Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިން އިތުރުވުން

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.1 އިންސައްތަ އިތުރު!

ގިނަ ފަތުރުވެރިން ޗައިނާ އިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 07:06
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު މިއަހަރު އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 9.1 އިންސައްތަ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 972،839 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 892،025 ފަތުރުވެރިންނެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން ޒިޔާރާތްކޮށްފައި ވާއިރު އެ މުއްދަތުގައި ޗައިނާ އިން ރާއްޖެއަށް 33،472 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެ ޤައުމުން ރާއްޖެއަށް 9،249 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް 123،992 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު މިއީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތުން 2.2 އިންސައްތަ އިތުރުވުމެކެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އިތުރުވެ ރާއްޖެ އަށް 993.5 މިލިއަން ޑޮލަރު ލިބިފައިވާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ. އިން ވަނީ ކުރިން ލަފާކޮށްފައެވެ.

މި މަހުގެ ތެރޭގައި ރާއްޖެ އިން ވަނީ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔާފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު