Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިޔަންކާ

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

މިއަންނަ ޖޫންމަހުގެތެރޭގައި އޭނާ ނިންމާނެ ގޮތް އަންގާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 އެޕްރީލު 2017 | ހުކުރު 12:29
ޕްރިޔަންކާ ޗޯޕްޅާ

ޕްރިޔަންކާ ޗޯޕްޅާ

ހޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވަނީ އޭނާ ޝޫޓްކުރަމުން އައި އެމެރިކަން ޓީވީ ޝޯ، "ކުއަންޓިކޯ" ގެ ޝޫޓިންއިން 10 ދުވަހުގެ ބްރޭކެއްގައި އިންޑިއާއަށް ގޮސްފައެވެ.

ބުދަ ދުވަހުގައި އިންޑިއާގެ މުމްބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިޔަންކާ ބުނެފައި ވަނީ އޭނާ މިއަރު ތެރޭގައި ބޮލީވުޑްގެ ތިން ފިލްމެއް ކުޅުމަށް ވިސްނާ ކަމަށާއި އެހެން ނަމަވެސް ޔަގީންކަން ދެވޭނީ އޭނާ މިހާރު ކުޅެމުންދާ އެމެރިކަން ސީރީޒް"ކުއެންޓިކޯ" ގެ ޝެޑިއުލް އޮތްގޮތަކުން ކަމަށެވެ. އަދި މިއަންނަ ޖޫންމަހުގެތެރޭގައި އޭނާ ނިންމާނެ ގޮތް އަންގާނެ ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ.

ޕްރިޔަންކާ މިފަހަރު 10 ދުވަހަށް އިންޑިއާއަށް ގޮސްފައިވަނީ އޭނާ ބޮލީވުޑްގައި ކުޅޭނޭ ފިލްމުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އަހަރު ޕްރިޔަންކާ އެއްވެސް ބޮލީވުޑް ފިލްމެއް ނުކުޅުނު ނަމަވެސް އޭނާ މިދިޔަ އަހަރު ކުޅުނު "ޖެއި ގަންގާޖަލް" ވަނީ މި އަހަރުގެ ކުރީކޮޅު ނިކުމެފަ އެވެ.

މި އަހަރު މިހާތަނަށް ޕްރިޔަންކާ ބޮލީވުޑް އެއްވެސް ފިލްމެއްގެ މަސައްކަތް ކޮށްފައި ނުވާއިރު އޭނާ ފެނިފައި ވަނީ ހޮލީވުޑުންނެވެ. އޭނާ މިއަހަރު ކޮށްފައިވާ މަސައްކަތަކީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" އާއި "ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ ޝޫޓިން އެވެ. "ބޭވޮޗް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ. ޕްރިޔަންކާ ވަނީ "ބޭވޮޗް" އިންޑިއާގައި ވެސް ޕްރޮމޯޓްކުރުމަށް ވެސް ަމސައްކަތް ކުރަމުންނެވެ. މުމްބާއި އަށް ދިއުމަށް ފަހު ޕްރިޔަންކާ ވަނީ އޭނާ ޕްރޮޑިއުސްކުރި މަރާޓީ ފިލްމު "ވެންޓިލޭޓާ"އަށް ނެޝަނަލް އެވޯޑު ލިބުން ފާހަގަކުރުމުގެ ގޮތުން ޕާޓީއެއް ބާއްވާފަ އެވެ.

ފޯބްސް މަޖައްލާއިން ހޮވި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓީވީ ތަރިންގެ ތެރޭގައި ވެސް ޕްރިޔަންކާ ވަނީ ހިމެނިފަ އެވެ. އަދި މީގެ އިތުރުން ސްޓާޑަސްޓް އެވޯޑްސް 2016 ގައި ޕްރިޔަންކާ އަށް ވަނީ ގްލޯބަލް އައިކަން ޓްރޮފީ ލިބިގެން ގޮސްފަ އެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

މިއަހަރު "އައިފާ" ގިނަ އެވޯޑްތައް ލިބިފައި ވަނީ "އުޅްތާ ޕަންޖާބް" އަށް

17 ޖުލައި 2017
މިއަހަރު "އައިފާ" ގިނަ އެވޯޑްތައް ލިބިފައި ވަނީ "އުޅްތާ ޕަންޖާބް" އަށް
11 ޖުލައި 2017

އަމީތާބަށް 78 އަހަރު ފުރެންދެން ފިލްމު ކުޅޭނެ

11 ޖުލައި 2017
އަމީތާބަށް 78 އަހަރު ފުރެންދެން ފިލްމު ކުޅޭނެ
10 ޖުލައި 2017

ކުޅުނު ފިލްމުތަކާ އަޅާ ބަލާއިރު "ޖައްގާ ޖާސޫސް" އަކީ އެންމެ މަޖާކުރުވުނު ފިލްމު: ކެޓްރީނާ

10 ޖުލައި 2017
ކުޅުނު ފިލްމުތަކާ އަޅާ ބަލާއިރު "ޖައްގާ ޖާސޫސް" އަކީ އެންމެ މަޖާކުރުވުނު ފިލްމު: ކެޓްރީނާ
03 ޖުލައި 2017

އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި

03 ޖުލައި 2017
އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި
29 ޖޫން 2017

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ރޯމާ ދުވާލު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވައިފި

29 ޖޫން 2017
އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ރޯމާ ދުވާލު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު