Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ޖަލްސާ

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

ޕީޕީއެމްގެ ހުރިހާ މެންބަރުން ތިބީ، ރައީސް ޔާމީނާ އެކު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 22 މާރިޗު 2017 | ބުދަ 17:41
ދަނގެތި ދައިރާގެ މެންބަރު އިލްހާމް އަހްމަދު

ދަނގެތި ދައިރާގެ މެންބަރު އިލްހާމް އަހްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވޯޓުދެއްވާނީ ހޫނު ފެނުގައި އަތްލަން ބޭނުންވާ މެންބަރުން ކަމަށް ބުނެ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދާއިރާގެ މަޖިލީސް މެންބަރު، އިލްހާމް އަހްމަދު މަޖިލީހުގެ ހުރިހާ މެންބަރުންނަށް އިންޒާރު ދީފި އެވެ.

"ހޫނުފެން އެޅޭނެ. އަޅުގަނޑުމެންގެ ތެރެއިންވެސް އެކަން ކުރާ މީހުންގެ ފަޔަށް ހޫނުފެން އެޅޭނެ. އެއްވެސް މީހަކީ ސާފުތާހިރު މީހުއް ނޫން،" މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ވާނެ ކަމަށް، އެ މައްސަލަ ހުށަހެޅި ގުޅިފައިވާ ޕާޓީތަކުން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އިންޒާރު ދެއްވުމުގެ ގޮތުން އިލްހާމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޕީޕީއެމްއަށް މެންބަރުންތަކެއް ސޮއި ކުރުމަށް ދަރުބާރުގޭގައި ބުދަ ދުވަހު ބޭއްވި ޖަލްސާގައި، އިލްހާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކާ މަޖިލީހުގެ ބައެއް މެންބަރުން ދަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ސަރުކާރަށް ދަތި ކުރަމުން ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްގެ މެންބަރުން ތިބީ ރައީސް ޔާމީނާއެކު ކަމަށާއި ޕީޕީއެމްގެ އެއްވެސް މެންބަރަކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓް ނުދެއްވާނެ ކަމަށް، ޖުމްހޫރީ ޕާޓީ ދޫކުރައްވައި އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ އިލްހާމް ވިދާޅުވި އެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން، ޕީޕީއެމްގެ ބައެއް މެންބަރުންގެ އަގުވައްޓާލުމަށް ވީޑިއޯތައް ލީކްކުރި ނަމަވެސް ޕީޕީއެމްގެ މެންބަރުންގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސައިފޮދު މޭޒުމަތީގައި ދައްކަވާނެ ވަރަށް ގިނަ ވާހަކަ. އެވާހާކަތަކާ އަމަލު ކުރާ ގޮތް ވަރަށް ތަފާތު ވާނެ. އަޅުގަނޑުމެން މިތިބީ ރައީސް ޔާމީނާ އެކު. ރައީސް ޔާމީނަށް ދެރަވާ އެއްވެސް ކަމެއް ޕީޖީ މެންބަރުންނެއް ނުކުރައްވާނެ." އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، މި ވެރިކަމެއް އެއްވެސް މީހަކަށް ބަދަލުކޮށް ނުލެވޭނެ ކަމަށާއި މިހާރު ވެރިކަމުގައި ހުންނެވީ އެއަށްވުރެ ކުޅަދާނަ ވެރިއެއް ކަމަށެވެ. އެއީ ފަހުގެ ތާރީހުގައި ނަންބަރު އެކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެންބަރުންނަކީ ވާހަކަދެއްކުމަށް ތާހިރު މެންބަރުންނެއް ނޫން ކަމަށާއި ވޯޓު ލުމުން ހޫނުފެން އެޅުމުން ގުޅުއްވައި ސަލާމަތް ވުމަށް މަސައްކަތް ކުރިއަސް ސަލާމަތް ނުވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު