ރާއްޖެ
ވެރިކަން ބަދަލުކުރުން
ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
އަންހެން އަދި ފިރިހެން މުވައްޒަފުން ބައިވެރިވި

މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2018 | އަންގާރަ 14:11
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާ ބައްދަލު ކޮށްފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމާއި ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް ބައްދަލުކުރައްވާފައި ވަނީ އިބޫގެ އޮފީސް އަދި ކެމްޕެއިން ހަރަކާތްތައް ހިންގަމުންދިޔަ ޝައިންޓްރީ ބިލްޑިންގައެވެ.
އެ ބައްދަލުވުމުގައި ކަސްޓަމްސްގެ އަންހެން އަދި ފިރިހެން މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި މި ބައްދަލުވުގައި ކަސްޓަމްސްގެ އޮފިސަރުންގެ ކަންބޮޑުވުންތަކާއި އެފަރާތްތަކުގެ ހިޔާލުތަކެއް އިންތިޚާބީ ރައީސް އިބޫއާ ވަނީ ހިއްސާ ކޮށްފައެވެ.






