Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސީރިއާގައި ދިވެހިން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ގިނަ އަދަދެއްގެ ދިވެހިން އުޅެނީ ސީރިއާ އަންހެނުންނާ ކައިވެނިކޮށްގެން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 07:26
ސީރިއާގައި ދިރިއުޅެމުންދާ ދިވެހިންތަކެއްގެ ދިރިއުޅުން، 49 އަށްވުރެ މާ ގިނަ

ސީރިއާގައި ދިރިއުޅެމުންދާ ދިވެހިންތަކެއްގެ ދިރިއުޅުން، 49 އަށްވުރެ މާ ގިނަ

ބޭރު ގައުމުތަކުގައި ހަނގުރާމަ ކުރަން ގޮސް އުޅޭ ދިވެހިންގެ އަދަދު، ފުލުހުންގެ ރަސްމީ ހިސާބުތަކުން 180 އަށް އަރައެވެ. އެކަމަކު، ސަރުކާރުން ބުނެފައި ވަނީ އެ އަދަދު އުޅެނީ 49 ގައި ކަމަށެވެ. އާންމުކޮށް ދިވެހިން ހަނގުރާމަ ކުރަމުން ދަނީ ޕާކިސްތާނާއި ސީރިއާގަ އެވެ. ހަނގުރާމައަށް ދިޔަ ކަމަށް ބުނެ އެތައް ބަޔަކު ހައްޔަރުކޮށް، ބައެއް މީހުންގެ މައްޗަށް ޝަރީއަތް ވެސް ދަނީ ހިންގަމުންނެވެ. ހަނގުރާމައިގައި ގިނަ އަދަދެއްގެ ދިވެހިން މަރުވެފައިވެސް ވެ އެވެ.

ރާއްޖެ ދޫކޮށް ހަނގުރާމައަށްދާ ގިނަ ދިވެހިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ބިމަކީ ކުފުރުގެ ބިމެކެވެ. މި ބިމުގައި އުޅެން ހެޔޮ ނުވާނެ ކަމަށް އެމީހުން ދެކެ އެވެ. ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެއްސަކު ބުނި ގޮތުގައި ދުނިޔެ މަތީގައި ލެއްވި އެންމެހާ މުންކަރާތްތަކެއް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އަންހެނުންނާއި ދަރިފުޅާއެކު ސީރިއާއަށް "ހިޖުރަކުރަން" ނިންމީ އެހެންވެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުންކަރާތްތައް މަނާކުރަން ނުކުޅެނދިފައި މިބިމުގައި ހުރުމަށް ވުރެ "ދީނުގެ އަދުއްވުންނާ" ދެކޮޅަށް ހަނގުރާމަކޮށް "ޝަހީދުވުން" ވެސް މާ ރަނގަޅެވެ.

ނަމަވެސް، އިސްލާމިކް މިނިސްޓްރީއިން ބުނަނީ މުޅިން ތަފާތު ވާހަކަ އެކެވެ. ސީރިއާގައި ހިނގަމުންދަނީ ދިވެހިންނާ "ބެހޭ" ހަނގުރާމައެއް ނޫން ކަމަށް ސަރުކާރުން ދެކެ އެވެ. މިނިސްޓްރީއިން ބުނަނީ އެއީ ދާޚިލީ ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމައިގައި ބައިވެރިވުމަކީ ޖިހާދު ނޫން ކަމަށެވެ. ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނަށް މި ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ނުކުރެ އެވެ. ނޫނީ ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. ގިނަ ދީނީ އިލްމުވެރިން ބޭނުންވަނީ ހުރިހާ ފަރާތެއްގެ ރުހުން ލިބިގެން ތިބެން ކަމަށް ވެސް ވެދާނެ އެވެ.

ހަނގުރާމައިގެ މައިދާނުގައި ދިރިއުޅެމުންދާ ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރެވިފައިވާ ގޮތުގެ މާބޮޑު ތަފްސީލުތަކެއް ގިނަ ބަޔަކަށް ނޭނގެ އެވެ. އެހެން ނަމަވެސް، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެ މީހުން ކުރަމުންދާ ތަމްރީނުތަކާއި އުޅެމުންދާގޮތް ދަނީ ހިއްސާކުރަމުންނެވެ. މިރިޕޯޓުގައި ފޮޓޯތައް މެދުވެރިކޮށް ހިއްސާކޮށްލާނީ ސީރިއާގެ ބިމުގައި ދިވެހިން ދިރިއުޅެމުންދާ ގޮތެވެ. ފޮޓޯތައް ލިބިފައިވަނީ އެކި ދުވަސްތައް މަތިން ކަމަށްވާތީ ފަހަރުގައި ތަރުތީބު ގެއްލިފައި ހުރެދާނެ އެވެ.

މި ފޮޓޯ އިން ފެނިގެން ދަނީ ރަމަޟާން އިފްތާރު ޕްރޮޖެކްޓް 1438 ގެ ނަމުގައި ސީރިއާގައި އުޅެމުންދާ ދިވެހިން ހިންގި ހަރަކާތެކެވެ. ރަމަޟާން މަހުގެ 17 ވަނަ ދުވަހު ހިންގި މި ހަރަކާތުގައި ފަގީރުންނާއި ނިކަމެތިންނަށް ކަންބަޅީގެ މަސް ވަނީ ސަދަގާތް ކޮށްފަ އެވެ. މި ފޮޓޯތަކުން ފެންނަނީ ދެ ދިވެހިންނެވެ.

މި ފޮޓޯއިން ފެނިގެން މިދަނީ ރަމަޟާން މަހުގެ 20 ވަނަ ދުވަހު ހިންގި ހަރަކާތެކެވެ. މި ހަރަކާތުގައި ރެފިއުޖީ ކޭމްޕަކަށް ކާނާ ޕާރުސަލްތަކެއް ހަދިޔާކޮށްފައިވެއެވެ. މި ޕާރުސަލްތަކުގައި ތެރޭގައި ހިމެނެނީ އެގައުމުގެ މީހުން އާންމުކޮށް ކެއުމަށް ބޭނުންކުރާ ތަކެއްޗެވެ.

ތިރީގައިވާ ފޮޓޯއިން ފެނިގެން ދަނީ ރާއްޖޭގައި ތިބި ބައެއްގެ ފަރާތުން ފިތުރު ޒަކާތް ބަހާ މަންޒަރެވެ. ޒަކާތުގެ ގޮތުގައި ހަނޑޫ ބަހާފައިވާއިރު، ބެހުމުގެ މަސައްކަތުގައި ދިވެހިންނާއި ސީރިއާގެ ބައެއް މީހުން ވެސް ހަރަކާތްތެރިވާން ތަން ފެނެ އެވެ.

ފިތުރު ޒަކާތް ބަހާފައިވަނީ އެންމެ ނިކަމެތި މީހުންނަށެވެ. އެގޮތުން ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ މީހުންނާއި ފަގީރުންނާއި ނިކަމެތިންނަށް ޒަކާތް ބަހާފައިވެއެވެ.

ފިތުރު އީދާ ގުޅިގެން އުޟްހިޔާ ކަތިލުމަށް ފަހު އުޟްހިޔާ މަސް ވެސް ބަހާފައިވެއެވެ. އުޟްހިޔާ މަސް ބަހާފައިވަނީ ވެސް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށެވެ.

ސީރިއާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭއިރު، ހަނގުރާމައިގައި ވެސް ގިނަ އަދަދަކަށް ދިވެހިން ބައިވެރިވެ އެވެ. އެގޮތުން ސީރިއާ އަށް ގޮސް އެތަނުގައި ތަމްރީނުތަކެއް ހަދާއިރު، ހަނގުރާމައިގެ މައިދާނަށް ނިކުންނަނީ ތަމްރީނުތައް ފުރިހަމަ ކުރުމަށް ފަހު އެވެ. ތިރީގައި މިވާ ފޮޓޯތަކުން ފެނިގެންދަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑެލްޓާ ޓްރެއިނިންގ ޕްރޮގްރާމުގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.

ހަނގުރާމައިގައި ބައިވެރިވަނީ އެންމެ 49 މީހުން ކަމަށް ސަރުކާރުން ބުނާއިރު، ހަމައެކަނި މި ފޮޓޯތަކުން 20 އަށް ވުރެ ގިނަ މީހުން ފެނިގެންދެ އެވެ. ގިނަ މީހުން ހަނގުރާމައަށް ގޮސްފައިވަނީ އެ މީހުންގެ އަނބިދަރިން ގޮވައިގެން ކަމަށްވާއިރު، ސަރުކާރުން ބުނާ އަދަދު ރަނގަޅު ނޫން ކަން ހާމަވެ އެވެ.

ފޮޓޯތަކުން ފެނިގެންދާ ގޮތުގައި ދިވެހިންތައް ތިބެނީ އެއް ވަތްތަރެއްގެ ޔުނިފޯމްތަކެއް ލައިގެންނެވެ. އެމީހުން ހިފައިގެން ތިބި ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ އޭކޭ46 އާއި އެމް16 ފަދަ ޒަމާނީ ހަތިޔާރުތަކެވެ.

ސީރިއާގައި ދިރިއުޅެމުންދާ ދިވެހި ފިރިހެނުންގެ ތެރެއިން ގިނަ މީހުން އުޅެނީ ކައިވެނިކޮށްގެނެވެ. ސީރިއާގެ އެތެރޭގެ ހަބަރުތައް ގެނެސްދޭ އޮން ދަ ގްރައުންޑް ނިއުސް(އޯޖީއެން) އިން ބުނާ ގޮތުގައި އެގައުމުގައި ދިރިއުޅެމުންދާ ދިވެހި ފިރިހެނުންގެ ތެރެއިން 30 އިންސައްތަ މީހުން އުޅެނީ ސިީރިއާ އަންހެނުންނާ ކައިވެނިކޮށްގެންނެވެ.

މި ފޮޓޯ އިން ފެންނަނީ އަބޫ ޔޫނުސް ނަމަކަށް ކިޔާ ދިވެއްސަކު އޭނާގެ ދަރިފުޅާއެކު އިންނަ މަންޒަރެވެ. އޯޖީއެން އިން ބުނާ ގޮތުގައި އަބޫ ޔޫނުސް ކައިވެނިކޮށްގެން އުޅެނީ ސީރިއާގެ އަންހެނަކާ އެވެ.

އެ މީހުން ބުނާ ގޮތުގައި ރާއްޖޭގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ ހަމައެކަނި ފައިސާއަށްޓަކަ އެވެ. އެހެން ނަމަވެސް، އެ މީހުން ހަނގުރާމަ ކުރަމުންދަނީ ހާލަތުގައި ޖެހިފައިވާ، އަނިޔާ ލިބެމުންދާ މީހުންގެ ހައްގުގައި ކަމަށް އެ މީހުން ބުނެ އެވެ. އެމީހުން ދިވެހި އަސްކަރިއްޔާއަށް ގޮން ވެސް ޖަހަ އެވެ. އެ މީހުން ބުނާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދިވެހި އަސްކަރިއްޔާއާއި ކުރިމަތިލައި ބަލިކޮށްލާނީ ފަސޭހަކަމާއެކު އެވެ. ދިވެހި ސިފައިން ސީރިއާއަށް ގޮސް އެ މީހުންނާ ހަނގުރާމަ ކުރަން ކެރޭނަމަ ދިއުމަށް ދައުވަތު ވެސް އެމީހުން ދެ އެވެ.

ސީރިއާގައި ހަނގުރާމަ ކުރަމުންދާ މި ދިވެހިން އިސްލާމިކް ސްޓޭޓް(އައިއެސް) ނުވަތަ ދައުލަތުލް އިސްލާމިއްޔާއާ ދެކޮޅެވެ. އެމީހުން ބުނާ ގޮތުގައި އައިއެސް ވެފައިވަނީ ސީރިއާގެ ރައްޔިތުންނަށް އުފުލަންޖެހިފައިވާ އިތުރު ތަކުލީފަކަށެވެ. އައިއެސް އިން ގެންގުޅެނީ އިސްލާމީ އުސޫލުތަކެއް ނޫން ކަމަށް އެމީހުން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު