Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެފް ސެޝަންސް

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

3 މާރިޗު 2017 | ހުކުރު 13:19

ބުދަ ދުވަހު ސެޝަންސް ވިދާޅުވީ އޭނާ "އެއްވެސް ރަޝިއާގެ އޮފިޝަލަކާ ކޭމްޕޭނާ ގުޅޭ ކަމެއްގައިި ބައްދަލުކޮށްފައި ނުވާކަމަށެވެ."

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 މާރިޗު 2017 | ހުކުރު 13:19
އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް

އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް

ރަޝިއާގެ ނުފޫޒު އެމެރިކާގެ އިންތިޚާބަށް ފޯރާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް އެފްބީއައި އިން ފަށާފައިވާ ތަހުގީގުން އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފިއެވެ.

ޖެފް ސެޝަންސް އެފްބީއައިގެ ތަހުގީގުން ދުރަށްޖެހިވަޑައިގަތްކަން ހާމަކުރައްވާފައި ވަނީ އޭނާ ނެރުއްވާފައިވާ ބަޔާނެއްގައެވެ. ސެޝަންސް އެފްބީއައި އިން ފަށާފައިވާ ތަހުގީގުން ދުރަށްޖެހިވަޑައިގަތީ މިދަޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭމްޕޭނުގައި ޖެފް ސެޝަންސް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރެއްވިކަން ފެންމަތިވުމާއި ގުޅިގެންނެވެ. އެފްބީއައި އިން ބަލަމުންދާ މައްސަލަ އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން އޯވަސީ ކުރައްވަނީ ޖެފް ސެޝަންސްއެވެ. ޖެފް ސެޝަންސް ތަހުގީގުން ދުރަށްޖެހިވަޑައިގަތުމަށް ޑިމޮކްރޭޓުން ދިޔައީ ގޮވާލަމުންނެވެ. އަދި އޭނާ އެޓާނީ ޖެނެރަލް ގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ދަނީ ގޮވާލަމުންެނެވެ.

ސެނެޓަރ އެއްގެ ގޮތުގައި ކުރިން ހުންނެވި ޖެފް ސެޝަންސް މިދިޔަ ޖެނުއަރީ ގައި އޮތް ސެނެޓުގެ "ކޮންފަމޭޝަން ހިއަރިން" ގައި ރަޝިއާގެ އެމްބެސެޑަރާ އެއްވެސް ގުޅުމެއް އޮތްކަން ހާމަކޮށްފައެއް ނުވެއެވެ. ބުދަދުވަހު ސެޝަންސް ވިދާޅުވީ އޭނާ "އެއްވެސް ރަޝިއާގެ އޮފިޝަލަކާ ކޭމްޕޭނާ ގުޅޭ ކަމެއްގައިި ބައްދަލުކޮށްފައި ނުވާކަމަށެވެ."

އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވާ ކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ. ވައިޓް ހައުސް އިން ވަނީ ޓްރަމްޕްގެ ކެމްޕެއިންގައި އެއްވެސް ނަހަމަ ކަންކަމެއް ނުހިނގާ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

20 މެއި 2017

އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް

20 މެއި 2017
އެފްބީއައިގެ ކުރީގެ ޑިރެކްޓަރަކީ "ގަމާރެއް"، ވަކިކުރެވުނީތީ ބޮލަށް ފަސޭހަ: ޓްރަމްޕް
18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
17 މެއި 2017

ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

17 މެއި 2017
ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި
11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
10 މެއި 2017

އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި

10 މެއި 2017
އެފްބީއައި ގެ ޑައިރެކްޓާ ޖޭމްސް ކޯމޭ މަގާމުން ވަކިކޮށްފި
09 މެއި 2017

ކެނެޑާ އަށް ކުރަމުންދާ ވިއްސާރަ: ދެ ޕްރޮވިންްސަކުން 4 މިހާކު ގެއްލިއްޖެ

09 މެއި 2017
ކެނެޑާ އަށް ކުރަމުންދާ ވިއްސާރަ: ދެ ޕްރޮވިންްސަކުން 4 މިހާކު ގެއްލިއްޖެ
02 މެއި 2017

އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

02 މެއި 2017
އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
04 މާރިޗު 2017

ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް

04 މާރިޗު 2017
ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް