Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިންގ ކޮމިޝަން

ބައިނަލްއަގްވާމީ ޕްރެސް ފްރީޑަމް އިންޑެކްސް، އެއީ ބަލައިގަންނަ ރިޕޯޓެއް ނޫން: ބްރޯޑްކޮމް

5 އޮކްޓޯބަރު 2018 | ހުކުރު 12:07

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ މިވަނީ ހިމެނިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 އޮކްޓޯބަރު 2018 | ހުކުރު 12:07
ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކާސްޓިންގ ކޮމިޝަން | ޓްވިޓަރ

ބައިނަލްއަގްވާމީ "ޕްރެސް ފްރީޑަމް އިންޑެކްސް" އަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ގަބޫލު ކުރާ އެއްޗެއް ނޫން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ބްރޯޑްކޮމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް އެ ކޮމިޝަނުން ބަލައިނުގަންނަނީ، އެ ކޮމިޝަނުގެ ފަރާތުން އެއްވެސް މައުލޫމާތެއް އޮޅުންފިލުވުމެއް ނެތި އެ ރިޕޯޓް ޝާއިއުކުރަމުންދާތީ ކަމަށެވެ.

Advertisement - newsAdvertisement
"ޕްރެސް ފްރީޑަމް އިންޑެކްސްއޭ ކިޔާފަ ކޮންމެ އަހަރަކު ޝާއިއުކުރޭ ރިޕޯޓެއް. އެހެން ނަމަވެސް އެ ރިޕޯޓަކީ އަޅުގަނޑުމެން ބްރޯޑްކާސްޓިންގ ކޮމިޝަނުން ގަބޫލުކުރާ އަދި ބަލައިގަންނަ ރިޕޯޓެއް ނޫން. މިހެން މިދަންނަވާ ސަބަބަކީ ރާއްޖޭގެ މީޑިއާ ދާއިރާގެ އެންމެ ބޮޑު އެއް މުއައްސަސާ އަކީ ބްރޯޑްކާސްޓިންގ ކޮމިޝަން. އަޅުގަނޑުމެންގެ ދަށުގައި އެންމެ ގިނަ މީޑިއާ ޗެނަލްތައް ރެޖިސްޓްރީކޮށްފައި މި އޮތީ ވެސް. އެހެން ނަމަވެސް ތި ވިދާޅުވާ ރިޕޯޓެއް ކޮންމެ އަހަރަކު ޝާއިއުކުރަމުން އަންނައިރު، ދުވަހަކު ވެސް އަޅުގަނޑުމެންނަށް ގުޅާ މައުލޫމާތު ސާފުކޮށްލާފައެއް ނެތް،" ޝަހީބު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖެއިން ދުވަހެއް ދުވަހަކަށް ދަށަށް ގޮސް މިހާރު މިވަނީ ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓްގައި ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ މިދިޔަ އަހަރު ހިމެނިފައެވެ.

އެމެރިކާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ފްރީޑަމް ހައުސް އިން ނެރުނު "ފްރީޑަމް އޮފް ދަ ޕްރެސް 2017" ގައި ބުނެފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނީ މީޑިއާތަކުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ފާއިތުވެދިޔަ އަަހަރުގެ ތެރޭގައި ކޮށްފައިވާ ކަންތައްތަކުގެ ސަބަބުންނެވެ.

އެ ގޮތުން އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމަށް ދިމާވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައި ވެއެވެ. އަދި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މީޑީއާތަކަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި ގާނޫނުތަކާއި އިޖުރާއަތުތަކާ ޚިލާފަށް ނޫސްވެރިން ހައްޔަރުކޮށް ދައުވާ ކުރުމަކީ ރާއްޖޭގައި ނޫސްވެރިކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނެތް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނު އިރު، ފާއިތުވެދިޔަ އަހަރުތަކަކީ އެކި ގޮތްގޮތުން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންނަށް ގޮންޖެހުންތަަކާ ކުރިމަތިލާންޖެހުނު އަހަރެކެވެ. އެގޮތުން ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމާއި، އަބުރުގެ ގާނޫނު ފާސްކުރުމާއި، އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަން ޖެހުމާއި، ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ބަންދުކުރަން ޖެހުން ފަދަ އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
19 މާރިޗު 2017

ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު

19 މާރިޗު 2017
ސައުދީ އަށް ފ. އަތޮޅު މިލްކުކޮށްދޭން ކަމަށް ނުބުނޭ، އެއީ އޮޅުވާލުމެއް: އަމީތު
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް