Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލް ތަކުގެ ކިޔެވުން ފެށުން

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017 | ހޮނިހިރު 16:34

ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ނިންމި ނަމަވެސް އިތުރު މީހުން ބައްޔަށްދަނީ ޕޮޒިޓިވް ވަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 މާރިޗު 2017 | ހޮނިހިރު 16:34
ސްކޫލަތަކުގެ ކިޔެވުން ނުފަށަން ނިންމި ބައެއް ސްކޫލްތަކުންވެސް ވަނީ ކިޔަވައިދޭން ނިންމާފަ

ސްކޫލަތަކުގެ ކިޔެވުން ނުފަށަން ނިންމި ބައެއް ސްކޫލްތަކުންވެސް ވަނީ ކިޔަވައިދޭން ނިންމާފަ

މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން ރޯގާއާއި ގުޅިގެން އާދީއްތަ ދުވަހު ކިޔެވުން ނުފަށަން ނިންމި އަމިއްލަ ޕްރީ ސްކޫލްތަކަށް އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަން ބައެއް ސްކޫލު ތަކުން ނިންމައިފިއެވެ.

އަމިއްލަ ޕްރީސްކޫލެއް ކަމުގައިވާ ދޮންދޫނި ލިޓްލަ ލާނާރަސް ޕްރީސްކޫލުން ކުރިން ބެލެނިވެރިންނަށް އަންގާފައިވަނީ މިހާރު ފެތުރެމުންދާ ހުމާއި ރޯގާގެ ސަބަބުން 2017 މާރޗް ވާ އާދީއްތަ ދުވަހުން ފެށިގެން 30 މާރޗް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސްކޫލުގެ ކިޔެވުން ނޯންނާނެ ކަމަށެވެ.

ނަމަވެސް ހޮނިހިރު ދުވަހު އެސްކޫލުން ޢާއްމުކޮށްފައިވާ ދެންނެވުމެއްގައިވަނީ ސަރުކާރުގެ އެހެން ސްކޫލު ތަކެކޭވެސް އެއްފަދައިން ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލްގެ ކިޔެވުންވެސް ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލަށް އަންގަވާފައިވާތީ 26 މާރޗް 2017 ވާ އާދީއްތަ ދުވަހަކީ މިޑްޓަރމް ބަންދަށްފަހު ސްކޫލު ހުޅުވޭ ދުވަސްކަމުގައި އިއުލާން ކުރާ ކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަނުންވެސް އަދި ދޮންދޫނިންވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ދޮންދޫނި ލިޓްލް ލަރނާސް ޕްރީސްކޫލުގެ އިތުރުން ބައެއް އެހެން ޕްރައިވެޓް ސްކޫލުތަކުންވެސް ވަނީ އާދީއްތަ ދުވަހު ކިޔެވުން ނުފަށަން ނިންމާފައެވެ.

އެޗްވަން އެންވަން ރޯގާ މައިތިރި ވަމުން އަންނަ ކަމަށް ބުނެ ސްކޫލުތަކުގެ ކިޔެވުން ފަށަން ނިންމާފައިވަނީކޮށް އެޗްވަން އެންވަން ޖެހިގެން އިތުރު މީހަކު މަރުވެ އިތުރު 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭއިން ހޮނިހިރު ދުވަހު ޢާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހުގެ ނިޔަލަށް 501 މީހަކު ޓެސްޓް ކޮށްފައިވާއިރު 185 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ހުކުރު ދުވަހުގެ ނިޔަލަށް އެވައިރަސް ޖެހިގެން ހަތަރު މީހަކު މަރުވެފައިވާއިރު އެވައިރަސް ޖެހިފައިވާ 31 މީހަކަށް އެޑްމިޓްކޮށްގެން މިހާރުވެސް ދަނީ ފަރުވާ ދެވެމުންނެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ނިޔަލަށް އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ 12 މީހަކު ދޫކޮށްލާފައިވާކަމަށްވެސް އެޗްޕީއޭއިން ޢާއްމުކުރި ތަފާސް ހިސާބުތަކުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ހުކުރު ދުވަހު ތަފާސް ހިސާބުތައް ޢާއްމުކޮށްފައި ނުވާއިރު ހޮނިހިރު ދުވަހު ޢާއމުކުރި ތަފާސް ހިސާބަށް ބަލާއިރު 23 ވަނަ ދުވަހު އެކިއެކި ފްލޫ ކްލިނިކްތަކުން ޖުމްލަ 1116 މީހަކު ފަރުވާ ހޯދާފައިވެއެވެ. އަދި 24 ވަނަ ދުވަހު (ހުކުރު ދުވަހު) ޖުމްލަ 624 މީހަކު ވަނީ އެކްލިނިކްތަކުން ފަރުވާ ހޯދާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ސްކޫލްތަކުގެ ކިޔެވުން އާދިއްތަ ދުވަހު ފަށާތީ ބެލެނިވެރިންގެ ހިތްހަމަނުޖެހުން ގެންދަނީ ފާޅު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކޮށްފައިވާ އެތައް ބެލެނިވެރިއަކު ބުނެފައިވަނީ ކުދިންގެ ސަލާމަތައްޓަކައި، ކިޔެވުނު ފެށުނު ނަމަވެސް އާދިއްތަ ދުވަހު ކުދިން ސްކޫލަށް ފޮނުވަން ބޭނުން ނުވާ ކަމުގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް