Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަރްމޭނިއާ

އަވަސް އިންތިޚާބެއް ބޭއްވުމަށް އަރްމޭނިއާގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

17 އޮކްޓޯބަރު 2018 | ބުދަ 00:32

އަވަސް އިންތިޚާބު ބާއްވާނެކަމަށް ބެލެވެނީ ޑިސެމްބަރު މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 އޮކްޓޯބަރު 2018 | ބުދަ 00:32
ނިކޯލް ޕަޝިނިއަން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މެއި މަހު

ނިކޯލް ޕަޝިނިއަން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މެއި މަހު

ގާނޫނުހަދާ މަޖިލީސް އުވާލައްވައި އަވަސް އިންތިޚާބަކަށް މަގުފަހި ކުރެއްވުމަށް އަރްމޭނިއާގެ ބޮޑުވަޒީރު އަންގާރަ ދުވަހު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ބޮޑުވަޒީރު އިސްތިއުފާ އިއުލާނުކުރައްވާފައިވަނީ ލައިވް ޓީވީގައެވެ.

"އަޅުގަނޑުގެ އެކުވެރި ފަޚުރުވެރި ރައްޔިތުން، މިއަދު އަޅުގަނޑު މަގާމުން އިސްތިއުފާ ހުށަހަަޅައިފިން" ނިކޯލް ޕަޝިނިއަން ވިދާޅުވިކަމަށް އޭއެފްޕީގައި ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާވަނީ އަވަސް އިންތިޚާބެއް ބާއްވާ މިނިވަންކަމާއެކު ރައްޔިތުން ގޮތް ނިންމެވުމަށް ފުރުސަތު ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެެވެ.

ނިކޯލް ޕަޝިނިއަން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މަގުތަކުގައި ރައްޔިތުން ކުރިޔަށް ގެންދިޔަ ބޮޑެތި މުޒާހަރާތަކަކަށް ފަހު އަރުމޭނިއާގެ ބޮޑުވަޒީރު ސުއަރޒް ސަރްގެޒިއަން އޭޕްރީލް މަހު މަގާމުން އިސްތިއުފާ ދެއްވުމުން މެއި މަހުއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ވާދަވެރި ސިޔާސީ ފަރާތްތަކުގެ އެ މަގާމުތަކުން ދުރުކުރުމަށްޓަކައި މިދިޔަ މަސްތަކުގައި ޕަޝިނިއަން ގެންދެވީ އަވަސް އިންތިޚާބަކަށް ބާރުއަޅުއްވަމުންނެވެ.

އާ ބޮޑުވަޒީރަކު ކަނޑައެޅުމަށް ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަވަސް އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

މި މަހުގެ ކުރީކޮޅު ޕަޝިނިއަންވަނީ އޭނާއަށް ތާއިދުކުރާ އެތައް ހާސް ބަޔަކުނެރެ އަވަސް އިންތިޚާބަކަށް އިދިކޮޅު ފަރާތްތައް އެއްބަސްކުރުވުމަށް ބާރުއެޅުމަށް ގާނޫނުހަދާ މަޖިލީސް ހިސާރުކޮށް މުޒާހަރާކޮށްފައެވެ.

އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ފްރާންސް 24 ގައި ޕަޝިނިއަން ވިދާޅުވެފައިވަނީ އަވަސް އިންތިޚާބު، ޑިސެމްބަރ 9 ނޫނީ 10 ގައި ބޭއްވޭނެކަމަށެވެ. އަދި އެއީ އެކަމަށް ކަނޑައެޅިފައިވާ މުއްދަތު ކަމަށްވާއިރު އޮކްޓޯބަރ މަހުގެ 16ވަނަ ދުވަހު އިސްތިފާ ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ.

ބޮޑުވަޒީރުކަމަށް މެއިމަހުގެ ތެރޭގައި ޕަޝިނިއަން ވަޑައިގެން ފަހުން ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބެއް ބާއްވާފައި ނުވާއިރު އޭނާވިދާޅުވެފައިވަނީ މަޖިލީހުގެ ގޮނޑިތައް މިހާރު ތަމްސީލް ކުރައްވާ ފަރާތްތަކަށްބަލާއިރު ގައުމުގެ ސިޔާސީ ހަގީގަތް ދައްކުވައިނުދޭކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 މެއި 2017

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

02 މެއި 2017
އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް