Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން

ދިވެހި ރައްޔިތުން ދެއްކި ނަމޫނާއަށް ތައުރީފު ހައްގު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2018 | އަންގާރަ 12:05
ވޯޓުލުމަށް ރައްޔިތުން ކިޔޫގައި

ވޯޓުލުމަށް ރައްޔިތުން ކިޔޫގައި

ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހިން ރީތި ނަމޫނާ ދައްކުވައިދީފިއެވެ.

ހަލަބޮލިވާނެ ކަމަށް ބެލެވުނު އިންތިޚާބު، ފެށިގެން ނިމުނުއިރުވެސް ރައްޔިތުންގެ ކިބައިން ފެނުނީ ކެތްތެރިކަމެވެ. އިންތިޚާބުގެ ފޯރި ގަދަވެފައި އޮތަސް، ވޯޓު މަރުކަޒުތަކުން އެއްވެސް ހަމަނުޖެހުމެއް ފެނިފައެއް ނުވެއެވެ. އިންތިޚާބުގައި ވާދަކުރި ދެ ޕާޓީން ވެސް މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނެރުމަށެވެ. ދެ ޕާޓީގެ އުއްމީދަކަށްވެސް ވެފައި އޮތީ އިންތިޚާބު ކާމިޔާބު ކުރުމެވެ.

ކޮރަޕްޝަނާއި ފަސާދަ އަދި އަނިޔާވެރިކަން އިންތިޚާއަށް ގޮސް، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަންފަތިކުރަމުން ގޮސްފައިވާއިރު، ރައްޔިތުން އެދޭ ބަދަލު ގެނައުމަށްޓަކައި ރައްޔިތުން ތިބީ އިންތިހާއަށް ބޭނުންވެފައެވެ. އެހެންވެ، ވޯޓްލާން ގޮސްތިބި މީހުންގެ ސަފުގައި ކިތަންމެ އިރެއް ހޭދަކުރަންޖެހުނަސް އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޅަދަރިމައިންނަށް ފުރުސަތު ދިނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އިލެކްޝަންސް ކޮމިޝަންގެ ޓެބްލެޓްތައް ލަސްވެ، ވޯޓު ކިޔޫ ދިގު ވެގެން ދިޔަ އިރުވެސް ކިޔޫގައި ތިބި މީހުންގެ ހިތްހަމަ ނުޖެހުމެއް، ރުޅިވެރިކަމެއް، އަދި ހަމަނުޖެހުމެއް ނުދައްކައެވެ. އެންމެންވެސް އިސްކުރީ، ދިވެހިން އެދޭ ބަދަލު ގެނައުމަށްޓަކައި ކެތްތެރިކަމެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 263،135 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 233،877 މީހުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލައެއް، އަދި ޝަކުވާއެއްވެސް ލިބިފައި ނުވާއިރު އިންތިޚާބުގެ ކަންތައްތައް ދިޔައީ އަމާން އޮމާން ކަމާއެކުއެވެ. މި ނަމޫނާ ފެނިގެން ދިޔުމަކީ ހެޔޮ ބަދަލެކެވެ. ރައްޔިތުން ތަސައްވަރު ފުދިގެން އަންނަ ކަމުގެ ހެއްކެކެވެ.

"ގާޒީ ސްކޫލުގެ ލައިންގައި ހަ ގަޑިއިރު ބައެއް މީހުން ތިބި. އެހެންވެ، ދެ މީހަކު އަނބުރައިގަނެގެން ވެއްޓުނު. ފަހުން އައިސް އަލުން ވޯޓުލީ އެއްވެސް ޝަކުވާއެއް ނެތި،" ގާޒީ ސްކޫލުގެ ކިޔުއެއްގައި ވޯޓުލުމަށް ގޮސް ހުރި މީހަކު ބުންޏެވެ.

މެލޭޝިއާގެ ކިޔޫގައިވެސް ބައެެއް މީހުން 6 ގަޑިއިރާއި 8 ގަޑިއިރު ހޭދަކުރަން ޖެހުނެވެ. ލަންކާގެ ކިޔޫގައި ބައެއް މީހުން 12 ގަޑިއިރު މީހުން ތިބެން ޖެހުނެވެ. އާންމު ގޮތެއްގައި ކިޔޫގައި ދެ ގަޑިއިރު ހޭދަކުރަން ޖެހުނެވެ.

ކިޔޫގައި ތިބެންޖެހުނު ވަގުތު ގިނަވެގެން ދިޔައިރު، ހެޔޮއެދޭ ބައެއް ފަރާތްތަކުން ފެނާއި ކާބޯތަކެތި ބަހަމުން ދިޔައެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ފަސްކަމުގައި ފުލުހުންގެ ދައުރު އޮތް ކަމަށް ތުހްމަތުކުރި ނަމަވެސް، މި ފަހަރު ފުލުހުންގެ ފަރާތުން ވެސް އެފަދަ ކަމެއް ފެނިގެން ނުދެއެވެ. ރައްޔިތުން އެދޭ ބަދަލު ގެނައުމަށް ފުލުހުން ވެސް ބޭނުންވިއެވެ. ނަމަވެސް މިފަހަރު އެފަދަ އެއްވެސް ކަމެއް ނުފެނެއެވެ. ވޯޓް މަރުކަޒުތަކާއި ރަށުތެރޭގައި ވެސް އަމާން ބަލަހައްޓަމުން ދިޔައެވެ.

ދިވެހި ރައްޔިތުން ދެއްކި ނަމޫނާއަށް ތައުރީފު ހައްގެވެ. އައްސަރިބަހާއި ސާބަހެއެވެ. މިފަހަރުގެ އިންތިޚާބުން ފެނިގެން ދިޔައީ ދިވެހިންގެ އެއްބައެއް ވަންތަކަމާއި ކެތްތެރިކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

13 ނޮވެމްބަރު 2018
އިބޫގެ ކެމްޕެއިން ދަތުރުފުޅުތައް: ތާއީދު ފެނުނީ ކިހިނެއް؟

އިބޫގެ ކެމްޕެއިން ދަތުރުފުޅުތައް: ތާއީދު ފެނުނީ ކިހިނެއް؟

21 ސެޕްޓެމްބަރު 2018
ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

04 ސެޕްޓެމްބަރު 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު