Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝާހީ ކައިވެނި

މިއަހަރު ކުރާ އިނގިރޭސީ ޝާހީ އާއިލާގެ ދެ ވަނަ ކައިވެނި އަންނަ ހުކުރު ދުވަހު

ޖެކްއާއި ދިމާވީ އުމުރުފުޅުން 20 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 7 އޮކްޓޯބަރު 2018 | އާދީއްތަ 16:01
ޕްރިންސަސް ޔޫޖުނީ އަދި  ޖެކް ބްރޫކްސްބޭންކް

ޕްރިންސަސް ޔޫޖުނީ އަދި ޖެކް ބްރޫކްސްބޭންކް

މިއަހަރުގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާއިން ކޮށްފައިވާ ފުރަތަމަ ކައިވެންޏަކީ މެއި މަހުގެ 19 ވަނަ ދުވަހު ޕްރިންސް ހެރީއާއި މޭގަން މާކަލް ކުރި ކައިވެންޏެވެ.

އެ ދެ މަފިރިންގެ ކައިވެންޏަށް ހަ މަސް ނުވަނީސް ޝާހީ އާއިލާއިން ވަނީ ދެ ވަނަ ކައިވެންޏަކަށް ތައްޔާރުވާން ފަށައިފައެވެ. މިމަހުގެ 12 ވާ ހުކުރު ދުވަހު ބާއްވާ އެ ކައިވެންޏަކީ އިނގިރޭސި ރާނީގެ މާމަ ދަރިކަނބަލެއް ކަމަށްވާ ޕްރިންސަސް ޔޫޖުނީ 28، އާއި އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ ޖެކް ބްރޫކްސްބޭންކް 32،ގެ ކައިވެންޏެވެ.

ޕްރިންސަސް ޔޫޖުނީ އާއި ޖެކް ކައިވެނި ހަފްލާ އޮންނާނީ ޕްރިންސް ހެރީއާއި މޭގަން ކައިވެނީގެ ހަފްލާ އޮތް ލަންޑަނުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ޕްރިންސަސް ޔޫޖުނީ ތުރުކުރައްވާނެ ހެދުމަކާއި ބެހޭ ގޮތުން މާބޮޑު ތަފްސީލެއް ހާމަވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެކަމަނާ ތުރުކުރައްވާ ހެދުން ޑިޒައިން ކުރާނީ އިނގިރޭސިވިލާތުގެ ޑިޒައިނަރެއްކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޭގެ އަގު ގާތްގަނޑަކަށް 230،000 ޕައުންޑަށް އަރާނެކަމަށް ވެއެވެ. އިނގިރޭސި ޝާހީ އާއިލާގެ ވެރިކަން ވާރުތަވަމުން އަންނަ ތާވަލަށް ބަލާއިރު ޕްރިންސަސް ޔޫޖުނީ އޮތީ ލިސްޓުގެ 9 ވަނާގައެވެ.

ޕްރިންސަސް ޔޫޖުނީގެ އެންގޭޖްމަންޓް އިއުލާން ކުރެއްވުމަށްފަހު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އެކަމަނާ ވިދާޅުވީ ޖެކްއާއި ދިމާވީ އުމުރުފުޅުން 20 ގައި ކަމަށެވެ. އަދި ޖެކް އެއީ "ފުރަތަމަ ނަޒަރުން ލޯބިވި" މީހެއްކަމަށެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ

20 މެއި 2017
ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
22 އެޕްރީލު 2017

ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

22 އެޕްރީލު 2017
ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު
17 އެޕްރީލު 2017

ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟

17 އެޕްރީލު 2017
ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟
15 އެޕްރީލު 2017

މީރާއާއި ފާލިހު ކައިވެނިކޮށްފި

15 އެޕްރީލު 2017
މީރާއާއި ފާލިހު ކައިވެނިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު