Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކައުންސިލް އިންތިޚާބުގެ ނަތީޖާ

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ސިޓީ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެމްޑީޕީއަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 8 މެއި 2017 | ހޯމަ 10:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވޭނެ ގޮތް ހެދުމަށް މުޅީ ގައުމާއި ނިޒާމު އުލު ބައިންދައިފި އެވެ. މަސީހަށްޓަކައި ރޯލް ކޯލުން ވޯޓް ގަނައި، ގާނޫނަށް ވެސް ބަދަލު ގެނެސްފި އެވެ. މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ ވެސް 42 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިގެން ކަމަށް މަޖިލިސް ގަވާއިދުގައި ލިޔެފި އެވެ. މަސީހުގެ ދިފާއުގައި ފާރުތައް ރާނައި މަސީހާ ހަމައަށް ނާދެވޭ ގޮތް ހަދައިފި އެވެ. ރައްޔިތުންގެ ބަސް އިއްވައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްފައި ތިބި މެންބަރުންތަކެއް މަސީހުގެ ދިފާއުގައި އެކިއެކި ކަންކަން ކުރައްވަމުންދާއިރު، ފުވައްމުލަކު ރައްޔިތުންވެސް ގޮތް ނިންމައިފި އެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ނާކާމިޔާބީއާ ހަމައެކަނި ކުރިމަތިލާން ޖެހުނީ ސަރަކާރަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ގަދަ ފައި ވިއްދައި ސަރުކާރުގެ ދިފާއުގައި އެންމެ ކުރީ ސަފުގައި "ޖާނުން ފިދާވަމުން" ދާ އެތައް މެންބަރެއްގެ ކަރު ބުޑުގައި ހިތި ރަހަ ލައްވައިފި އެވެ. އޭގެ ތެރެއިން އެއް މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މަސީހެވެ.

ފުވައްމުލަކު ސިޓީއަކަށް ބަދަލުކޮށް ނެގި ފުރަތަމަ ވޯޓްގައި އެމްޑީޕީން މިވަނީ ކައުންސިލްގެ އަޣްލަބިއްޔަތު ނަގާފަ އެވެ. ތިން ކައުންސިލަރުން އިންތިޚާބު ކުރާ ފުވައްމުލަކު ސިޓީ ކައުންސިލުން ސަރުކާރަށް ލިބުނީ އެންމެ ގޮނޑި އެކެވެ. މަޖިލީހުގައި މަސީހު ތަމްސީލު ކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީ ކެނޑިޑޭޓް އަބްދުﷲ ފަލާހު ޝަރީފް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނިސްބަތްވާ ދާއިރާ ސަރުކާރަށް ގެއްލުމާއެކު އެތައް ބަޔަކު ދަނީ މަސީހުގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލިފައިވާ ކަމަށް ބުނަމުންނެވެ. ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓުން އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފައިވާ" ކަމަށް ދަނީ ބުނަމުންނެވެ. އެއީ ދޮގެއްތޯ އެވެ؟ މަސީހުގެ ދާއިރާ ސަރުކާރަށް ގެއްލުމަކީ މަސީހުގެ އިތުބާރާ މެދު ސުވާލު އުފެއްދޭނެ ކަމެއް ނޫންތޯ އެވެ؟

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ފުވައްމުލަކު ރައްޔިތަކު ބުނީ އެރަށުގެ ރައްޔިތުން ނިކުމެ މަޖިލިސް ރައީސް އިންނަވާ "ގޮނޑީގެ ދެ ފައި ބިންދާލާފައިވާ" ކަމަށެވެ. އަދި އެ ރައްޔިތުން މަޖިލީހަށް އިންތިޚާބު ކޮށްފައިވާ މެންބަރުން ނިކުމެ ދެން އިން ދެފައި ބިންދާލުމަށް ގޮވާލާ ކަމަށާއި އެހެން ނޫނީ، ދާއިރާތަކުން އިންތިޚާބު ވުމުގެ ހުވަފެން ވެސް ނުދެކުމަށް އިންޒާރުދޭ ކަމަށް އޭނާ ބުންޏެވެ.

އެ ޝުއޫރަކީ ފުވައްމުލަކު އެތައް ރައްޔިތުންނެއްގެ ޝުއޫރެވެ. ވޯޓުން އެ ވަނީ އެ ރައްޔިތުންގެ ޝުއޫރު ފާޅުކޮށްފަ އެވެ. ސަރުކާރަށް "ބޮޑުކޮށް، ހޫނުކޮށް" ނޫނެކޭ ބުނެފަ އެވެ. ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމުން ރުޅި އައިސްފައި ތިބި ކަން އަންގާލާފަ އެވެ. ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ނުދިނުމުން ހައްގު ދޭންޖެހޭނެކަން ސަރުކާރަށް އަންގައިދީފަ އެވެ. ފުވައްމުލަކު ރައްޔިތުން ބުނާ ގޮތުގައި މި ވޯޓަކީ އަނިޔާވެރިކަމާއި ބޭއިންސާފާއި އަދި މަސީހާ ދެކޮޅަށް ދިން ވޯޓެކެވެ.

ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ މަސީހުގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ފުވައްމުލަކު ދެކުނު ދާއިރާގެ ނަތީޖާއިން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަން ސާބިތު ވެއްޖެ" ކަމަށެވެ. ޖަމީލް ވަނީ "ދުރަށް ވަޑައިގެންނެވުމަށް" މަސީހަށް ގޮވާލައްވާފަ އެވެ.

ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވަނީ ފުވައްމުލަކު ރައްޔިތުން ނެރެ ދިން ނަތީޖާއަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ 2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާއިން މިއަށް ވުރެ ފުރިހަމަ ނަތީޖާއެއް އިދިކޮޅު ފަރާތްތަކަށް ނެރެ ދެއްވާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުން ދައްކުވައިދިނީ ބިރަކަށް ނުސިހޭނެ ކަން ކަމަށެވެ. އަދި އަނިޔާކޮށް ވިޔަފާރި ފުނޑުފުނޑު ކުރުމުގެ މަތީޖާ ހިތިވާނެ ކަން ރައްޔިތުން ދައްކުވައިދީފި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ދެކުނު ދާއިރާއިން ޕީޕީއެމް ވާދަކުރެއްވި ކެނޑިޑޭޓަށް ވޯޓް ދެއްވުމަށް މަސީހު އެދިވަޑައިގަންނަވަމުން ދަނިކޮށް ރައްޔިތުން އެ ވަނީ ނޫނެކޭ ބުނެފަ އެވެ. އެހެންކަމުން އަމިއްލަ ދާއިރާގައި ވެސް ތާއީދު ނެތް ބޭފުޅަކު މަޖިލިސް ގޮނޑިއެއްގައި އިންނެވުން ރަނގަޅުތޯ އެވެ؟ އަދި ވަކިން ޚާއްސަކޮށް މަޖިލީހުގެ ރައީސް ގޮނޑީގައި އެފަދަ ބޭފުޅަކު ހުންނެވުމަށް ދެން އޮތީ ކޮން ހައިސިއްޔަތެއްތޯ އެވެ؟ ކޮންމެއަކަސް މިފަހަރު ހޫނު ފެން މި އެޅުނީ ސަރުކާރުގެ ފަޔަށެވެ. ސަރުކާރާއި މަސީހަށް އިވޭ ވަރަށް، ފެންނަ ވަރަށް ރައްޔިތުން ނޫނެކޭ ބުނެފި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު