Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން ކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 29 ޖެނުއަރީ 2017 | އާދީއްތަ 12:16
މުސްތޮފާ ވިދާޅުވަނީ މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ ކަމަށް:_ފޮޓޯ މަޖްލިސް

މުސްތޮފާ ވިދާޅުވަނީ މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ ކަމަށް:_ފޮޓޯ މަޖްލިސް

ރާއްޖޭގައި ގާނޫނުތަކާ ޚިލާފަށް ހިނގަމުންދާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލަކަށް ނުކެނޑޭނެ ކަމަށާއި ހުރިހާ ގޯހެއް ހަދަނީ ދިވެހިރައްޔިތުން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތޮފާ ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީގައި ވާހަކަ ދައްކަވަމުން މުސްތޮފާ ވިދާޅުވީ ހުރިހާ ގޯހެއް ހަދާ ބަޔަކީ ރައްޔިތުން ކަމަށެވެ. ހުރިހާ ގޯހެއް ރައްޔިތުން ހެނދުމަށް ފަހު އެކަމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ "ބޮލަކަށް ނުކެނޑޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތޮފާ ވިދާޅުވީ "ހުރިހާ އެއްޗެއް ކިޔައި ހަޅޭއް ވެސް ލަވާފައި ޖެހިގެން އަންނަ ވޯޓެއްލާންގޮސް އެކަންކުރާނީ ދިމާ އިދިކޮޅަށް" ކަމަށެވެ. އެހިސާބުން ބަހާ އަމަލާ ވެސް ދިމާނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާ ވޯޓުލާ ކަމަށްވަންޏާ މިރޭ ވެސް އޭނާ (ރައްޔިތުން) ހަޅޭއްލަވާނީ އެމީހަކު ރުޅިއަންނަ މީހަކާ ދިމާލަށް. މިސާލަކަށް ބުނެފާނެ ރައީސް ޔާމިނަކީ ވަރަށް ނުބައި މީހެކޭ. ދުވަހަކު ވެސް ވޯޓެއް ނުދޭނަމޭ. އެކަމަކު ޖެހިގެން އަންނަ ދުވަހު ހެނދުނު ވޯޓްލާން ގޮއްސަ ހިނދުކޮޅަކަށް އޭނާގެ ވޯޓް ބަދަލުވީ. އަޅުގަނޑުމެނަށް މިހުރިހާ ކުޅިއެއް ފެނިފައޭ މިތިބީ" މުސްތަފާ ވިދާޅުވިއެވެ.

މުސްތޮފާ ވިދާޅުވީ ރާއްޖެ ހަލާކުވަނީ ރައްޔިތުންގެ ފިކުރު ބަދަލުވާތީ ނޫން ކަމަށާއި ރާއްޖެ ހަލާކުވަނީ ރައްޔިތުންގެ ނަފްސު ވިއްކާލެވޭތީ ކަމަށެވެ.

ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ނަފްސު ވިއްކާލާ، ފައިސާގެ އަވާގައި ޖެހޭ ވާހަކައަކީ "ހުސް ވާހަކަ"އެއް ކަމަށާއި ރައްޔިތުންގެ ތެރެއިން ވެސް ނަފްސު ވިއްކާލަނީ ހުރިހާ އެންމެން ނޫން ކަމަށް މުސްތޮފާ ވިދާޅުވިއެވެ.

މުސްތޮފާ ވިދާޅުވި ގޮތުގައި ރާއްޖޭ މިވަރުގެ އަނދަވަޅަކަށް ވެއްޓިންގެ އެވާހަކަތައް ދައްކަންޖެހުނީ ރައްޔިތުންގެ ސަބަބުންނެވެ. ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ނޫން ނަމަ ރައްޔިތުންގެ ވޯޓަކުން އަންނަ މެންބަރަކު ގޯހުން ކަމެއް ކުރާ ނަމަ ރައްޔިތުން ނުތެދުވެ ތިބެންވި ސަބަބަކާ މެދު މުސްތަފާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަކީ ރައްޔިތުން ބުނަމުންދާ ގޮތަށް ކޮރަޕްޝަނުގެ އަމަލުތައް ހިންގައި ޕްރިންޓަރަކުން ފައިސާ ޖަހާހެން ކަންކަންކުރުމުގެ ފުރުސަތު އޮތް ބައެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް މުސްތޮފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖްލީހަކީ އަޣްލަބިއްޔަތުން ކަންކަން ނިންމާތަނެކެވެ. އަދި ދިމާވެގެން އުޅޭ މައްސަލައަކީ ބާރާއި ފައިސާގެ ދަޅަދައްކައިގެން ދައުލަތުގެ މުއައްސަސާތަކުގެ އަގުވައްޓާލުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ މުގުލަކީ ސަރުކާރު ކަމަށް މުސްތަފާ ވިދާޅުވިއެވެ. ކޮރަޕްޝަން ޕްރޮމޯޓްކޮށް އެކަން ފަތުރަނީ ވެސް ސަރުކާރުން ކަމަށް މުސްތަފާ ވިދާޅުވިއެވެ. ރައްޔިތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ފަހު އެހެން މީހުނާއި ދިމާލަށް އިނގިލި ދިއްކުރުމަށް ވެސް މުސްތަފާވަނީ ވިދާޅުވެފައެވެ.

"ކޮރަޕްޝަން އާންމުވެފައި މިއޮތީ، ރޯމާ ދުވާލުގެ އަލީގައި ކޯޓު ލައިގެންގޮސް ކުރަނީ ވައްކަން. އެކަމަކު ރައްޔިތުން މިތިބެނީ ހީލަ ހީލާ. އޭނާ ކަނީ މީނަ ކަނީ ކިޔާލަ ކިޔާލައި. ކީއްވެތޯ ރައްޔިތުން ނުނިކުންނަންވީ. ރައްޔިތުން ހޮވާފައި އޮތް ސަރުކާރެއް މީ. އަޅުގަނޑުމެންގެ ކުރިމަތީގައޭ، ޖީއެމްއާރޭ ކާއްޓޭ ނާއްޓޭ ކިޔާފައި އޭރުގައި އޮތް ސަރުކާރު ވައްޓާލީ،" މުސްތަފާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު