Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑޮނޭޝިއާގެ ބިންހެލުން

ބިންހެލުން އައި ވަގުތު ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓު ސަލަމާތްކޮށްދޭން ފުރާނަ ދުއްވާލި ޒުވާނާއަށް ތައުރީފް އޮހެނީ

އަގަންގް އަކީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި ހުރި ހަމއެކަނި މުވައްޒަފު

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 02:19
އަގަންގް ވަނީ އޭނާގެ ފުރާނައަށް ބެލުމެއްނެތި ސަތޭކައަށްވުރެ ގިނަ މީހުންގެ ފުރާނަ ރައްކާތެރި ކޮށްދީފައި

އަގަންގް ވަނީ އޭނާގެ ފުރާނައަށް ބެލުމެއްނެތި ސަތޭކައަށްވުރެ ގިނަ މީހުންގެ ފުރާނަ ރައްކާތެރި ކޮށްދީފައި

އިންޑޮނީޝިއާއަށް ބިންހެލުން އައި ވަގުތު ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓު ސަލާމަތްކޮށްދޭން ފުރާނަ ދުއްވާލި ޒުވާނާއަށް އެތައް ހާސް ބައެއްގެ ތައުރީފް އޮހެން ފަށައިފިއެވެ.

އަންތޯނިއަސް ގަންއަވަން އަގަންގް އަކީ ބިންހެލުން އައި ސުލަވޭސީ ޕްރޮވިންސްގެ ކެޕިޓަލް ޕާލޫގެ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި އެވަގުތު ހުރި ހަމައެކަނި މުވައްޒަފެވެ. އެހެން އެންމެން ވަނީ ބިން ހެލުން އައުމާއެކު އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އެ ޓަވަރު ދޫކޮށް ފިލާފައެވެ.

އެއާޕޯޓުގެ އިމާރާތްތައް ތަޅުވައި ރަންވޭގައި ރެދުލަމުން ދިޔައިރުވެސް 21 އަހަރުގެ އަގަންގް އުޅުނީ އުދުއްސައިގަންނަން ތައްޔާރުވެފައިވާ އެންމެ ފަހު މަތިންދާ ބޯޓު ސަލާމަތުން ވައިގެ ތެރެއަށް ފޮނުވާލާށެވެ. އޭނާގެ މަސައްކަތުން ބަޓިކް އެއާ ފްލައިޓް 6321 މަތިންދާ ބޯޓު ވަނީ ވައިގެތެރެއަށް ފޮނުވާލާފައެވެ.

މަތިންދާ ބޯޓު އުދުއްސައިގަތް ވަގުތު އޭނާ ހުރި އިމާރާތް އާދަޔާ ޚިލާފަށް ތެޅުނެވެ. އެ އިމާރާތުގެ އެތެރެއަށް ވަދެގެން ތިރިއަށް ފައިބަން ވެއްޖެނަމަ އެ އިމާރާތުގައި ތާށިވެދާނެތީ އޭނާ ނިންމީ އެ އިމާރާތުން ފުންމާލާށެވެ. ހަތަރު ބުރީގެ އެ އިމާރާތުން ފުންމާލި އަގަންގް ބިމުގައި ޖެހުމާއެކު ފައި ބިންދާގެން ގޮސް ހަށިގަނޑަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ނަތިޖާއަކަށްވީ އެމެޖެންސީކޮށް އަގަންގް ހޮސްޕިޓަލަށް ގެންދިއުމެވެ. އެތަނުގައި ތިބި ޑޮކްޓަރުން އަގަންގް ބެލުމަށްފަހު ނިންމީ އެއަށްވުރެ ޚިދުމަށް ރަގަނޅު ހޮސްޕިޓަލަކަށް އޭނާ ފޮނުވުމަށެވެ. ނަމަވެސް ހެލިކަޕްޓަރުގައި އަގަންގް ގެންދިކޮށް ވަނީ ނިޔާވެފައެވެ.

އެއާ ނެވިގޭޝަން އިންޑޮނޭޝިއާއިން ބުނީ އަގަންގް ދެއްކީ ހަގީގީ ހިތްވަރުކަމަށެވެ. އޭނާގެ ސަބަބުން އެތަކެއް ސަތޭކަ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވާކަން އެއާ ނެވިގޭޝަން އިންޑޮނޭޝިއާއިން ވަނީ ފާހަގަ ކޮށްފައެވެ.

އޭނާގެ ހިތްވަރަށް މުޅި ދުނިޔޭގައި ވެސް މީހުން ދަނީ ތައުރީފް ކުރަމުންނެވެ. ބައެއް މީހުން ދަނީ އެ އެއާޕޯޓުގެ ނަން އޭނާގެ ނަމަށް ބަދަލު ކުރުމަށް ވެސް ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު