Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު ޝައިނީ

ރައީސް ޔާމީންއާއެކު މަސައްކަތް ކުރެވުނީތީ ފަހުރުވެރިވަން، ގައުމު ދޫކޮށް ފިލަން ޖެހޭ ސަބަބެއް ނެތް: ޝައިނީ

17 އޮކްޓޯބަރު 2018 | ބުދަ 17:59

މިވަގުތު ޝައިނީ ހުންނެވީ ސްރީލަންކާގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 އޮކްޓޯބަރު 2018 | ބުދަ 17:59
މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ

މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މަސައްކަތް ކުރެވުނީތީ ފަހުރުވެވަޑައިގަންނަވާ ކަމަށާއި ގައުމު ދޫކޮށް ފިލަން ޖެހޭ ސަބަބެއް ނެތް ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައިނީ ރާއްޖެ ދޫކުރައްވާ ފިއްލެވި ކަމަށް ބުނެ ސޯސަލް މީޑިއާގައި ވާހަކަތައް ފެތުރިފައިވަނިކޮށް، ޝައިނީ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޓީމާއެކު މަސައްކަތް ކުރެވުނީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި، އެ ޓީމުގައި ހާސިލު ކުރެވުނު ކަންތައްތަކާއި، ރައްޔިތުންނަށް ކޮށްދެވުނު ހިދުމަތާ މެދު އުފާ ކުރައްވާ ކަމަށެވެ. ގައުމު ދޫކޮށް ފިލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިއްޕަވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޝައިނީ ރާއްޖެ ދޫކޮށް ފިއްލެވީ ކަމަށް ސޯސަލް މީޑިއާގައި ވާހަކަ ދެކެވިފައިވަނީ އަންގާރަ ދުވަހު އޭނާ އާއިލާއާއެކު އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންނެވުމުން ނެވެ.

މިނިސްޓަރ ޝައިނީ ފުރީ އަންގާރަ ދުވަހުގެ ހަވީރު 16:20ގައި، EK652 ފްލައިޓުންނެވެ. ޝައިނީއާ އެކު ވަޑައިގެންނެވީ އޭނާގެ އަނބިކަނބަލުންނާއި ދެ ކުދިންނެވެ.

މިނިސްޓަރު ޝައިނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާފައިވާއިރު، ސަރުކާރުގެ އިސްވެރިން ފައިސާ ރައްކާކުރުމުގެ ގޮތުން ރާއްޖޭގައި ހުރި ފައިސާތައް ރާއްޖެއިން ބޭރަށް ގެންދަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ވަރަށް އަވަހަށް ސަރުކާރުގެ އިސް ފަރާތްތައް ރާއްޖެ ދޫކޮށް ވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. އަދި އެކަން ތަހުގީގު ކޮށްދިނުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފޮލިހަށް ވެސް ހުށަހަޅުއްވާފައި ވެއެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ ވެރިކަން ހަވާލު ކުރުމުގެ ކަންކަން ކުރިއަށްދާއިރު، ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ އޮފީހަށް އެއްބާރުލުން ދެއްވުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޝައިނީ މީގެ ކުރިން ދެކޮޅު ހައްދަވާފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް