Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބަންދުގައި މިހާރު ތިބި މީހުން، މިހާރު ބާރުގައި ތިބި މީހުނަށް ފިލާވަޅަކަށް ނުވޭތަ؟

26 މާރިޗު 2018 | ހޯމަ 17:40

ކުރީގެ ދެ ޕޮލިސް ކޮމިޝަނަރު ތިއްބެވީ ޖަލުގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 26 މާރިޗު 2018 | ހޯމަ 17:40
މިހާރު ހައްޔަރުކޮށްފައި ތިބި ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު: އެ ބޭފުޅުންގެ ބަންދުން އެތައް ބައިވަރު ފިލާވަޅެއް ލިބިދޭ

މިހާރު ހައްޔަރުކޮށްފައި ތިބި ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު: އެ ބޭފުޅުންގެ ބަންދުން އެތައް ބައިވަރު ފިލާވަޅެއް ލިބިދޭ

މިއަދު ކުޑަގޮޅީގައި ހައްޔަރުކޮށްފައި ތިބި މީހުންނަކީ އާދައިގެ ބައެއް ނޫނެވެ. ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައި ތިބި ބޭފުޅުންނާއި އަދިވެސް ބައެއް މަގާމުތަކުގައި ތިއްބެވި އިއްޒަތްތެރި ބޭފުޅުން އޭގެ ތެރޭގައި އެބަ ހިމެނެއެވެ. އެ ބޭފުޅުންނަކީ އެއް އިރެއްގައި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ހިމާޔަތްކޮށްދެއްވި، އަދި އެމަނިކުފާނު ނުހަނު އިތުބާރު ކުރެއްވި ބޭފުޅުންނެވެ.

އެ ބޭފުޅުން ކުޑަ ގޮޅީގައި ތިއްބަވައިގެން އަނިޔާވެރި ހިތްދަތި ވަގުތުތައް މިއަދު ހޭދަ ކުރަމުންދާއިރު އެއިން އެތައް ހާސް ވާހަކައެއް އެބަ ބުނެދެއެވެ. އެކި މީހުނަށް އެކި ފިލާވަޅުތައް އެބަ ނަގައިދެއެވެ. ހައްޔަރު ކޮށްފައި ތިބި ބޭފުޅުން މިހާރު ތަހައްމަލު ކުރާ ވޭނާއި ހިތާމައިން ފިލާވަޅު ލިބިގަންނަންވީ ބަޔަކީ ރައީސް އަބްދުﷲ ޔާމިންގެ ކޮންމެ އެންގުމަކަށް ތަބާވެގެން މިހާރު އެ ތިއްބަވާ ބޭފުޅުންނެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރ އަރީފު: އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަރު އަރީފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި މިހާރުގެ ވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަކީ މީގެ މާ ދުރުނޫން މާޒީއެއްގައި ރައީސް އަބްދުﷲ ޔާމީން މާހިތްޕުޅާވި ބޭފުޅުންނެވެ. މިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ފުލުހުން ބޭނުން ކޮށްގެން އެއްވެސް ހަމައެއް ނެތި މީހުން ހައްޔަރު ކުރަމުން ގެންދާއިރު ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ވެސް މީގެ ކުރިން ހަމަ ތިޔަހެން އުޅުއްވިކަން ހަނދާނަށް ގެންނަވަން ޖެހެއެވެ. އަދި ރައީސް އޮފީހަށް ގެންދަވައިގެން މާ އިތުބާރުކުރައްވާ ކަމަށް ދައްކަވަން މަސައްކަތް ކުރެއްވި ނަމަވެސް އެއީ ކުޑަ ވަގުތުކޮޅަކަށް ބޭނުން ކޮށްލަން ދައްކާލާ ދަޅައެއްކަން އެހެން ބޭފުޅުންނަށްވީ ގޮތް އެ އޮތީ ފެންނާށެވެ. ނަވާޒު ވެސް އޮތީ އަމިއްލަ ފުޅަށް އިސްތިއުފާދެއްވައި ވަޑައިގަތުމެވެ. ނޫނީ މާ ލަސްތަކެއްނުވެ ކުޑަގޮޅި ދެކެން ޖެހިދާނެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމާއި ޑިފެންސް މިނިސްޓަރު ޝަރީފު

ރައީސް އަބްދުﷲ ޔާމިން އެންމެ އިތުބާރު ކުރައްވައިގެން ޑިފެންސް މިނިސްޓަރު ކަމަށް ގެންނެވި މުހައްމަދު ނާޒިމާއި އޭގެ ފަހުން އެ މަގާމަށް ގެންނެވި މޫސާ އަލީ ޖަލީލަށް ވީ ގޮތް މިހާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް މާ ބޮޑަށް އެނގިވަޑައިގަންނަވާނެއެވެ. ރައީސް އަބްދުﷲ ޔާމިންގެ އިތުބާރު ހޯދިދާނެ ކަމަށް އާދަމް ޝަރީފު ހީކުރުމަކީ ވެސް މޮޔަ ކަމެއްކަން އޭގެ ކުރިން ތިއްބެވި ޑިފެންސް މިނިސްޓަރުންނަށްވީ ގޮތުން އެނގޭނެއެވެ. އެ ގޮތްވާން ބޭނުން ނުވެގެން ގާނޫނާ ހިލާފަށް ސިފައިން ބޭނުންކޮށްގެން ކުރައްވާ ކަންތައްކުން ރައީސް ޔާމިން ހިތްހަމަ ޖެއްސެވި ގާނޫނު ހިނގާ ދުވަހެއްގައި ރައީސް ޔާމިން ވަޑައިގެން އާދަމް ޝަރީފު ސަލާމަތްކޮށްދޭން މަސައްކަތް ނުކުރައްވާނެ ކަން މިއަދު ޔަގީން ކުރައްވަން ވާނެއެވެ.

ހޯމަ މިނިސްޓަރު އަޒްލީނަކަސް އެހެން ބޭފުޅަކަސް ހަމަ މި ވިސްނުމުން ވިސްނާ ވަޑައިގެންފި ނަމަ އޮތް ރައްކާތެރި ގޮތަކީ ގާނޫނާ ހިލާފު އަމުރަށް ތަބާވެ ރައީސް އަބްދުﷲ ޔާމިންގެ ރުހުން ހޯދުމަށް ވުރެ މަގާމު ދޫކުރައްވައި ވަޑައިގަތުން ކަމަށް އެނގެއެވެ. ރައީސް މައުމޫނާއި އަހްމަދު ފާރިސް އާއި ނަދީމް ހައްޔަރުކޮށް ދެމުންދާ އަނިޔާއަކީ އާއިލާ ބޭފުޅަކުވިސް ރައީސް ޔާމިނަށް ސަނާ ނުކިޔައިފި ނަމަ ވާނެ ގޮތްކަން އެ އޮތީ ފެންނާށެވެ. ކުރުކޮށް ބުނާ ނަމަ ހައްޔަރުކޮށްފައި ތިބި މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތަކީ މިހާރު މަގާމުތަކުގައި ތިބި މީހުންނަށް ދޭ އިންޒަރެކެވެ. އެހެން ނަމަވެސް ވިސްނާ ބަޔަކަށް ނޫނީ އެކަމެއް ނޭނގޭނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް