Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެންބަރުންގެ މައްސަލަ

12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީއިން ނިންމި ނިންމުން ބާޠިލް: ސުޕްރީމް ކޯޓު

4 އޮކްޓޯބަރު 2018 | ބުރާސްފަތި 11:57

އީސީއިން ވަނީ ބައި-އިލެކްޝަންތައް ނުބާއްވަން ނިންމާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 11:57
ގޮނޑިގެއްލިފައިވާ ކަމަށްބުނާ ބައެއް މެންބަރުން

ގޮނޑިގެއްލިފައިވާ ކަމަށްބުނާ ބައެއް މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މެންބަރުކަމާއި މެދު ޚިލާފު އުފެދިފައިވަނިކޮށް، ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެ މެންބަރުންނާއި މެދު ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ މެންބަރުން ތިއްބެވި ޕާޓީއިން ވަކިވުމާއި، ޕާޓީއިން ވަކިކުރުމާއި ގުޅިގެން އިލެކްޝަނުން ކުރިން ނިންމާފައި ވަނީ އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އަދި އެ ދާއިރާތަކުގައި ބައި-އިލެކްޝަން ބާއްވާނެކަން ވެސް އެ ކޮމިޝަނުން ވަނީ އިޢުލާނުކޮށްފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ޚިލާފު އުފެދިގެން، ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައަކާ މެދު، ދުސްތޫރީ ނަޒަރަކުން ބަލައި އެ މައްސަލައަކާ މެދު ފައިޞަލާކޮށް ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން އެއްވެސް އިސްތިސްނާއެއް ނެތި ހަމައެކަނި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަޞްލީ އިޚްތިޞާޞެއް ކަން އެނގެން އޮތް ކަމަށެވެ.

އަދި އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ ދާއިރާތަކުގެ ގޮނޑިތަކާއިމެދު ބަހުސްކޮށް ވަކި ގޮތެއް ނިންމުމަކީ، އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ވިޔަސް ޤާނޫނު އަސާސީ އިން ލިބިދީފައިވާ ބާރަކާއި އިޚްތިޞާޞެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އަދި މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް މައްސަލައިގެ މައުޟޫޢާމެދު ބަހުސްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވުމުގެ ޢަމަލެއްކަމަށް ބެލެވޭ ކަމަށާއި، އެފަދަ ނުފޫޒެއް ފޯރާފަދަ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނު އަސާސީގައި މަނާކޮށްފައި އޮތް ކަމެއް ކަމަށެވެ.

މި ކަންކަން މިހެން ހުރުމުން، 3 އޮކްޓޯބަރ 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި އެ ކޮމިޝަނުގެ 442 ވަނަ ޖަލްސާގައި، ބަޔާންކުރެވުނު 12 ފަރާތާމެދު ނިންމާފައިވާ ނިންމުންތަކަކީ ބާޠިލް ނިންމުންތަކެއް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ 12 މެންބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ނިންމާ ކޮންމެ ނިންމުމަކީ ވެސް ޣައިރު ދުސްތޫރީ ނިންމުންތަކެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރީ ސުޕްރީމް ކޯޓުން ގޮނޑީގެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ. އަދި އީސީން ކުރިން ނިންމި ނިންމުން ބާތިލުކޮށް އެކަން މަޖިލީހަށާއި ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 12 މެމްބަރުން ބައިވެރި ކުރުން ހުއްޓުވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް އެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތަކާއި އިމްތިޔާޒުތައް ހިފަހައްޓާފައިވާތާ މިހާތަނަށް އެއް އަހަރާއި ދެ މަހާއި 20 ދުވަސް ވަނީ ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާމެދު ސުވާލު އުފައްދައި އަސްކަރިއްޔާ މެދުވެރިކޮށް އެ މެމްބަރުން މަޖިލީހަށް ވެއްދުން މަނާކުރީ ސަރުކާރު ހިންގާ ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމުންނެވެ. އެއަށްފަހު މަޖިލިސް ބާއްވާފައި ވަނީ ހަމައެކަނި ސަރުކާރުން ބޭނުންވާ ބިލެއް ފާސްކުރުމަށާއި މިނިވަން މުއައްސާސާތަކަށް ރައީސް ޔާމީން އައްޔަން ކުރަން ބޭނުންވާ ބޭފުޅުން އެ މުއައްސަސާތަކަށް އައްޔަން ކުރުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
17 މާރިޗު 2017

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް