Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަނުގެ ހަނގުރާމަ

ޔަމަނުގެ ހޫޘީންގެ ދެ ލީޑަރަކާއެކު އެ ޖަމާއަތުގެ 20 ހަނގުރާމަވެރިން މަރާލައިފި

މަރުވި އެއް ލީޑަރަކީ ހޫޘީންގެ އެންމެ އިސް އެކަކު

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2018 | ބުދަ 14:43
ހޫޘީންގެ ދެ ލީޑަރުން މަރާލީ ކުއްލިއަކަށް ދިން ހަމަލާ ތަކެއްގައި

ހޫޘީންގެ ދެ ލީޑަރުން މަރާލީ ކުއްލިއަކަށް ދިން ހަމަލާ ތަކެއްގައި

ޔަމަނުގެ ހޫޘީންގެ ދެ ލީޑަރަކާ އެކު އެ ޖަމާއަތުގެ 20 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޔަމަނުގެ ސިފައިން ބުނެފިއެވެ.

ޔަމަނުގެ ސިފައިން ބުނީ ހޫޘީންގެ ދެ ލީޑަރުން މަރާލީ އެ ގައުމުގެ އެންމެ ބޮޑު ސިޓީ، ސާދާގެ ދެކުނުގައި އޮންނަ ބާގިމް ޑިސްޓްރިކްޓްގައި ކަމަށެވެ. އެ ވާހަކަ އެ ސަރަހައްދުގެ ނޫސް އިދާރާތަކުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެ މީހުން ބުނާގޮތުން މަރުވެފައިވާ ހޫޘީންގެ ދެ ލީޑަރުންނަކީ ކޮމާންޑަރ އަބްދުﷲ ޔޫސުފް ހުސެއިން ތައުރާއި އަބޫ އަލީ އަލް ނަވާރިއެވެ.

ނޫސް ރިޕޯޓްތައް ބުނާގޮތުން ކޮމާންޑަރ އަބްދުﷲ އަކީ ހޫޘީންގެ އެންމެ އިސް އެކަކު އަދި ސާނާގައި ކުރިއަށްދާ ހަނގުރާމަތަކުގައި އެންމެ އިސް ސަފުގައި އުޅޭ މީހެކެވެ. އޭނާ މަރާލީ ބާގިމް ޑިސްޓްރިކްޓްގެ ދެކުނު ހުޅަނގުގައި ހުންނަ އުދައިދާ ފަރުބަދައިގެ ފަހަތުގައި އުޅެނިކޮށް ކަމަށް އެ ނޫސް ރިޕޯޓްތައް ބުނެއެވެ

ދެވަނައަށް މަރުވި ކޮމާންޑަރ ނަވާރީ އަކީ 'ކޮމާންޑަރެއް'ގެ މަގާމަށް އަލަށް އިސް ކުރެވުނު މީހެއްކަމަށާއި އޭނާއަށް އެ މާގާމުގައި ހޭދަ ކުރެވުނީ އެންމެ 10 ދުވަހު ކަމަށް ވެސް އެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އުދައިދާ ފަރުބަދައިގެ ބިއްދޮށުގައިވާ ހޫޘީންގެ މަންޒިލްތަކަށް ހޯމަ ދުވަހު ޔަމަނުގެ ސިފައިން ހަމަލާދީފައި ވަނީ ކުއްލިއަކަށެވެ. އެ ހަމަލާގައި އެ ހަނގުރާމަވެރިންގެ އަތުގައިވާ ގިނަ ބަރުހަތިޔާރުތައް ވަނީ ހަލާކުކޮށް ނެތިކޮށްލާފައެވެ.

ޔަމަނުގައި 2014 އިން ފެށިގެން ދާހިލީ ހަނގުރާމަ ހިނގަމުންދާއިރު، އެ ހަނގުރާމަ ފެށެން ދިމާވީ ހޫޘީންގެ ޝީއީ ހަނގުރާމަވެރިން ވެރިރަށް ސަންޢާ އަށް އަރައި، ބައިނަލްއަގްވާމީ މުޖުތަމައު އިން ބަލައިގެންފައިވާ ރައީސް އަބްދުއް-ރައްބޫ މަންސޫރު ހާދީގެ ސަރުކާރު ވެރިކަމުން ވައްޓާލުމާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު