Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޝްވަތު ހުށަހެޅުން

އެއްވެސް ފަރާތަކަށް ރިޝްވަތު ދީފައެއް ނުވާނެ: ޕީޕީއެމް

12 އޮކްޓޯބަރު 2018 | ހުކުރު 14:25

އެމް ސެވަން އިން ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ މައްސަލަ ސާބިތުނުވެއްޖެނަމަ އަބުރުގެ ދައުވާކުރާނެކަމުގެ އިންޒާރު ވަނީ ދީފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 އޮކްޓޯބަރު 2018 | ހުކުރު 14:25
އިންތިހާބު ބާތިލްކުރުމަށް ގޮވާލާ ޕީޕީއެމުން ބޭއްވި އެއްވުމެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

އިންތިހާބު ބާތިލްކުރުމަށް ގޮވާލާ ޕީޕީއެމުން ބޭއްވި އެއްވުމެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ

ވޯޓުކަރުދާހާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ބަޔާން ދިނުމަށް, ޕީޕީއެމުން، އެމް ސެވަންގެ މުވައްޒިފުންނަށް ރިޝްވަތު ހުށައަޅާފައިނުވާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ވަކި ގޮތަކަށް ބަޔާން ދިނުމަށް އެދި އެމް ސެވަންގެ މުވައްޒިފުންނަށް ރިޝްވަތު ހުށައެޅި މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާއިރު، ޕީޕީއެމުން އާންމުކުރި ބަޔާނެއްގައި ބުނީ، ޕީޕީއެމުން އެއްވެސް ފަރާތަކަށް ރިޝްވަތު ދީފައި ނުވާނެ ކަމަށާއި، އަދި އެއްވެސް ފަރާތަކަށް ބިރު ދައްކާފައިވެސް ނުވާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ރިޝްވަތުގެ ވާހަކަ ދައްކަނީ، އިންތިޚާބު ބާތިލްކުރުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރައްޔިތުންގެ ސަމާލުކަން ގެއްލުވާލަން ކަމަށް ޕީޕީއެމުން ބުންޏެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ބުނީ، އިންތިހާބުގެ ވޯޓު ކަރުދާސްތައް ޗާޕްކުރި އެމް ސެވަންގެ އެއް ހިއްސާދާރަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއް ކަމަށާއި އަދި މެޖޯރިޓީ ހިއްސާ އޮންނަ އެކްސިސް މޯލްޑިވްސް އަކީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހަދީޖާ ސަނާ އާއި ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. އެހެންވެ އެއީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް އިން ކާމިޔާބު ކުރި ބިޑް ބާތިލްކޮށް، އަލުން ބިޑް ކުރުމަކާ ނުލައި ފަސް ގުނަ ބޮޑު އަގެއްގައި ދީފައި އޮތް މައްސަލަ އޮއްބާލަން އެމް ސެވަން އިން ކުރި ކަމެއް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމްގެ ބަޔާނުގައި ސިފަކޮށްފައިވާ ގޮތުގައި އެމް ސެވަންއިން ފުލުހުންގެ އިދާރާއަށް މައްސަލަ ހުށައަޅާފައިވަނީ ޕީޕީއެމްގެ އަގު ވައްޓާލުމުގެ ގޮތުން ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް އެމް ސެވަން އިން ހުށައަޅާފައިވާ މައްސަލަ ސާބިތު ނުވެއްޖެނަމަ އަބުރުގެ ދައުވާކުރާނެކަމުގެ އިންޒާރުވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ދީފައެވެ.

އެމް ސެވަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އެތަނުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރި ކަމަށާއި އެކަން ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައި، ހަގީގަތާ ޚިލާފަށް ހެކިބަސް ދިނުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ބައެއް މުވައްޒަފުން އެ މައުލޫމާތުތައް ކުންފުނީގެ އިސްވެރިންނަށް އެންގުމުން ބިރު ދައްކާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި އަބްދުﷲ ޔާމީންގެ ފަރާތުން އިންތިހާބައި ގުޅިގެން އޮންނަ އުސޫލުތަކުގެ ބޭރުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެ، އަންނަ އާދިއްތަ ދުވަހު މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

އިންތިހަބުތަކާއިބެހޭ ޤާނޫނު ބުނާގޮތުން އިންތިހާބާއި ގުޅުންހުރި ޝަކުވާތައް ހުށައަޅަންޖެހޭނީ ފުރަތަމަ ހައި ކޯޓަށެވެ. އަދި އެއަށްފަހު ސުޕްރީމް ކޯޓަށެވެ. ނަމަވެސް ހައިކޯޓަށް ހުށައެޅުމެއް ނެތި އަބްދުﷲ ޔާމީން މައްސަލަ ސީދާ ހުށައަޅުއްވާފައިވަނީ ސުޕްރީމް ކޯޓަށެވެ. އަބްދުﷲ ޔާމީންގެ ފަރާތުން ހުށައެޅި އެ މައްސަލާގައި އެދިފައިވަނީ އިންތިހާބު ބާތިލްކޮށްދިނުމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި، އެމް ސެވަންގެ މައްޗަށް އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް