Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

އެހެން މެމްބަރުންގެ ސިސްޓަމްތައް ބޭނުން ކުރި މެމްބަރުންނާ މެދު ފިޔަވަޅު އަޅާނަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 28 މާރިޗު 2017 | އަންގާރަ 16:21
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓް ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެހެން މެމްބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ފަހު ވީޑިއޯ ފުޓޭޖް އާންމު ކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަކިވަކިން މެމްބަރުންނާ ސުވާލު ކޮށްގެން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ ކުރިއަށް ގެންދަން ފެނޭތޯ ނެގި ވޯޓުގައި މި ވަގުތު ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ސިސްޓަމުންނާއި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހުޅުހެންވޭރު ދާއުރާގެ މެމްބަރު މޫސާ މަނިކް ސިސްޓަމުންނާއި އެ ވަގުތު ވޯޓުގައި ބައިވެރިވަޑައި ނުގަންނަވާ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު އަހުމަދު މަރުޒޫގް ސިސްޓަމުން ވަނީ ވޯޓް ދީފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހުންނަ ސީސީޓީވީ ފުޓޭޖްތައް ބެލުމުން އެކަން ކުރީ ކޮން މެމްބަރުންނެއްކަން އެނގިގެންދާނެ ކަމަށެވެ. އަދި އެ ވީޑިއޯތައް އާންމު ކުރާނެ ކަމަށާއި އަކަން ކުރި މެމްބަރުންނާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މެމްބަރުންގެ ސިއްޓަމުންތަކުގައި އެއްވެސް މައްސަލައެއް ޖެހިފައިވާކަން މަޖިލީހުގެ ތަޅުމުގައި އެއްވެސް މެމްބަރަކު ރިޔާސަތަށް ހުށަހަޅާފައި ނުވާ ކަމަށާއި އަދި މަޖިލީހުގެ އައިޓީ ޑިޕާޓްމެންޓުން ވެސް ސިއްޓަމްތަކުގައި އެއްވެސް މައްސަލައެއް އުޅޭކަން އަންގާފައި ނުވާ ކަމަށެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ނެގި ވޯޓުގައި މައްސަލަތަކެއް ހުރި ނަމަވެސް އެ ވޯޓް ސައްހަ ވޯޓެއް ކަމަށެވެ. މަޖިލީހުގެ ތަޅުމަށް ހުށަހަޅާ މައްސަލައެއްގައި މެމްބަރަކު ހުށަހެޅުމެއް ހުށަހެޅައި އެ ހުށަހެޅުމަކަށް ތާއިދު ލިބިއްޖެ ނަމަ އެ ހުށަހެޅި ހުށަހެޅުމަކާ މެދު ގޮތެއް ނިންމުމަށްޓަކައި ވޯޓަށް އަހަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަަމުގެ ވޯޓް ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ހުށަހަޅައި އަދި އެ ހުށަހެޅުމަށް ތާއިދު ލިބިފައި ވާތީ އެކަމަށް ވޯޓަށް އަހަން ޖެހޭނެ ކަމަށާއި އަދި އެ ނެގި ވޯޓާގެ ސައްހަ ކަމާމެދު ވޯޓްލީ މެމްބަރުން ސުވާލު ނޫފައްދާހާ ހިނދަކު ރިޔާސަތަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު