަރު 2018 | ބުރާސްފަތި 14:02

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ނޮވެމްބަރު 2018 | ބުރާސްފަތި 14:02
ޖަޒީރާ ހޮޅުއަށީގައި ޕާޓީތަކުގެ ވެރިން

ޖަޒީރާ ހޮޅުއަށީގައި ޕާޓީތަކުގެ ވެރިން

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަޅުގަނޑު މިރިޕޯޓް މިލިޔަނީ ވަކި މީހަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ޒާތީ ވުމުގެ ނިޔަތުގައެއް ނޫނެވެ. ނިޒާމުގައި ހުރި މައްސަލައަކާ ގުޅިގެން ލިޔެފައިވާ ރިޕޯޓެކެވެ.

ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީގެ ބާރުގެ ދަށުން އުފައްދާފައިވާ ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށެވެ. އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތާމެދު ގާނޫނީ ދާއިރާގެ މަޝްހޫރު ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންދާއިރު، ބައެއް ފަރާތްތަކަށް އެގޮތް ކަމުވެސް ދެ އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ :

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް
  2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރެއް
  3. ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރެއް
  4. ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރެއް
  5. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއް
  6. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެމްބަރެއް
  7. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް
  8. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު
  9. އެޓާރނީ ޖެނަރަލް
  10. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެމްބަރެކެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ވިޔަފާރި ކުރައްވާ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އެވެ. ދައުލަތުގެ އެންމެ މުހިއްމު އެއްބާރު ކަމަށްވާ ގާނޫނު ހެދުމުގެ ބާރުގެ ވެރިޔާގެ މަގާމަށް ގާސިމް ކަނޑައެޅިގެން ދިޔަ ހިސާބުން އެމަނިކުފާނަކީ ދައުލަތުގެ އަނެއް ބާރު ކަމަށްވާ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގެ ވެސް އެންމެ ނުފޫޒު ގަދަ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި އެވަނީ ކަނޑައެޅިފަ އެވެ. ޖުޑިޝަލް ސާރވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނަވާ މެމްބަރަކަށް ދެން ވެވަޑައިގަންނަވާނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ގާސިމް އިބްރާހީމް އެވެ.

ރަނގަޅެވެ، މިވަގުތު ގާސިމްގެ ނަންމަތީ ވިލާ ގްރޫޕްގެ ކުންފުނިތައް ނުހުރެދާނެ އެވެ. ނަމަވެސް "ވިލާ ކުންފުންޏޭ" ބުނުމުން ކޮންމެ ދިވެއްސެއްގެ ހިތަށް އަންނާނީ ގާސިމްގެ ނަމެވެ. ވިލާ ގްރޫޕް އޮފް ކޮމްޕެނީސްގައި ގާސިމްގެ މަސްލަހަތު އޮންނަ ވަރަށް ގިނަ ކުންފުނިތައް ހުންނަކަމަށް ވެއެވެ. އެހެންވީމާ އެކުންފުނި ތަކަކީ ސީދާ ގާސިމްގެ ނަމުގައި ނުވި ކުންފުނި ތަކެއް ކަމަށްވިޔަސް އެއީ ހަމަ ގާސިމްގެ މަސްލަހަތު ހުރި ކުންފުނިތަކަށް ނޫނިއްޔާ ނުވާނެ ނޫންތޯ އެވެ.

އަނެއް ކަމަކީ ވިލާ ގްރޫޕްގެ ކުންފުނިތަކުގެ ފައިސާއާ ގުޅުންހުރި ވަރަށް ގިނަ މައްސަލަތައް ކޯޓަށް ހުށަހެޅޭ ތަން ފެނެއެވެ. އެހެންކަމުން ދައުލަތުގެ ތިންބާރުގެ ތެރޭގައި ސީދާ ގޮތެއްގައި ގާސިމްގެ ދައުރެއް އެބައޮތެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ގެނައުމަށާއި ސަރުކާރު އެކުލަވާލުމުގައި ސީދާ ގާސިމްގެ ދައުރު އެބައޮތެވެ. ގާސިމަކީ ޖުމްހޫރީ ޕާޓީގެ ފައުންޑަރ އަދި ޕާޓީގެ ލީޑަރ އެވެ.

ދައުލަތުގެ އަނެއް ބާރު ކަމަށްވާ ގާނޫނު ހެދުމުގެ ބާރު އާދެ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ގާސިމް ކަމަށްވާތީ، އެބާރު ހިންގުމުގެ ސީދާ ދައުރު އޮތީ ވެސް ގާސިމްގެ އަތްޕުޅުމަތީގަ އެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އަނެއް ބާރަކީ އަދުލްއިންސާފުގެ ބާރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ގާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.

މިގޮތަށް އިއްތިފާގުވިއިރު، މިއީ ގާސިމް އިބްރާހިމްގެ މައްސަލައެއް ނޫނެވެ. ގާސިމް ހުރި މަގާމުގެ ގޮތުން އެހެން މީހަކަށް މިހެން ދިމާވިޔަސް، މައްސަލައެކެވެ. މިއީ ހަގީގަތުގައި ނިޒާމުގައި ހުރި މައްސަލައެކެވެ. އެހެންވެ، އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
23 މެއި 2017

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
02 އެޕްރީލު 2017

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
11 ފެބުރުއަރީ 2017

މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!

11 ފެބުރުއަރީ 2017
މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް