Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަންޖޭ

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

ސަންޖޭ ކައިވެނި ކޮށްފައިވަނީ އޭނާ ފަސް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު މޮޑެލް ޕްރިޔާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 15 އެޕްރީލު 2017 | ހޮނިހިރު 13:10
ސަންޖޭ އާއި ޕްރިޔާ ކައިވެނިކޮށްފައިވަނީ ބުރާސްފަތިދުވަހުގައި. ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ސަންޖޭ އާއި ޕްރިޔާ ކައިވެނިކޮށްފައިވަނީ ބުރާސްފަތިދުވަހުގައި. ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު އިތުރު ކައިވެއްޏެއް ކޮށްފިއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ސަންޖޭ ކައިވެނި ކޮށްފައިވަނީ އޭނާ ފަސް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު މޮޑެލް ޕްރިޔާ އާއެވެ.

އެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށްވެއެވެ. އަދި ދައުވަތު ދީފައިވަނީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނަށާއި ވަރަށް ގާތް ރައްޓެހިންތަކަށެވެ.

ސަންޖޭއާއި ކަރިޝްމާ ވަރިވެފައިވަނީ، ސަންޖޭ ބޭވަފާތެރިވިކަމަށް ބުނެ އިންޑިއާގެ ކޯޓުގައި ކަރިޝްމާ ހުށައަޅާފައިވާ މައްސަލައަށް އެތަކެއް ދުވަހެއް ވެފައިވަނިކޮށެވެ.

އޭރު ސަންޖޭ ރައްޓެހިވެގެން އުޅުނުކަމަށް އަޑުތައް ފެތުރިފައިވަނީ ސަންޖޭ ކައިވެނިކުރި ޕްރިޔާއާއެވެ. ކަރިޝްމާ އާއި ސަންޖޭ ކައިވެނިކޮށްފައިވަނީ 29 ސެޕްޓެމްބަރު 2003ގަ އެވެ. ކައިވެނީގެ ކުރީކޮޅުން ފެށިގެން ހިލޭ އަންހެނުންނާއި ސަންޖޭ އާއި ގުޅުން އޮންނަ ކަމަށް ބުނެ މިދެމީހުން ދެމެދުގައި މައްސަލަތައް ޖެހިފައިވެއެވެ.

މިއީ ސަންޖޭގެ ތިން ވަނަ ކައިވެންޏެވެ. އަދި ޕްރިޔާގެ ދެވަނަ ކައިވެންޏެވެ. ސަންޖޭ އާއި ކަރިޝްމާ ކައިވެނި ކުރީ އަލަށެވެ. ކަރިޝްމާއާއި ސަންޖޭއަށް ވަނީ ދެ ކުދިން ލިބިފައެވެ. ކަރިޝްމާ އާއި ސަންޖޭ ވަރިވުމާއި ބެހޭގޮތުން އެއްބަސްވުމަކަށް އައިސްފައިވަނީ މިދެމީހުންގެ ދެދަރިން ކަރިޝްމާ ކައިރީގައި ތިބުމަށާއި ސަންޖޭ އަށް ދަރިންނާއި ބައްދަލުކުރެވޭ ގޮތަށެވެ.

އަދި ޕްރިޔާއަށް ވަނީ އޭނާ ކުރިން ހޮޓެލް ހިންގާ ވިކްރަމް ޗަތުވަލް އާއިއެކު ކުރި ކައިވެންޏަށް ކުއްޖަކު ލިބިފައެވެ. ސަންޖޭ ފުރަތަމަ ކުރި ކައިވެންޏަކީ ފެޝަން ޑިޒައިނަރ ނަންދިތާ މަހްތާނީ އާ ކުރި ކައިވެންޏެވެ.އެ ކައިވެނި ރޫޅުނީ 2003 ވަނަ އަހަރު އެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
09 ޖޫން 2017

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި

09 ޖޫން 2017
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި
19 އެޕްރީލު 2017

ސަންޖޭ ހައްޔަރުކުރުމުގެ އަމުރު ބާތިލް ކޮށްފި

19 އެޕްރީލު 2017
ސަންޖޭ ހައްޔަރުކުރުމުގެ އަމުރު ބާތިލް ކޮށްފި
15 އެޕްރީލު 2017

މީރާއާއި ފާލިހު ކައިވެނިކޮށްފި

15 އެޕްރީލު 2017
މީރާއާއި ފާލިހު ކައިވެނިކޮށްފި
27 މާރިޗު 2017

"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ

27 މާރިޗު 2017
"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު