Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

އެމްޔޫއޯއާއެކު ދެމި އޮންނާނަން:ޝިދާތާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2017 | ބުދަ 19:08
އެމްޔޫއޯއިން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ

އެމްޔޫއޯއިން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބަކީ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެ އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން ބުނެފިއެވެ.

އެމްޔޫއޯއިން މިހެން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޔޫއޯގެ ތެރެއިން އެމްޑީޕީއާއެކު އިންތިޚާބުގައި ގުޅިގެން ކެންޑިޑޭޓުން ނެރުނު އަދާލަތުން އެ އިންތިޚާބުގައި ވާދަ ނުކުރަން ނިންމުމާގުޅޭ ގޮތުން އެމްޔޫއޯއިން ބޭއްވި ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

Advertisement - newsAdvertisement

އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ނުކުރަން ނިންމެވި ސަބަބަކީ އިހްތިރާމް ކުރައްވާ އަދި ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ސަބަބެއް ކަމަށެވެ.

ޝިފާޒް ވިދާޅުވީ އަދާލަތުގެ އެ ނިންމެވުމާއެކު އަދާލަތުން ކުރިން ވާދަކުރެއްވި ކެންޑިޑޭޓުންގެ ބަދަލުގައި އެމްޑީޕީގެ އިތުރު ކެންޑިޑޭޓުން ނަގައިގެން އިންތިޚާބުގައި ކުރިއަށް ދާނެކަމަށާއި އަދި އިންތިޚާބުގައި އެމްޔޫއޯގެ ތެރެއިން އަދާލަތުންވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޔޫއޯގެ ހިޔަނި ކެބިނެޓްގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމަށް ވަރަށް މުހިއްމު އިންތިޚާބެއް ކަމަށާއި އެއިންތިޚާބުގައި ރައީސް ޔާމީނާ ދެކޮޅަށް ނިކުންނާނީ މުޅި އެމްޔޫއޯ ކަމަށެވެ.

މަލީހު ވިދާޅުވީ ސަރުކާރާ ރައީސް ޔާމީންގެ ބޭނުން ފުޅަކީ އިދިކޮޅު ސިޔާސީ ފަރާތްތައް ފޫހި ކުރުވާ އެމީހުން ގެއަށް ވެއްދުން ކަމަށެވެ. ނަމަވެސް އެފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ އެމްޔޫއޯ އުފެދުނީ އިންތިޚާބަށް ނޫން ކަމަށާއި އެމްޔޫއޯގެ މަޤްސަދަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ނޭދެވޭ ކަންތައްތައް ހުއްޓުވާ ޤައުމު ހަމަ މަގަށް އެޅުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. އެހެންކަމުން އިންތިޚާބުގައި އަދާލަތުން ކެންޑިޑޭޓުން ނުނެރުނު ކަމުގައި ވިއަސް އެ ޕާޓީ އޮންނާނީ އެމްޔޫއޯގެ މައިގަނޑު އަމާޒަށް ވާސިލުވުމަށްޓަކައި އަބަދުވެސް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

ޝިދާތާ ވިދާޅުވީ އެމްޔޫއޯގެ ޕާޓީތަކުންވެސް އަމިއްލަ ނިންމުންތައް ނިންމާނެ ކަމަށާއި އަދާލަތުން އެޅި ފިޔަވަޅަކީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން ކަމަށެވެ. އަދި އަދާލަތުން އެމްޔޫއޯއެކު ދެމިއޮންނާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު