Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިންގެ ދުވަސް

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

މަސްވެރިންގެ ދުވަހަކީ 10 ޑިސެމްބަރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2017 | އާދީއްތަ 11:04
މަސް ދޯންޏެއް

މަސް ދޯންޏެއް

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުގެ ގޮތުގައި ސިފަކޮށް، އެ މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަންޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 އެއް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. މިއީ މަސްވެރިންގެ ދުވަސް ފާހަގަކުރާ 37 ވަނަ އަހަރަށްވާ އިރު މަސްވެރިންގެ ދުވަސް މިއަހަރު ފާހަގަކުރަނީ ހއ. އިހަވަންދޫގަ އެވެ.

މަސްވެރިންގެ މަސައްކަތް ފާހަގަކުރާ ދުވަހެއްގައި މިއަހަރު ވެސް މަސްވެރިންގެ ބޮޑެތި ޝަކުވާތަކެއް އެބަހުއްޓެވެ. އެގޮތުން، މަސްކިރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް މަސްވެރިން ބުނެ އެވެ. އަދި އަގު ހިފެހެއްޓޭނެ ރަގަޅު ނިޒާމެއް ގާއިމް ކުރެވިފައި ނުވުމަކީވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މ. މުލަކަށް ނިސްބަތްވާ ކެޔޮޅެއް ކަމުގައިވާ އަބްދުލް ޖަލީލު މުހައްމަދު ބުނީ މަސް ކިރުމަށް މިދުވަސްވަރު ޖެހެނީ ސަލާންޖަހަން ކަމަށާއި އައިސް ހޯދުމަށް ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

ޖަލީލު ބުނީ ތިން ދުވަސްވަންދެން އައިސް ނުލިބި ކިއުގައި ޖެހިގެން ތިބޭ އިރު، މަސް ކިރުމަށްޓަކާއި ފަސް ހަ ދުވަހުވެސް ކިއުގައި ޖެހިގެން ތިބެންޖެހޭ ކަމަށެވެ.

" ހަފްތާއަކު މަހަށް ދެވެނީ އެއްމެ ދުވަހަކު މިހާރު، ހަގީގަތަކަށް ބަލާ އިރު މަސްވެރިންނަށް ލިބެންޖެހޭ އާމްދަނީ ހަމަ ސުމަކުން ދިޔައީ. މިދިޔަ އަހަރާއި އަޅާ ބަލާ އިރު މިއަހަރު ތިން ބައިކުޅަ އެއް ބައިވެސް ނުލިބޭ. މަސް ނުބޭނެނީކީނޫން. އެހެން ނަމަވެސް މަސް ކިރަން އުނދަގުލީ. އަގު ވެއްޓޭއިރު އެއްވެސް ހިފެހެއްޓުމެއް ނެތް. މިކަމާ ހުރެ ބައެއް ފަހަރު މަސްތައް އުކާލަން ވެސް ޖެހޭ." ޖަލީލު ހިތްހަމަނުޖެހުމާއިއެކު ބުންޏެވެ.

ޖަލީލު ބުނީ ބެޔަސް ނުބެޔަސް ސްކީމަކީ އެއްވެސް ވަރަކަށް މަސްވެރިންނަށް ގަބޫލު ކުރެވޭ ފަދަ ސްކީމެއް ނޫން ކަމަށެވެ.

ރަސްދޫއަށް އުފަން އުމުުރުން 65 އަހަރުގެ އިބްރާހިމް ރަޝީދު ބުނީ، އުމުރު ދުވަހު ކުރަމުން މިއައީ މި މަސައްކަތް ކަމަށާއި އެދޯނީގެ އޮޑިވެރިންނަށް އެންމެ މަދުން 15000 ނުޖެހޭ މަހެއް މަދުވާނެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން ތައާރަފް ކުރި " ބެޔަސް ނުބެޔަސް" ސްކީމުންދޭ 10000ރ. ގެ ބޭނުމެއް ނެތް ކަމަށް ރަޝީދު ބުންޏެވެ. މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، ބޯޓުފަހަރު ގެނަސްގެން މަސްގަންނަ ފަރާތްތަކުން ލޭނު އަޅައިގެން މަސްވެރިކަން ކުރުން ކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.

" މިއީ އެންމެ ވަރުގަދަ ލޭނާރޭ ބުނެ ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކި ނަމަވެސް، މަސްވެރިންނަކަށް އެއްވެސް ބަޔަކު އަޅާ ނުލާ. އެންމެ ކުޑަ މިނުން އައިސްކޮޅެއް ވެސް ނުލިބޭނެ ސަރުކާރުން ކުންފުންޏަކުން. މަހެއް ކިރިޔަސް އެންމެ ދަށްކޮށް ކިރަންޖެހޭނީ ސަރުކާރު ކުންފުނިތަކަށް." ރަޝީދު މާޔޫސް ކަމާއެކު ކިޔާދިނެވެ.

ރަސްދޫގެ އެހެން މަސްވެރިއަކު ބުނީ، މަސްވެރިންނޭ ކިޔައިގެން މާލޭގައި މަސްދޯނި ފަހަރު ލަފާ އަޅާލާނެ ބަނދަރެއް ނެތުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަވަމުންދާ ކަމަށެވެ. މިއީ ހައްލު ހޯދަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަތަރު ފަސް ކުންފުންޏެއް ވެގެން މަސްގަތުމުގެ ކަންކަން ކޮންޓްރޯލުކުރުމުގެ ސަބަބުން މަހުގެ އަގު ބެލެހެއްޓޭނެ ނިޒާމު ފެއިލްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

" ހުސްއެކަނި އެއަރޕޯޓެއް ނޫން ތަރައްގީ ވާންވީ ނުވަތަ ފަތުރުވެރިކަމެއް ވެސް ނޫން ތަރައްގީ ވާންވީ. ބޭރުމީހުންނަށް ދެއްކުންތެރި ހުރިހާއެއްޗެއް ތަރައްގީވޭ. އެހެން ނަމަވެސް އާންމު ރައްޔިތުންނަށް އަންނަ ތަރައްގީއެއް ނޯވޭ. މިއީ ހައްލު ބޭނުންވާ ކަންކަން،" މަސްވެރިއަކު ކިޔަދިނެވެ.

ދ. މާއެނބޫދޫގެ ޒުވާން މަސްވެރިއެއް ކަމުގައިވާ އަހުމަދު އަޒްމީން ބުނީ، މިއީ ޒުވާނުން ކުރަން ވަރަށް ރަގަޅު ކަމެއް ކަމަށާއި، މަހަކު ގާތްގަނޑަކަށް 25000ރ. އާމްދަނީގެ ގޮތުގައި ލިބޭ ކަމަށެވެ.

" ރަށުގެ ގިނަ ކުދިން ވަރަށް ޝައުގުވެރިކަން ހުރޭ މަސްވެރިކަން ކުރުމަށް. ގިނަ ކުދިން ރިސޯޓްތަކަށް ދިއުމުގެ ބަދަލުގައި ހަމަ ދާނީ މަސްވެރިކަމަށް." އަޒްމީން ބުންޏެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާ އިރު މަސްވެރިންގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. އެފަރާތްތަކުން އެދެނީ މިކަން ކަމަށް އަވަސް ހައްލުތަކެއް ލިބުމެވެ. އެއް ދުވަސްވަރެއްގައި މަސްވެރިކަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް ކުރި ދާއިރާ އެވެ. އެހެން ނަމަވެސް މިފާއިތުވެދިޔަ ހަތަރު ފަސް އަހަރުގެ ތެރޭގައި މަސްވެރިކަން ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ.

ޖީޑީޕީގެ ނިސްބަތުން މަސްވެރިކަމުގެ ދާއިރާ މިހާރު ހިއްސާ ކުރަނީ 1.3 ޕަސެންޓެވެ. މަސްވެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާ އިރު، މަސްވެރިކަން ކުރިއެރުވޭނީ، އެކަމަށް ކަމާ ގުޅޭ މުއައްސަސާތަކުން ރަގަޅު ނިޒާމެއް ގާއިމް ކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިންގެ ގޮނޑުދޮށްތަކުގައި ދިވެހިންނަށް މަނާ ބޯޑު އެޅުވޭނެތަ؟

ދިވެހިންގެ ގޮނޑުދޮށްތަކުގައި ދިވެހިންނަށް މަނާ ބޯޑު އެޅުވޭނެތަ؟

02 އޯގަސްޓު 2019
ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!

ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!

17 ޖޫން 2019
މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟

މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟

25 އެޕްރީލު 2019
އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

08 މާރިޗު 2019
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް، ދިވެހިންގެ ހާލަތު އެނގޭތަ؟

13 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު