Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ޚަޝޯގީ

ޚަޝޯގީގެ މަރު: ތުހުމަތު ކުރެވޭ 18 މީހަކު އެކްސްޓްރެޑިޝަންގެ ދަށުން ތުރުކީ އިން ބޭނުންވެފައި

27 އޮކްޓޯބަރު 2018 | ހޮނިހިރު 04:41

ސައުދީން ހައްޔަރުކުރި މީހުންގެ ތެރޭ ކުށްވެރިން ތިބުމުގެ ފުރުސަތު ބޮޑު: އޮރުދޮޣާން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 އޮކްޓޯބަރު 2018 | ހޮނިހިރު 04:41
ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު

ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު

ޖަމާލް ޚަޝޯގީގެ މަރާ ގުޅިގެން ތުހުމަތުކުރެވޭ 18 މީހަކު އެކްސްޓްރެޑިޝަންގެ ދަށުން ހޯދުމަށް ތުރުކީގެ ޕްރޮސިކިއުޓަރުން ޕްލޭންކޮށްފިއެވެ.

އަނަދޮލޫ ނޫސް އެޖެންސީން ހުކުރުދުވަހު ބުނެފައި ވަނީ އިސްތަންބޫލްގެ ޗީފް ޕްރޮސިކިއުޓަރ އެކަމަށް އެދި ތުރުކީގެ ޖަސްޓިސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި ފޮރިން މިނިސްޓްރީއިން ރަސްމީކޮށް އެކްސްޓްރެޑިޝަން އަށް އެދޭނެ ކަމަށެވެ.

"އެކްސްޓްރެޑިޝަން އަށް އެދުމުގެ ފަހަތުގައިވަނީ ޚަޝޯގީ މަރާލާފައިވަނީ ތުރުކީގައި ތުރުކީއަށް އެކަމަށްޓަކައި ދަތުރުކުރި ސައުދީގެ ރައްޔިތުންތަކެއް ކަމަށް ވާތީ" ތުރުކީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މި މައްސަލަގައި އެންމެ ރަނގަޅަށް އިންސާފު ގާއިމްކޮށްދެވޭނީ ތުރުކީގެ ޝަރުއީ ނިޒާމްގެ ތެރެއިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ދެެފުށް ފެނުމުގެ އެންމެ މަތީ ދަރަޖައަށް ދިއުމަށްޓަކައި ތުރުކީގައި ކޯޓުގެ މަރުހަލާ ގެންދެވޭނީ ބައިނަލްއަގްވާމީ އޮބްޒަރވަރުންނަށް ފުރުސަތު ހުޅުވާލެވިގެން،"

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ވިދާޅުވީ އިތުރު އެތައް މައުލޫމާތެއް އަންކާރާގައި އެބަހުރި ކަމަށާއި "ރަނގަޅު ވަގުތު ޖެހުމުން ހާމަކުރާނެ،" ކަމަށެވެ.

އޭކޭ ޕާޓީގެ ޕްރޮވިންޝަލް މެމްބަރުންނާ މުޚާތަބުކުރައްވަމުން ވެރިރަށް އަންކާރާގައި އޮރްދޮޣާން ވަނީ ނޫސްވެރިޔާ މަރާލަން އަމުުރުކުރި މީހެއް ހާމަކުރުމަށް ސައުދީ އަރަބިއާއަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ހަޝޯގީގެ މަރުގެ މައްސަލަ ތަހުގީގުގައި އިސްކޮށް ހުންްނެވި ތުރުކީގެ ޕްރޮސިކިއުޓަރާ ބައްދަލުކުރެއްވުމަށް ސައުދީގެ ޗީފް ޕްރޮސިކިއުޓަރ އާދީއްތަ ދުވަހު އިސްތަންބޫލަށް ވަޑައިގަންނަވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.

އޮރްދޮޣާން ވަނީ ސައުދީން ހައްޔަރުކުރި 18 މީހުންގެ ތެރޭގައި ޚަޝޯގީ މަރާލި މީހާ ވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފައެވެ.

"މި ކަމަކަށް އިތުރު ތަފްސީލެއް ބޭނުމެއްނުވޭ، ޖަރީމާ ހިންގި މީހާ 18 މީހުންގެ ތެރޭ ހިމެނޭ ދެން އެތާ ނުހިމެނޭކަމަށްވަންޏާ ބުނެދީ ކާކުކަން މިކަމުގައި ބައިވެރި މި ގައުމުގެ މީހަކީ،" އޭނާ ވިދާޅުވިއެވެ.

ޚަޝޯގީ ގެއްލިފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ސައުދީގެ ކޮންސިއުލޭޓަށް ލިއުމެއް ބަލާ ދިއުމަށް ފަހުއެވެ. އޭގެ ފަހުން ކޮންސިއުލޭޓުން ނުކުމެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީގެ ތަހުގީގު ޓީމުން ތަކުރާރުކޮށް ބުނަމުންދިއައިރު ސައުދީން ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުަވަހާ ޖެެހެންދެން ވެސް އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް