Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ އިގްތިސާދީ ހާލަތު

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

ރާއްޖޭގެ އިގްތިސާދުގާ ހުރި ފައިސާ ވަނީ 30.4 ބިލިއަން ރުފިޔާ އަށް އަރާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 12:02
އެމްއެމްއޭ

އެމްއެމްއޭ

މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށްޓަކައި ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު ޓީބިލް އަދި ޓީ ބޮންޑްގެ އައުޓްސްޓޭންޑިންގް އަދަދު އަހަރުން އަހަރަށް ބަލާ އިރު ވަނީ 14 ޕަސެންޓް މައްޗަށް ޖެހިލާފަ އެވެ.

އެހެން ނަމަވެސް މަހުން މަހަށް ބަލާ އިރު މިއީ އެއް ޕަސެންޓްގެ ދަށްވުމެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. މީގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގާ ޓީބިލްގެ އައުޓްސްޓޭންޑިންގް އަދަދު އެއް ޕަސެންޓް ދަށަށް ދިއުމެވެ. މިއީ ގާތްގަނޑަކަށް 138.3 މިލިއަން ރުފިޔާގެ ދަށްވުމެ ކެވެ.

ޓީބިލްގެ އައުޓްސްޓޭންޑިންގް އަދަދު ދަށްވެފައިވަނީ ވިޔަފާރި ބޭންކުތަކާއި އެހެނިހެން މާލީ އިދރާތްތަކުން ޓީބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު ދަށްވުމުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެހެން ނަމަވެސް އަހަރުން އަހަރަށް ބަލާ އިރު ޖެނުއަރީ މަހު ޓީބިލްގެ ގޮތުގާ 5.1 ބިލިއަން ރުފިޔާ އިތުރުވެފައިވާ އިރު ޓީބޮންޑްގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

ފާއިތުވެދިއަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ދޫކޮށްފައިވާ ޓީބިލް އަދި ޓީބޮންޑްގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އާއްމު ގޮތެއްގައި ޓީބިލް އަދި ޓީބޮންޑް ވިއްކައިގެން ދައުލަތުގެ ރިކަރެންޓް ހަރަދުތައް ބަލަހައްޓަމުންދާ އިރު، 2016 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނި ވަނީ އިންތިހާ މައްޗަށް އަރާފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ވަނީ 36.9 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.

މިދިޔަ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަނަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މިއީ އަހަރުން އަހަރަށް ބަލާ އިރު ތިން ޕަސެންޓްގެ ދަށްވުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު