Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީންގެ ގެކޮޅު ނިންމުމުގެ މަސައްކަތް މެކުހަށް!

28 އޮކްޓޯބަރު 2018 | އާދީއްތަ 13:32

ގްރައުންޑް ފްލޯ، ފުރަތަމަ ފަންގިފިލާ، އަދި ދެވަނަ ފަންގިފިލާގެ މަސައްކަތް ހަލުވި ސްޕީޑްގައި ނިންމުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވުމުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 28 އޮކްޓޯބަރު 2018 | އާދީއްތަ 13:32
ހެންވާރު ބޮޑުތަކުރުފާނު މަގުން ރާޅުގަނޑު ސަރަހައްދު ކައިރީގައި އިމާރާތްކުރަމުން ދާ ރައީސް ޔާމީންގެ ގެކޮޅު: މިއި 14 ބުރީގެ އިމާރާތެއް

ހެންވާރު ބޮޑުތަކުރުފާނު މަގުން ރާޅުގަނޑު ސަރަހައްދު ކައިރީގައި އިމާރާތްކުރަމުން ދާ ރައީސް ޔާމީންގެ ގެކޮޅު: މިއި 14 ބުރީގެ އިމާރާތެއް

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމެން ވަގުތު ކުޑަތަންވަމުން އަންނައިރު، އެ މަނިކުފާނުގެ ގެކޮޅު ހަދައި ނިންމުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު ބައްލަވައި ގެންފައިވާ ހ. ދޫވެހި ނިންމުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުން އަންނައިރު، ރިޔާސީ ދައުރު ހަމަވުމަށް ފަހު އެ މަނިކުފާނުގެ ދިރިއުޅުއްވުން ބަދަލުކުރައްވާނީ އެ ގެއަށް ކަމަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

Advertisement - newsAdvertisement

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެހި ލާޖައްސާފައި ވަނީ ހ. ނޫފަރު ގެއާއެވެ. އެއަށް ފަހު ދެ ގޭގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. ކުރިން ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދެވި ގެއަކީ މިހާރު ގ. ނޫފަރެވެ.

ބޮޑުތަކުރުފާނު މަގުން ހެންވޭރު އާރޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ހ. ދޫވެހި ގޭގައި މިހާރު ފަސް ޝީޓް އަޅާފައިވާއިރު، ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާ، އަދި ދެ ވަނަ ފަންގިފިލާ ހަލުވި ސްޕީޑްގައި ނިންމުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ. އެ ބައިތަކުގައި ސިމެންތި ޖަހައި، އެލްމެނިއަމް ދޮރުތައް ހަރުކުރަމުން ދާއިރު، އެޕާޓްމަންޓުގެ އެތެރެ ވެސް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވެރިކަމަށް ވަޑައިގެން ހިލާލީގެ ބަދަލުގައި އަމިއްލަ ގެކޮޅު ދޫވެހީ ގައި ދިރިއުޅުއްވަން ނިންމަވައި ބޮޑު ޚަރަދެއް ކުރައްވައިގެން އެ ގެ މަރާމާރުތު ކުރެއްވުމަށް ފަހު އެމަނިކުފަނު ވަނީ ހިލާލީ ގެއަށް ބަދަލުވެ ވަޑައިގެންފައެވެ. ގ. ދޫވެހި ގެއާއި ހ. ނޫފަރު ލާޖެއްސީ އެ މަނިކުފާނު ހިލާލީގެ އަށް ބަދަލުވެ ވަޑައިގަތުމަށް ފަހު އެވެ. އެ މުއާމަލާތަށް ފަހު ރައީސް ޔާމީން ކުރިން އުޅުއްވި ގެކޮޅުގައި މިހާރު ހިންގަމުން ދަނީ، އެ މަނިކުފާނު ޕްރޮމޯޓްކުރާ ޗެނަލް 13 އެވެ.

ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރައީސް ޔާމީން ގައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމުގެ މައުލޫމާތުތަކެއް ލިބިގެން އެ މަނިކުފާނު ގައުމުން ބޭރަށް ފުރާވަޑައިގަތަ ނުދީ ހިފެހެއްޓުމަށް އެދި ގުޅިފައިވާ ޕާޓީތަކުން ފުލުހުންގެ އިދާރާއަށް މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ވެއްދި މައްސަލަ އާއި އެމްއެމްޕީއާރްސީ. ގެ ވައްކަމުގެ މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދި ގުޅިފައިވާ ޕާޓީތަކުން ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އިދާރާ އިން ދަނީ އެ މައްސަލަތައް ތަހުގީގު ވެސް ކުރަމުންނެވެ.

މީގެ އިތުރުން ރައީސް ޔާމީނާ ގުޅުން ހުރި މަނީ ލޯންޑްރިންގެ މައްސަލަ އެއް ތަހްގީގް ކޮށްދިނުމަށް އެދި އެމްއެމްއޭ އިން ވެސް ވަނީ ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާ އަޑުތަކެއް ފެތުރުނު ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުއާޒް އަލީ ވަނީ އެ ޚަބަރުތައް ދޮގުކުރައްވާފައެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބޮޑުތަނުން ބަލިވި ނަމަވެސް، ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް ނިމިފައި ވަނީ އެ މަނިކުފާނާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް