Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެނެޒުއޭލާ މައްސަލަ

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 88 އިން ސައްތަ ވޯޓުލާން ނުނިކުންނަ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 31 ޖުލައި 2017 | ހޯމަ 10:48
ވެނެޒުއޭލާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

އިންތިހާއަށް ފާޑުކިޔުން އޮތަސް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު އާދީއްތަ ދުވަހު ބާއްވައިފިއެވެ. ވެނެޒުއޭލާގެ ސިޔާސި މަސްރަހު އިންތިހާ އަށް ވަނީ ހަލަބޮލިވެފައެވެ.

އެހާ ވަރުން އެ އިންތިޚާބު ބޭއްވި ސަބަބުތަކެއް އެބަހުއްޓެވެ. ރައީސް މަޑޫރޯ ގައުމުގައި ހަމަނުޖެހުން ހިނގާ ކަމަށް ގަބޫލުފުޅު ކުރައްވައެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މެދުގައި ގުޅުމާއި އެއްބާރުލުން އޮންނަން ޖެހޭ ވަރަށް ނެތްކަންވެސް ގަބޫލުފުޅު ކުރައްވައެވެ. ގައުމުގެ ހަމަޖެހުން ގާއިމު ކުރައްވައި އަދި ދައުލަތުގެ ވުޒާރާތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމަށްޓަކައި މަޑޫރޯ ވިދާޅުވަމުން ގެންދެވީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ގާނޫނު އަސާސީ އެކުލަވާލުމަށް ގާނުނު ހަދާ މަޖިލީހެއް ބޭނުންވާ ކަަމަށެވެ.

ކޮންމެއަކަސް، އާދީއްތަ ދުވަހު އިންތިޚާބު ބާއްވައިފިއެވެ. ހަމަޖެހުން ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ. އުންމީދުގެ ކަންފުޅެއްވެސް ނެތެވެ.

ވެނެޒުއޭލާގެ ނެޝަނަލް އިލެކްޓޯރަލް ކައުންސިލުން ބުނެފައި ވަނީ ރައީސް ނިކޮލަސް މަޑޫރޯގެ ވެރިކަން ކުރާ ސޯޝަލިސްޓް ޕާޓީއަށް ގާނޫނު އަސާސީ އެކުލަވާލާ މަޖިލީހެއް ވުޖޫދަށް ގެނައުމަށް އަށް މިލިއަނަށް ވުރެ ގިނަ މީހުން އާނ ބަސް ދީފައިވާ ކަމަށެވެ. ކައުންސިލުގެ ރައީސް ޓިބިސޭ ލުސެނާ އިއުލާން ކުރައްވާފައި ވަނީ ވޯޓުލާން ނިކުތް މީހުންގެ އަދަދަކީ 41.53 އިން ސައްތަ ކަމަށެވެ. އިންތިޚާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން ރައީސް މަޑޫރޯ ވިދާޅުވެފައި ވަނީ އިންތިޚާބަކީ އިންގިލާބަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ވޯޓުލާން ނިކުމެފައި ވަނީ ދެތިން މިލިއަނެއްހާ މީހުން ކަމަށެވެ. މިނިވަން އިތުބާރު ކުރެވޭ ދިރާސާއެއް ގައި ބުނެފައި ވަނީ ވޯޓުލާން ނިކުމެފައި ވަނީ 3.6 މިލިއަނެއްހާ މީހުން ކަމަށެވެ.

އިންތިޚާބާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ އެކަމަކީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އިންތިޚާބު ގެ ކުރިންނާއި އަދި އިންތިޚާބަށް ފަހުވެސް ވެނެޒުއޭލާގައި ބޭއްވުނު އިންތިޅާބަށް ދަނީ އިންތިހާ އަށް ފާޑުކިޔަމުންނެވެ. އާދީއްތަ ދުވަހު ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިހާއި ބޭހޭގޮތުން އާރޖެންޓީނާ، ކެނެޑާ، ކޮލަމްބިއާ، މެކްސިކޯ އަދި އެމެރިކާ އިން ބުނެފައި ވަނީ އާދީއްތަ ދުވަހު ބޭއްވުނު އިންތިޚާބު ބަލައިނުގަންނަ ކަމަށެވެ. ވެނެޒުވޭލާ އިން އާ ގާނޫނު އަސާސީ އެކުލަވާލުމަށް ކުރާ މަސައްކަތާ ގުޅިގެން އެމެރިކާ އިން ވަނީ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަަށްވެސް އިންޒާރުދީފައެވެ. ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު ސެމިއުއެލް މޮންކަޑާ މިކަމާ ބެހޭގޮތުން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަލައި ބަޔަކު އިންތިޚާބު ކުރުމަކީ އެގައުމަށް ލިބެގެންވާ ސިޔާސީ މިނިވަންކަމުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގައެއް ކަމަށެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަަލަބޮލިވެފައިވާ އިރު ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލް އިން ފެށިގެން އެގައުމުގައި މަދުވެގެން 122 މީހުން މަރުވެ އަދި 2000 އާ ގާތްކުރާ އަދަދަކަަށް މީހުން މަރުވެފައިވެއެވެ. ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު ގެ އޮފީހުން ބުނެފައި ވަނީ އާދީއްތަ ދުވަހު ބޭއްވުނު އިންތިޚާބާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 10 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކޮންމެ އަކަސް ގައުމަށް އިންތިޚާބާ ގުޅިގެން "ހަމަޖެހުން ލިބޭނެ" ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އުންމީދުގެ ކަންފުޅެއްވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

12 އޯގަސްޓު 2017
ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

08 އޯގަސްޓު 2017
ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

08 އޯގަސްޓު 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު