Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހުތާޒު މުހުސިން އާއި ގާޒީ ނިހާނު

މުހުތާޒު އާއި ގާޒީ ނިހާނުގެ ބަންދުގެ އަމުރުތަކެއް ކްރިނަލް ކޯޓުން ބާތިލް ކޮށްފި

މުހުތާޒު އާއި ނިހާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން އިތުރު ދައުވާތަކެއް ކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2018 | ހޯމަ 14:37
ކުރީގެ ޕީޖީ މުހުތާޒު މުހުސިން

ކުރީގެ ޕީޖީ މުހުތާޒު މުހުސިން

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އާއި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކާއި ގުޅިގެން، ޝަރީއަތް ނިމެންދެން އެ ދެ ބޭފުޅުން ޖަލުގައި ބަނދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތައް ބާތިލް ކޮށްފި އެވެ.

މުހުތާޒު މުހުސިނު އާއި ނިހާނުގެ މައްޗަށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކުރިނަމަ ވެސް އެ ދެ ބޭފުޅުންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރި ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި ގުޅިގެން އެ ދެ ބޭފުޅުން ތިއްބަވަން ޖެހިވަޑއިގެންފައި ވަނީ ޖަލުގަ އެވެ. ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި މުހުތާޒުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރި އެވެ. އަދި ނިހާނުގެ މައްޗަށް ހަތަރު ދައުވާ އެއް ކުރި އެވެ. އޭގެ ތެރެއިން ޓެރެރިޒަމްގެ ދައުވާ ނިންމައި ކްރިމިނަލް ކޯޓުން ވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފަ އެވެ.

Advertisement - newsAdvertisement

ގާޒީ ނިހާނު

"ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން" ކުށުގެ ދައުވާ އެއް މުހުތާޒު އާއި ނިހާނުގެ މައްޗަށް ކުރަމުންދާއިރު، "ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުން" ކުށުގެ ދައުވާ މުހުތާޒުގެ މައްޗަށް ކޮށްފައިވާއިރު، ޓެރަރިޒަމްގެ ދައުވާ މުހުތާޒު އާއި ނިހާނުގެ މައްޗަށް ކޮށްފައި ވެއެވެ.

އިތުރަށް ނިހާނުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަަކީ "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން" ކުށުގެ ދައުވާ އާއި "ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުން" ކަމަށް ބުނާ ދައުވާ ކޮށްފައި ވެއެވެ.

ކުރީގެ ޕީޖީ މުހުތާޒު

މުހުތާޒު އާއި ނިހާނުގެ މައްޗަށް މިހާތަނަށް ހުކުމް ކޮށްފައި ވަނީ ހަމައެކަނި ޓެރަރިޒަމުގެ ދައުވާގަ އެެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މި ދެ ބޭފުޅުން 17 އަހަރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާފައި ވަނީ އެކޯޓުގައި މިހާރު ކުރިއަށްދާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތަކެވެ. އެ ދައުވާތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ މުހުތާޒު އާއި ނިހާނު އާ ދެ ބޭފުޅުންގެ އެއް ހާޒިރެއްގައި ބޭއްވި އެއް އަޑުއެހުމެއްގަ އެވެ. އެ ދެ ބޭފުޅުންނަށް ހުކުމް ނުކޮށް ހުރި މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންދެން މި ދެ ބޭފުޅުން ބަންދުގައި ބޭތިއްބުމަށް މީގެކުރިން އެކޯޓުން ނެރެފައިވާ އަމުރުތައް ބާތިލު ކުރުމަށް ދައުލަތުން ވެސް އެދިފައިވާއިރު، ކްރިމިނަލް ކޯޓުގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ކުރިއަށްދާ ދައުވާތަކަކީ އެންމެ ރަނގަޅު ދައުވާތަކެއް ނޫން ކަމަށް ދައުލަތުގެ ގާނޫނީ ވަކީލުން ވަނީ އެއްބަސްވެ، އެ ދައުވާތަކަށް އަވަސް ހުކުމެއް އިއްވައި ދިނުމަށް ވެސް އެދިފަ އެވެ.

ނަމަވެސް މުހުތާޒާއި ނިހާނުގެ ބަންދުގެ މުއްދަތުތައް ކްރިމިނަލް ކޯޓުން ބާތިލު ކުރި ނަމަވެސް ދައުވާތަކެއް ބާތިލެއް ނުކުރެ އެވެ.

މުހުތާޒު އާއި ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަދި ކަފާލާތުގެ ދަށުން އެ ދެ ބޭފުޅުން ދޫކޮށްދިނުމަށް އެދުމުން، ހައިކޯޓުން ވަނީ އެ ދެ ބޭފުޅުން ދޫކޮށްދެވެން ނެތްކަމަށް ނިންމާފަ އެވެ. ގާޒީ ނިހާން ހައްޔަރު ކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ އޭނާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމުން މުހުތާޒު ވަކިކުރައްވާފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އޭރުގެ ނާއިބު ރައީސް ހައްޔަރު ކުރުމަށް ފަހު، ހިނގާދިޔަ ކަންތައްތަކާއި ގުޅިގެންނެވެ. ޕީޖީގެ މަގާމަށް މުހުތާޒު އައްޔަން ކުރައްވާފައި ވަނީ އަދީބުގެ ނުފޫޒުން ކަމަށް އޭރު ވާހަކަ ދެކެވިފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު