Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ ޓެލެތޯން

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

ފަލަސްތީނަށް ވަނީ 20 މިލިއަން ރުފިޔާގެ އެހީއެއް ދީފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2017 | ހޮނިހިރު 18:46
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑު ފޮށްޓަކަށް އެހީ ވަނީ

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑު ފޮށްޓަކަށް އެހީ ވަނީ

ދިވެހިންނަކީ އާދައިގެ ބައެއް ނޫނެވެ. ކިތައްމެ މީސްކޮޅު މަދުވެފައިވާ ވަސީލަތުގެ ގޮތުން މުއްސަނދި ޤައުމަކަށް ނުވިނަމަވެސް، އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދެވަނައެއް ނުވާ ލާމަސީލު މިސާލެއް ފަދަ ބައެކެވެ. އުޚުއްވަތްތެރި އަޚުވަންތަ ބައެކެވެ. އަވައްޓެރިންނަށާއި މުސްލިމުން ކަމަށް ވީތީ ތިމާގެ ވެފައިވާ އެހެން ޤައުމުތަކަށް ދިމާވާ ދަތި ވަގުތުކޮޅުތަކުގައި ނިސްބަތުން އެހީތެރިވި ބައެކެވެ. ދިވެހިން ދިވެހިންގެ ފެންވަރުން އެފަދަ ކޮންމެ ހިނދުކޮޅެއްގައި ވަނީ އެފަދަ ޤައުމުތަކުގެ މުހުތާދު ފިލުވައިދިނުމަށްޓަކައި ކުރެވެންހުރި އެންމެހާ ކަންކަން ވަރަށް ހިތްވަރާއެކު ކޮށްފައެވެ.

އެބީދައިން ދިވެހިންގެ އަވައްޓެރި ޤައުމުތަކަށާއި މުސްލިމް އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ނިކަމެތިކަމެއް ލިބުނު ހިނދު އެހީތެރިކަމެއް ދިއްކޮށް ލުމުގައި ދިވެހި ރައްޔިތުން ވަނީ މިސާލު ދައްކަވާފައެވެ. ރައްޔިތުންގެ އަތުގައި އޮތްއެއްޗެއް އެވެރިންނަށްޓަކައި ވަނީ ދިއްކޮށްލާފައެވެ.

ފަހުގެ ތާރީޚަށް ބަލާއިރު އެކަންކަމުގެ ހެކި ދިމާލަށް ފެންނާން އެބަހުއްޓެވެ. ޖަޕާނަކީ ރާއްޖެއަށްވުރެ މާ ބޮޑު ޤައުމެކެވެ. އާބާދީގެ ގޮތުންނާއި ތަނަވަސްކަމުގެ ގޮތުންނެވެ. އެހެންނަމަވެސް އެޤައުމަށް 2011 ވަނަ އަހަރު ދިމާވި ނުރައްކާތެރި ހިތާމަވެރި ޙާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޓަކައި ދިވެހިން ހިންގި ޚާއްޞަ ހަރަކާތަކީ އޭގެ އެއް މިސާލެވެ. އެޤަުމަށް ދިވެހި ރައްޔިތުން ވަނީ ނަގުދު ފައިސާގެ ގޮތުގައި 5.5 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ. އެފައިސާއާއެކު 119653 (އެއް ލައްކަ ނަވާރަ ހާސް ހަ ސަތޭކަ ފަންސާސް ތިން) މަސްދަޅު ވަނީ އެޤައުމުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.

ފަލަސްތީނަކީ އެވެރިންގެ ޙާލަށް ދިވެހިން އަބަދުވެސް ކަންބޮޑުވާ ޤައުމެކެވެ. އެޤައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތިވޭން ދިވެހިންނަށްވެސް އިހްސާސްވާން ފަދައެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު އެޤައުމުގައި އިޒްރޭލް ސިފައިން ހިންގި ޖަރީމާތަކާއި ގުޅިގެން ދިވެހިންގެ ކެތްތެރިކަން ވަނީ ކޮޅުން ލާފައެވެ. ނަތީޖާއެއްގެ ގޮތުން އެޖަރީމާގައި އަނިޔާލިބި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދިވެހިން ޖާނާއި މާލުން ޤުރުބާން ވިއެވެ. އެރައްޔިތުންނަށް އެހީވުމަށް ހިންގި ޚާއްޞަ ހަރަކާތުގައި ދިވެހިންވަނީ 20 މިލިއަން ރުފިޔާ އެވެރިންނަށް ހަދިޔާކޮށްފައެވެ.

އެފަދަ އެހީގެ އަތެއް ދިއްކޮށްލުމަށް ދިވެހިން އެންމެ ފަހުން ހިންގި އެއް ހަރަކާތަކީ ނޭޕާލަށް 2015 ވަނަ އަހަރު ކުރިމަތިވި ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ހިންގި ޚާއްޞަ ހަރަކާތެވެ. ރާއްޖޭގެ ގިނަ ޑޮކްޓަރުން ތައުލީމް ހާސިލްކޮށްފައިވާ ނޭޕާލަށްވެސް ދިވެހިން ވަނީ 2.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައެވެ.

މިއީ މިފަހުގެ ތާރީޚްގައި ދިވެހިން އެމީހުންގެ ނަމޫނާ ދައްކުވާލި ފަހަރުތައް ކަމުގައި ވީނަމަވެސް އޭގެ ކުރިންވެސް ދިވެހިން ވަނީ ދިވެހިންގެ އެހީތެރިކަމުގެ އަތްތައް އެފަދަ ފަރާތްތަކަށްޓަކއި އުފުލާލާފައެވެ. ބޮސްނިއާގައި ހިންގި ޤަތުލު ޢާއްމާއި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އޭގެ ކުރިންވެސް ހުޅުވި ގުދުސް ފަންޑުފަދަ އެހީތަކަކީވެސް އާދައިގެ އެހީތަކެއް ނޫނެވެ.

ކޮންމެއަކަސް އަނެއްކާވެސް މިވަނީ އެފަދަ ކަމަކަށް ދިވެހިން ކުރިމަތިލާފައެވެ. އަޅުގަނޑުމެންފަދަ މުސްލިމުންތަކަކަށް މިޔަންމާގައި ލާއިންސާނީ އަނިޔާތަކެއްކޮށް ކުދި ޅަދަރިންނާއި ޒުވާނުންނާއި މުސްކުޅިން މަރަމުންދާއިރު މުޅި ދިވެހި ޤައުމު ވަނީ އެކަމުގައި ތެދުވެފައެވެ. މުޅި ޤައުމު ވަނީ އެހިތާމައިގާ ބައިވެރިވެފައެވެ. އެކަމުން އެމުސްލިމުން ނަޖާ ކުރެއްވުން އެދި ދިވެހިންގެ އަތްތައް ވަނީ އުފުލާލެވިފައެވެ. އެދުއާތަކާއެކު އެމީހުންނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްވެސް ވަނީ މަސައްކަތް ފަށާފައެވެ. ރާއްޖެ ޓީވީން އިސްނަގައިގެން ދިވެހިންގެ ނަމުގައި މިވަނީ އެކަމަށްޓަކައި ޚާއްޞަ ޓެލެތޯނެއް ފަށާފައެވެ. މުޅި އެންމެހާ ދިވެހިންގެ ނަމުގައެވެ. ދިވެހި ރައްޔިތުން ތިބީ ރޮހިންޖާ މުސްލިމުންނާއެކުކަން ހާމަކޮށްދިނުމަށެވެ. އަވަހަށް އެހީތެރިވެދެއްވާށެވެ. އަޅުގަނޑުމެންފަދަ މުސްލިމުންނަށްޓަކައި ވީމިންވަރަކުން ދީލަތިވެދެއްވާށެވެ. އެކުޑަ ޅަދަރިންގެ ޙައްޤުގައެވެ. އެންމެހާ މުސްލިމުންގެ ޙައްޤުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

09 މާރިޗު 2018
އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

05 މާރިޗު 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު