Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަރިޝްމާ ކަޕޫރު

ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

ކަރިޝަމާއަކީ އުފާވެރި މަންމައެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 އެޕްރީލު 2017 | ހޮނިހިރު 13:43
ކަރިޝްމާ ކަޕޫރު

ކަރިޝްމާ ކަޕޫރު

ކަރިޝްމާ ދެން ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް އޭނާގެ ބައްޕަ ރަންދިރު ކަޕޫރު ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޑީއެންއޭއަށް ރަންދީރު ކަޕޫރު ދިން އިންޓަވިއުއެއްގައި ބުނީ ކަރިޝްމާ މިހާރު ހުރި ގޮތާ މެދު ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާ ކައިވެނީގެ ވާޙަކަ ދައްކާފައިނުވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ ހެޔޮދުއާ އަބަދުވެސް ކަރިޝްމާއާ އެކީގައި ވާނެ ކަމަށެވެ.

ރަންދީރު ކަޕޫރް މިހެން ބުނެފައި ވަނީ ކަރިޝްމާ އަނެއްކާ ވެސް ކައިވެނިކުރަން އުޅޭ ކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައެވެ.

ނަމަވެސް ރަންދީރް ކަޕޫރު ބުނީ ކަރިޝްމާ ކައިވެނި ކުރަން އުޅޭހެން ހީނުވާ ކަމަށެވެ. ރަންދީޕް ބުނީ އޭނާގެ ދަރިއަކީ ވަރަށް ރަނގަޅު މަންމައެއް ކަމަށާއި ކައިވެނި ކުރުމާ ދިމާލަށް ކަރިޝްމާގެ މިސްރާބު އަދި ނެތް ކަމަށެވެ.

ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު ވަނީ އޭނާ އެތަކެއް އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ޕްރިޔާއާ މިމަހުގެ ތެރޭގައި ކައިވެނިކޮށްފައެވެ. ސަންޖޭ ކައިވެނި ކުރިތާ ހަފްތާއެއް ނުވަނީސް ކަރިޝްމާ ވެސް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި ކަރިޝްމާ ކައިވެނި ކުރަން އުޅެނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވިޔަފާރި ވެރިއެއް ކަމަށްވާ ސަންދީޕް ތޮޝްނިވާލްއާއެވެ. ދާދިފަހުން ސަންދީޕްގެ އަންހެނުން އަޝްރިތާއާ ދެމެދު މައްސަލަތައް ޖެހި ދެމީހުން ވަރިވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަރިޝްމާ ކަޕޫރަކީ 90 އިގެ އަހަރުތަކުގައި ވިދާލި ތަރިއެކެވެ. ކަރިޝްމާ އާއި ސަންދީޕްގެ ކައިވެނީގެ އަޑުތައް ފެތުރިފައިވީ ނަމަވެސް އެދެމީހުން ކުރެ އެއްވެސް މީހަކު އެކަމާ މެދު މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކަރިޝްމާގެ އާއިލަޢިން ބާއްވާ ހަފްލާތަކުގައި ސަންދީޕް ވަރަށް ގިނައިން ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަންޖޭއާ ކައިވެނި ކުރުމުގެ ކުރިން ކަރިޝްމާ ވަނީ އަބީޝެކް ބައްޗަންއާ އެކު އެންގޭޖް ވެސް ވެފައެވެ. އެހެން ނަމަވެސް އެންގޭޖްމެންޓް ރޫޅުނީ އަބީޝެކްގެ އާއިލާ ނުރުހުމުންނެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
13 އެޕްރީލު 2017

ނެޝަނަލް އެވޯޑް ނުލިބުމުން ދެރައެއް ނުވޭ: އާލިއާ

13 އެޕްރީލު 2017
ނެޝަނަލް އެވޯޑް ނުލިބުމުން ދެރައެއް ނުވޭ: އާލިއާ
05 އެޕްރީލު 2017

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި
05 އެޕްރީލު 2017

މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި

05 އެޕްރީލު 2017
މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި
24 މާރިޗު 2017

ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

24 މާރިޗު 2017
ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް
22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
18 ފެބުރުއަރީ 2017

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި
30 ޖެނުއަރީ 2017

އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ

30 ޖެނުއަރީ 2017
އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ
16 ޖެނުއަރީ 2017

ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ

16 ޖެނުއަރީ 2017
ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ
11 ޖެނުއަރީ 2017

"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު

11 ޖެނުއަރީ 2017
"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު