Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

ކެމެރާގެ ފުރަގަހުގައި ކަންކަން ހިނގަމުންދާ ގޮތް ބެލުމުގެ ތަޖުރިބާ ލިބުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 24 މާރިޗު 2017 | ހުކުރު 11:16
ސޮނާކްޝީ ސިންހާ

ސޮނާކްޝީ ސިންހާ

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ ނޫސްވެރިއަކަށް ވީނަމަ ސުޕަރ ސްޓާ ސަލްމާން ޚާން ކައިރީ އަހަން ބޭނުންވާ ސުވާލަކީ އޭނާ ކައިވެނިކުރާނީ ކޮން ދުވަހަކުންތޯ ކަމަށް ސޮނާކްޝީ ބުނެފިއެވެ.

ސޮނާކްޝީގެ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނެ ފިލްމް "ނޫރު" ގައި އޭނާ އަދާ ކުރަނީ ނޫސްވެރިއެއްގެ ރޯލެވެ.

މި ފިލްމާ ގުޅޭ ގޮތުން އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޮނާކްޝީ ބުނެފައިވަނީ އޭނާ ޖަރނަލިސްޓަކަށް ވީނަމަ ސަލްމާން ކައިރި އަހާނީ އެހެން ޖަރނަލިސްޓުން ވެސް ސަލްމާން ކައިރި އަހާ އެންމެ އާންމު ސުވާލު ކަމަށްވާ އޭނާ ކައިވެނި ކުރާނީ ކޮންދުވަހަކުންތޯ ކަމަށެވެ. އަދި އޭނާގެ ބައްޕަ ޝަތުރުގަން ސިންގްއާ ސުވާލެއް ކުރާ ނަމަ ކުރާނީ "ހާމޯޝް" ނުބުނާނެ ވަރުގެ ސުވާލެއް ކަމަށެވެ.

މީގެ އިތުރުން ސޮނާކްޝީ ބުނީ އޭނާއަކީ ނޫސްވެރިޔަކަށް ވީނަމަ އޮފް ސްކްރީންގައި އާޓިސްޓުން ކުރާ މަސައްކަތްތަކަމާ ބެހޭ ގޮތުން ސުވާލު ކުރާނެ ކަމަށެވެ.

ސޮނާކްޝީ ބުނީ ފިލްމު ފިލްމަކަށް ހެދުމަށް ކުރާ މަސައްކަތް އެއްވެސް ވަރަކަށް ނޭނގޭ ކަމަށާއި އެކަންކަން އަންގައިދިނުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

ސުނިލް ސިއްޕީ ޑައިރެކްޓް ކުރާ މި ފިލްމަކީ ޕާކިސްތާންގެ ލިޔުންތެރިޔެއް ކަމަށްވާ ސަބާ އިމްތިޔާޒް ލިޔެފައިވާ ވާހަކަ "ކަރާޗީ: ޔޯ ކިލިންގް މީ" އަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

ސޮނާކްޝީ ބުނެފައިވަނީ ނޫސްވެރިއެއްގެ ރޯލު ކުޅެން ލިބުމުން އެކަމާ ވަރަށް އުފާވާ ކަމަށާއި ކެމެރާގެ ފުރަގަހުގައި ކަންކަން ހިނގަމުންދާ ގޮތް ބެލުމުގެ ތަޖުރިބާ މިފިލްމުން ލިބިގެން ދިޔަ ކަމަށެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު