Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު ފާރިސް މައުމޫން

މި ކޯލިޝަނަކީ ފަސޭހައިން ރޫޅިގެންދާނެ ކޯލިޝަނެއް ނޫން، މިއީ ރައްޔިތުންގެ ކޯލިޝަނެއް: ފާރިސް

30 ސެޕްޓެމްބަރު 2018 | އާދީއްތަ 18:17

މިއަދު ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން ފާރިސް މިނިވަން ކުރައްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 18:17
މިނިވަންވުމާއެކު ފާރިސް މައުމޫން ސަޕޯޓަރުންނާއި ސަލާމްކުރައްވާ އުފާފާޅުކުރައްވަނީ

މިނިވަންވުމާއެކު ފާރިސް މައުމޫން ސަޕޯޓަރުންނާއި ސަލާމްކުރައްވާ އުފާފާޅުކުރައްވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ކޯލިޝަނަކީ ފަސޭހައިން ރޫޅިގެންދާނެ ކޯލިޝަނެއް ނޫންކަމަށާއި އެއީ ދިވެހި އެންމެހާ ރައްޔިތުންގެ ކޯލިޝަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ކަފާލާތުގެ ދަށުން މިނިވަންކުރުމާއެކު މީޑިއާއަށް މައުލޫމާތުދެއްވަމުން ފާރިސް ވިދާޅުވީ މިއަދު މިކުރެވޭ އުފާވެރި އިހުސާސް ޖަލުގައި ހުންނެވިއިރު، ވަރަށް އަވަހަށް ލިބޭނެ ކަމުގެ އުއްމީދު ކުރެވުނު ކަމަށެވެ.

Advertisement - newsAdvertisement
"ވަރަށް އުފާވޭ، ވަރަށް ހިތްހަމަޖެހޭ. ﷲ އިރާދަފުޅުން އަޅުގަނޑު އަބަދުވެސް އުއްމީދުކޮށްގެން ހުރީ މިދުވަސް އަންނާނެ ކަމަށް. މިދުވަސް އަންނާނީ ކޮންއިރަކުންކަން ނޭނގެނީ. އެކަމަކު އަބަދުވެސް، އެންމެ ދުވަހަކުވެސް އަޅުގަނޑު އުއްމީދުގައި ނޫން ހާލަތެއްގައި ނުހުންނަން. އެތާ ޖަލުގައި ހުރި ހުރިމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިރާއްޖެއަށް ކޮށްދެވުނު ކޮންމެވެސް ހިދުމަތެއްގެ ގޮތުގައި އަޅުގަނޑު ދުށީ. އެކަމުން ހިތްވަރު ލިބިގެން، އަޅުގަނޑުގެ އާއިލާ އަދި ހާއްސަކޮށް އަޅުގަނޑުގެ ބައްޕާފުޅާމެދު އެކި ގޮތްގޮތުން ކަންތައްތައް ކުރެވެމުންދިޔައިރުވެސް އަޅުގަނޑުމެން މިތިބީ ހައްގުގެ މަގުގައިކަމުގެ ކަށަވަރުކަން އަޅުގަނޑުގެ ހިތުގައި ޔަގީންކަން އޮންނާތީ މިހާހިސާބަށް އަޅުގަނޑުމެންނަށް މިތިބެވުނީ." ފާރިސް ވިދާޅުވި އެވެ.

މިނިވަންވުމާއެކު ފާރިސް މައުމޫން ސަޕޯޓަރުންނާއި ސަލާމްކުރައްވާ އުފާފާޅުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ފާރިސް ވިދާޅުވީ ކޯލިޝަން މިހިސާބަށް އާދެވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމެންޓް މެމްބަރުން އެކުގައި މަސައްކަތް ކުރުމުގެ ރޫހުއޮތުން އެއީ ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޕާޓީތަކުގެ އިސް ބޭފުޅުންގެ އިތުރުން ދިވެހި ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުން މިއަދު ވަނީ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރެވިފައި ކަމަށާއި ދެން ކުރިއަށް އޮތީ ގައުމު ހަމަމަގަށް އެޅުވުމާއި ދިވެހި ރައްޔިތުންނަށް ފާގަތި އުފާވެރި ދުވަސްތަކެއް ހޯދާދިނުން ކަމަށް ފާރިސް ވިދާޅުވި އެވެ.

"މިހިސާބަށް ކޯލިޝަން ދެހެއްޓުމުގެ ސިއްރަކީ ދިވެހި ރައްޔިތުން. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި އަދި އެބޭފުޅުންގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ހަތަރު ޕާޓީގެ ލީޑަރުން، ހާއްސަކޮށް، ރައީސް މައުމޫން، އެމްޑީޕީގެ ރައީސް ނަޝީދު އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާންގެ ދައުރު ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ،" ފާރިސް ވިދާޅުވި އެވެ.

މިނިވަންވުމާއެކު ފާރިސް މައުމޫން ސަޕޯޓަރުންނާއި ސަލާމްކުރައްވާ އުފާފާޅުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

މީގެއިތުރުން ފާރިސް ވިދާޅުވީ ހަތަރު ސިޔާސީ ލީޑަރުުންނާއި ތަފާތު ފިކުރުތަކުގެ ބޭފުޅުންގެ މެދުގައި އިތުބާރު އުފެއްދުމަށްޓަކައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތަކީ މިކޯލިޝަން މިއަދު މިގޮތަށް ދެމިއޮތުގެ އަސްލު ކަމަށެވެ.

"އިރުބާރު އުފެއްދުުމުގެ މަރުހަލާގައި ވަރަށް ބިރަ މަސައްކަތްތަކެއް ކުރެވުނު. އަޅުގަނޑުމެންނަށް ވެސް އިތުބާރުކުރަން ދަތިވި ކަންތައްތައްހުރި. އެކަމަކު ތަކުރާރުކޮށް އެބޭފުޅުންގެ ބަހާއި އަމަލާއި ދިމާވާކަން ފެނުމުން، އަދި އެބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ބަހާ އަމަލާ ދިމާވާތަން ފެނުމުން އެއިތުބާރު އުފެދިގެން ދިޔައީ، އެހެންވީމާ މިއީ އެއްދުވަހަކުން ދެދުވަހަކުން ކުރެވުނު މަސައްކަތެއް ނޫންމިއީ، މިކަމުގެ ފަހަތުގައި ޖުމްލަކޮށް މުޅި ދިވެހި ރައްޔިތުން އެބަތިބި. އެހެންވީމައި އަޅުގަނޑު މިހުރީ ވަރަށް އުއްމީދީ ހާލަތެއްގައި ކުރިމަގާމެދު. މިކޯލިޝަނަކީ ފަސޭއިން ރޫޅިގެންދާނެ އެއްޗެއް ނޫން، إن شاء الله," ފާރިސް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އުފެއްދުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ޕީޕީއެމް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ފާރިސް ވަނީ ޕީޕީއެމުން ވަކިކޮށް، އެޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރެއްވި ކަމަށްބުނެ ދައުވާކޮށް ޖަލަށްލާފަ އެވެ. ނަމަވެސް އާދިއްތަ ދުވަހު ވަނީ ހައިކޯޓުން ކަފާލަތުގެ ދަށުން ފާރިސް މިނިވަން ކުރައްވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް