Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންހެ މަޖިލިސް

ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ޖަލްސާގައި ބައިވެރިނުވުމުން ގިނަ ފާޑުކިޔުންތަކެއް!

30 އޮކްޓޯބަރު 2018 | އަންގާރަ 07:33

ޖަލްސާގައި ބައިވެރިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 25 މެމްބަރުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 30 އޮކްޓޯބަރު 2018 | އަންގާރަ 07:33
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އަންގާރަދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ބައިވެރިވެފައި ނުވާތީ، ޕީޕީއެމްއަށް ނިސްބަތްވާ، ރައީސް ޔާމީންގެ އަރިސް ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ގިނަ ދުވަސްތަކުގެ މެދުކެނޑުމަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް އާދީއްތަ ދުވަހު ބާއްވާފައިވާއިރު، އެ ޖަލްސާގައި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ނަމަވެސް އަންގާރަދުވަހު މަޖިލިސް ޖަލްސާގައި ބައިވެރިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 25 މެމްބަރުންނެވެ. އިދިކޮޅު މެންބަރުން ބައިވެރިއެއް ނުވެއެވެ. އަންގާރަދުވަހުގެ ޖަލްސާގައި ބައިވެރިވެފައި ވަނީ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި، އެމްޑީއޭ އަދި މިނިވަން މެމްބަރުންނެވެ.

އަންގާރަދުވަހުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ށ) އިޞްލާހު ކުރެއްވުމަށް ހުށަހަޅުއްވާފައިވާ އިޞްލާހު، އާންމު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓްއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ކޮރަޕްޝަނާއި، ވައްކަމުގެ ވާހަކަތަށް ދައްކަވަމުން ގެންދެވި މެމްބަރުން އެ ފަދަ މައްސަލަތަށް ބަލަން އޮންނަ އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ބަހުސްގައި ބައިވެރިވެފައިނުވާތީވެ، ސަރުކާރު މެމްބަރުންވަނީ ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނަށް ޖަލްސާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންގެ ތެރެއިން މިފަދަ ކަންތައްތަކަށް އިސްކަންދެއްވާތަން ފެންނަނީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުން ކަމަށެވެ. ގޮނޑިތައް ލިބިވަޑައިނުގެން ރެއާއި ދުވާލު މަގުމަތީގައި ހޭދަކުރެއްވި މެމްބަރުން ކޮބައިތޯ ނިހާން ވަނީ ސުވާލުއުފައްދަވާފައެވެ. ނިހާނުގެ އެ ވާހަކަފުޅު އަމާޒުކުރެއްވީ އިލެކްޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި މެންބަރުންގެ ތެރެއިން ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ކަނޑައަޅާފައިވާ މެންބަރުންނަށެވެ. އޭގެ ތެރެއިން ހަތަރު މެންބަރަކު އާދީއްތަ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް މިއަދުގެ ޖަލްސާ އަށް ވަޑައެއް ނުގަންނަވައެވެ.

"ކޮބައިތޯ އެމްޑީޕީގެ މެމްބަރުން. އަދި ޚާއްސަކޮށް ކޮބައިތޯ މި ގޮނޑިތަށް ނުލިބިގެން ރެއާއި ދުވާލު މަގުމަތީގައި ހޭދަކުރެއްވި އެ ބޭފުޅުން ވެސް ގޮނޑި ލިބިވަޑައިގަތީމައި ޗެމްބަރަށް ވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވޭ،" ނިހާން ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑު މަޖިލީހުގައި ނީއްވޭތީވެ، ދެރަވެގެން އެކަމާއި މުޒާހަރާކުރެއްވި މެމްބަރުން މާލިއްޔަތު ކޮމިޓީއިން ފޮނުއްވި ރިޕޯރޓްގެ ބަހުސް މަރްހަލާގައި ބައިވެރިވެވަޑައިނުގެން ސައިކޮޓަރީގައި ތިއްބެވި ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ ވިދާޅުވެފައެވެ.

" ތުލުސްދޫ ދާއިރާގެ މެމްބަރު ވެސް ދާދި މިދާކަށް ދުވަހާ ޖެހެންދެން ވެސް ހަޅޭލެވި މަޑުއްވަރީ ދާއިރާގެ މެމްބަރު ވެސް ހަޅޭލެވި ތިމަންނަމެންގެ ދާއިރާގެ ރައްޔިތުންގެ ހައްގޭ، އަޑެއް ނީއްވެވެޔޭ، ކެންދޫ ދާއިރާގެ މެމްބަރު ވެސް ހަމަ އެފަދަ،" އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ ޖަލްސާގެ ކޯރަމް ހަމަކުރީ ވެސް އެބޭފުޅުން އެކި ގޮތްގޮތަށް މަސައްކަތްކުރައްވައި މެމްބަރުން ގެންނަވައިގެން ކަމަށެވެ.

ފޭދު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވެސް ވިދާޅުވީ މި ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އިދިކޮޅު މެންބަރުން ކުރާއިރު އެކަން ބަލައި ތަހްގީގުކުރުމަށް އޮތް އެންމެ މުހިންމު އިދާރާ ކަމަށްވާ އޮޑިޓާރ ޖެނެރަލް އޮފީހުން ބަޖެޓް 60 މިލިއަން ރުފިޔާ އަށް އެދުމުން 52 މިލިއަނަށް ކުޑަކުރުމަށް ވާހަކަ ދެއްކެވީ ވެސް އިދިކޮޅު މެންބަރުން ކަމަށެވެ. އޭގެ ތެރޭގައި ތަމްރީނުކުރުމަށް ބަޖެޓްގައި ހިމެނުމުން ވަޒީފާ ދެނީ ތަމްރީނާއި ގާބިލް ފަރާތްތަކަށް ކަމަށްވާތީ އެ މުވައްޒަފުންނަށް ކޮންމެހެން ތަމްރީންނު ދޭންނުޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ކޮމިޓީގައި ވާހަކަ ދެއްކެވި ކަމަށް އައިބީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ އިރު ސަރުކަރުގެ ކޮންމެ އިދާރާއެއްގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ތާއިދުކުރައްވާނެ ކަމަށާއި މިއަދު އިދިކޮޅުގައި މެޖޯރިޓީ އޮތް ނަމަވެސް އެކަން ކުރަން ނުކުރެނޭ ކަމަށެވެ. މިދުގެ ޖަލްސާ އަށް ގިނަ މެންބަރުން ވަޑައިނުގެންނެވީތީ ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކުރައްވަން ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގައި 45 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް ފަހުއެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާ އިރު ޖަލްސާތައް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކެވެ. އަދި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޮވެމްބަރު 8 ވަނަ ދުވަހަށް ތާވަލްކުރަން ނިންމާފައިވާ އިރު މި އަދުގެ ޖަލްސާ އަށް އިދިކޮޅު މެންބަރުން ވަޑައިމުގެންނެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް