Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުހައްމަދު ނަޝީދު

އިނގިރޭސިވިލާތުގެ އިސް ބައެއް ބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 އޮކްޓޯބަރު 2018 | ބުރާސްފަތި 14:06

ރައީސް ނަޝީދު މިވަގުތު ހުންނެވީ އާއިލާއާއި އެކު އިނގިރޭސިވިލާތުގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 14:06
ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާއިއެކު

ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާއިއެކު

ގިނަ ދުވަސްތަކަކަށްފަހު ނޮވެމްބަރު ފުރަތަމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން އެޤައުމުގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

އިދިކޮޅު ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ތިބެ އިންތިޚާބުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރުމަށް މަގުފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުން، އަދި ވަކިން ޚާއްސަކޮށް އިނގިރޭސިވިލާތުގެ ވެރިކަންކުރަމުން އަންނަ ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން އިސް ރޯލެއް ވަނީ އަދާކޮށްފައެވެ. ރައީސް ނަޝީދު ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު އަލުން އަނބުރާ ލަންޑަނަށް ވަޑައިގެންފައިވާއިރު، ކޮންޒަވޭޓިވް ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އާއި އެމަނިކުފާނު ބައްދަލުރައްވާފައިވާއިރު، އެމަނިކުފާނަށް ސިޔާސީ ޙިމާޔަތް ހޯއްދަވައިދެއްވުމުގައި ކެމަރަން އަދާކުރެއްވި ދައުރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކެމަރަން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި އަދި ކޮރަޕްޝަނާއި ދެކޮޅަށް އިނގިރޭސިވިލާތް އަބަދުވެސް އޮންނާނެކަމަށެވެ.

މީގެ އިތުރުން އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ކޮންޒަވޭޓިވް ޕާޓީގެ އިސް މެމްބަރެއްކަމަށްވާ ޒެކް ގޯލްޑްސްމިތު އާއިވެސް ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. ގޯލްޑްސްމިތު ރައީސް ނަޝީދު ސިފަކުރައްވާފައިވަނީ ހިތްވަރުގަދަ ލީޑަރެއް، އަދި ސިޔާސީ އަދި ތިމާވެށީގެ ހީރޯއެއްގެ ގޮތުގައެވެ.

ކޮންޒަވޭޓިވް ޕާޓީގެ އިސް ބައެއް ފަރާތްތަކާއި ރައީސް ނަޝީދު ބައްދަލުކުރެއްވިއިރު، އިނގިރޭސި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ރާއްޖެ ވަޑައިގެން، އިންތިޚާބީ ރައީސްއާއި، ސިޔާސީ ޕާޓީތަކާއި ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކޮށް، އެމަނިކުފާނު ޖަލަށް ލުމާއި ގުޅިގެން ދުވަސްތަކެއް ޖަލުގައި ހޭދަކުރެއްވުމަށްފަހު، 2015 ވަނަ އަހަރު ބޭސް ފަރުވާއަށް ވަޑައިގަތްފަހުން ރައީސް ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ޙިމާޔަތުގައެވެ. އަދި އޭގެ ފަހުން ލަންޑަނުގައި ހުންނަވައިގެން އިދިކޮޅު ސިޔާސީ ޙަރަކާތް ވަރުގަދަކުރެއްވިއެވެ. މި މަސައްކަތްޕުޅުގައި ވަރަށް ގިނަ ފަހަރަކު އީޔޫގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ބްރަސަލްސް އަށް އަދި އެހެނިހެން ސިޔާސީ ކަންކަމުގައި ކޮޅުނބަށް ރައީސް ނަޝީދު ވަޑައިގަތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް