Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑީޕް ސަބްމެރިން

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

މިސަބްމެރިންގެ ހިދުމަތް ދޭނީ ރިސޯޓްތަކުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 އެޕްރީލު 2017 | ބުދަ 09:39
ޑީޕް ފްލައިޓް ސަބްމެރިންއެއް

ޑީޕް ފްލައިޓް ސަބްމެރިންއެއް

މޫދުގެ ރީތި ކަމަށް ލޯބިކުރާ ފަރާތްތަކަށް މޫދުގެ އަޑި ބަލާލުމަށް އިތުތރު ފުރުޞަތެއް ހޯދައިދިނުމުގެ ގޮތުން ދުނިޔޭގައި ހަދާފައިވާ ފުރަތަމަ ޑީޕް ފްލައިޓް ސަބްމެރިންގެ ހިދުމަތް ރާއްޖޭގައި ފަށަން ނިންމައިފި އެވެ.

މިސަބްމެރިންއަކީ ތިން މީހުންނާ އެކު އަޑިއަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސަބްމެރިން އެކެވެ.

ރާއްޖޭގައި ވޯޓަރ ސްޕޯޓްސްގެ ހިދުމަތްދޭ އޯޝަން ގުރޫޕުން ބުނި ގޮތުގައި ޑީޕް ފްލައިޓް ސަބްމެރިން ގުޅިގެން "3އެސް ސަބްމެރިން" ރާއްޖެއަށް ތަޢާރަފްކުރާނީ މިއަހަރުގެ ފަހުކޮޅުއެވެ. އެގޮތުން މިހިދުމަތް ފުރަތަމަ ދޭނީ ރިސޯޓްތަކަށް ކަމަށް ވެސް އޯޝަން ގުރޫޕުން ބުންޏެވެ. މޫދުގެ ރީތިކަން ބަލާލުމަށް މިހާރު ކުރިއަށްދާ ކަންތައްތަކުގެ ތެރޭގައި ސްކޫބާ ޑައިވިން އާއި ސްނޯކްލިން ހިމެނެއެވެ.

ހަމަ އެކަނި ތިން މީހުންނަށް އަޑިއަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސަބްމެރިންގައި ޕައިލޮޓަކާއި ދެ ޓޫރިސްޓުން ގޮވައިގެން އަޑިއަށް ދެވެއެވެ. އަދި މިއީ ދުނިޔޭގައި ވެސް އުފައްދާފައިވާ މިފަދަ ފުރަތަމަ ސަމްބެރިން އެވެ.

ދި ޖަކާޓާ ޕޯސްޓަށް ދިން އިންޓަރވިއުއެއްގައި އޯޝަން ގްރޫޕުގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން ޒާހިދު ވިދާޅުވީ މިހިދުމަތުގެ ސަބަބުން ޓުއަރިޒަމް ދާއިރާ އިތުރަށް ތަރައްޤީވެ ފުޅާ ވެގެންދާނެ ކަމަށާއި މިއީ މި އިންޑަސްޓްރީއަށް ވެސް މުޅިން އާ ހިދުމަތެއް ކަމުން ފަތުރުވެރިން ވަރަށް ގަޔާވާނެ ކަމަކަށް މިހިދުމަތް ވެގެންދާނެ ކަމަށެވެ. މި ހިދުމަތް ދޭނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ސަން އެކުއާ ޕަސިކުޑާއަށް ސްރީލަންކާގެ ލީޑިން ބީޗް ރިޒޯޓްގެ އެވޯޑް ލިބިއްޖެ

12 ޖޫން 2017
ސަން އެކުއާ ޕަސިކުޑާއަށް ސްރީލަންކާގެ ލީޑިން ބީޗް ރިޒޯޓްގެ އެވޯޑް ލިބިއްޖެ
02 ޖޫން 2017

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

02 ޖޫން 2017
އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
24 އެޕްރީލު 2017

ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި

24 އެޕްރީލު 2017
ސުޕަމާޓް ރަމަޟާން ބާޒާރު ބޮޑެތި ޑިސްކައުންޓް ތަކާއެކު ފަށައިފި
19 އެޕްރީލު 2017

އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް

19 އެޕްރީލު 2017
އީވޯގެ ސެލްފީ ޕްރޮމޯޝަނާ އެކު 40,000ރ.ގެ ގިފްޓް ވައުޗަރެއް
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު